އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިހާރު އެ ކަޑައްތުކުރަނީ ގެއްލުމުން އަރައިގަތުމުގެ މަރުހަލާ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑަށް މިދިޔަ އަހަރުވި ގެއްލުން 159 މިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކައިފައެވެ.

ރާއްޖޭގެ ގައުމީ އެއާލައިނަށް އެހާ ބޮޑު ގެއްލުމެއް އެވީ ކޮވިޑް-19 އާ ހެދި ދަތުރުފަތުރުކުރުން މަދުވެ، ރާއްޖެއަށް ފަތުރުވެރިން އައުން ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ ފަތުރުވެރި ކަމުގެ ފައިދާ މޯލްޑިވިއަނަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަ ތަކެއް ހުރީމަ ކަމަށެވެ. އަދި ގައުމީ އެއާލައިން މި ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި ހަމްދާން ވިދާޅުވީ ކޮވިޑްގެ ކުރިން މޯލްޑިވިއަން އަށް ފައިދާވި ނަމަވެސް ދުނިޔޭގެ އެހެން ގިނަ އެއާލައިންތަކެކޭ ގޮތަށް ކޮވިޑްގެ މި ދެ އަހަރު ބޮޑެތި ގެއްލުންތައް މޯލްޑިވިއަނަށް ކުރިމަތިވި ކަމަށެވެ.

"މުވައްޒަފުންގެ ވަޒީފާ ދެމެހެއްޓުމަށާ ގައުމީ އެއާލައިންއަށް ވި ގެއްލުން ކުޑަކުރަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން." ހަމްދާން ވިދާޅުވިއެވެ.

"ދުނިޔޭގެ ވަރަށް ގިނަ އެއާލައިންތައް ކޮވިޑާއެކު ހުއްޓި ބަނގުރޫޓުވި. ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް މީހުން އުފުލުމާ، ބޭހާ އެހެނިހެން މުހިއްމު ތަކެތި ރާއްޖެއަށް އުފުލައިދިނީ ގައުމީ އެއާލައިންއިން،"

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯލްޑިވިއަންއަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ ދެވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު އެހާ ބޮޑު ގެއްލުމެއްވީ އެ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު މޯލްޑިވިއަންއަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުދުކާޅު

    ރިކަވަރީއައް ރައްޔިތުންގެ ގޮހޮރުގެލޮނދިވެސްދަމާލާ ބަޖެޓްރިކަވަރީއައް އިސްޓިކާތަޅާހެން ހުއްޓުވާ ޗެއްކުރަނީވެސް ލައިސަންދައްކަން ނަގާ ވޮލެޓްގެ ބޯމިނުން ހުއްނަކާޑްތަކައް އަތުގައޮއްނަ ފޯނުފެނުމުމް މީއީސަރުކާރުގެ ބަޖެޓްގަ އަދަދެއް ޖެހުމައްފަހު ކުރާކަމެއް ވެރިކަންހޯދަންވީ ވައުދުއިސްޓިކާގެ ފެއްނާނެ ޔޫޓިއުބުން މަފުލަރު ގަވާއިދުރިކަވަރީގަ އެމަފުލަރު ތައްހުރީ ނެއްބައެއްގެއަތުގަ އެދައްކަން

  2. ބޭބެ

    ހަމްދާންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ދިވެހިރައްޔިތުންނަށް ނޫސްތަކުން ގެނެސް ދެއްވުން އެދެން..

  3. ކަޅުބެ

    ހަމްދާނަށް އެނގޭއެކަށްޗެއްވެސް ނެތް ތިޔައުޅެނީ ވަޒީފާގެ ދަހިވެތިކަމުގަ ބަނގުރޫޓުވުމުގެ އަލާމަތްތަށް ފާޅުވަމުން އެދަނީ ބަލަންތިބޭތި ވާގޮތް ހަމްދާނަށް އެކަން ލޯމަތިން ފެންނާނެ .

  4. ރަން ރީނދޫ

    ތަނެއް ދޮރެއް ނުދަންނަ ޕާޓީގެ އެކްޓިވިސްޓުންނަށް ކުންފުނީގެ މަގާމު ދިނުމުގެ ނަތީޖާ. ޖެނިފާ ހުރިހާ ހިނދަކު ،ތިތަން އޮންނާނީ ރިކަވަރީ ފޭސްގަ.

  5. ޢަހަންމަަ1

    އަނެއްކާ މިއަންނަނީ ގެންލުމުގެ ދުވަސްވަރު ސިސާސީ މީހުން ފަހުންން ދައްކާގޮތަށް ދަތުރުފުޅުތަށް ކުރާ ދުވަސްވަރު ސަރުކާރު ބަދަލްވާ އިރުވެސް އެލާރިއެއް ނުލިބޭނެއެވެ.

  6. ސޮހޮލޭ

    ދަރަވަންދޫއަށް ހަފްތާއަކު 14 ދަތުރު އެޅި މީހުންނަށް މިހާރު ލިބެނީ ހަފްތާއަކު 1 ދަތުރު. ބ. އަތޮޅު ރިސޯޓްތަކަށް މިހާރު ޓޫރިސްޓުން އުފުލަނީ ސީޕްލޭންތަކުން. ދެބެންގޮސް ރަށުބީޗުގައި ތިބެނިކޮށް މަންޒަރުފެންނާނެ ބޮޑުކޮށް. ހިންގުމުގެ މައްސަލައެއްނެތްތާ ކޮންމެވެސް ޒަމާނަކުން ރިކަވަރ ވަނިކޮށް.

  7. އަހުމަދު

    ގައުމެއްގެ ވެރިއެއްގެ ޕޮލިސީ ސެކެރެޓަރީ އަކަށް ހުންނަންވާނީ ޕަބްލިކް ސެކްޓަރގެ ތަޖުރިބާ ހުރި ހަރުމީހެއް މީހަކު ހަމަ ފޮޑިއެއް ޖަހާ އިރަށް ކަލޭ ތިޔަ ޖެހި ފޮޑީގައި މިހާރު ކުނިވަސް ދުވަނީ މަސްކާތީ އޭ ބުނާ ކަހަލަ މީހެއް ނޫން .... ސަރުކަާރުގެ ސިޔާސަތު ތައް ބަދަލު ގެންނަ އިރު ހެޔޮ ބަދަލް ގެންނަން އިނގޭ ދެވަނަ ދައުރެއް ރައީސް އަށް ހޯދާ ދޭން ލަފާ ދެވޭ ވަރު މީހުން ..... މިސާލު ޓީޗަރުންގެ މުސާރަ ބޮޑު ކޮށްފައި އާ އޮނިގަނޑަށް ހިޖުރަ ކުރާ މީހުން 55 ވެގެން ނުވަަތަ ފަސްދޮޅަސް ފަހެއް ވެގެން ރިޓަޔަރ ކުރާއިރު ދާއިމަށް ލިބޭ އިނާޔަތް ކަނޑާލިކަން އެއީ ވަރަށް ވިސްނާނުލާ ކުރިކަމެއް އިންތިޚާބެއް ބޯމަތިވާއިރު ... ޕޭކޮމިޝަނުން ހަދާ ކޮންމެ އެއްޗެއް ބަލާ ނުލާ ގެޒެޓް ކުރާ އިރު ރައީސް އޮފީހުގައި ތިބި މީހުން ވިސްނާން ޖެހޭ މިއީ އިންތިޚާބަށް އަސަރު ކުރާނެ ކަމެއް . ވ. ސަލާމް

  8. ފަލަސްތީން

    އެމްޑީޕީ ވެރިކަމައް އަރާފަ މުޅިންވެސް ފޮނި ކަޑަނީ. ރައްޖެ މިދަނީ ބަގުރޫޓްވަމުން