އަންނަ މަހުން ފެށިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ބޮޑު ކުރަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އެންގުމެއްގައި ވަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓުތައް ދަތުރު ކުރާ މަންޒިލްތަކުގެ ޓިކެޓު އަގު ބޮޑު ކުރަނީ އެއާޕޯޓްތަކުން ނަގާ ގްރައުންޑް ހޭންޑްލިން ޗާޖު ބޮޑުވުމުން ކަމަށެވެ. މި ގެންނަ ބަދަލުން ކޮންމެ ޓިކެޓަކަށް ފަސް ޑޮލަރު (77ރ.) ބޮޑު ކުރާނެއެވެ. ދެކޮޅަށް ނަމަ، އެއީ 154 ރ. އެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.

މޯލްޑިވިއަނުން އެންމެ ފަހުން ޓިކެޓުގެ އަގު ބޮޑު ކުރީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެފަހަރު ވެސް ޓިކެޓުގެ އަގު ބޮޑުވެފައި ވަނީ އެއާޕޯޓް ހޭންޑްލިން ޗާޖުތައް ބޮޑުވުމުން ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އަންނަ މަހުން ފެށިގެން ޓިކެޓަށް ގެންނަ ބަދަލާ އެކު، މާލެއިން އައްޑޫއަށް ކުރަމުން އައި ދަތުރު ދެން ކުރެވޭނީ 1,764ރ. އަށެވެ. މާލެ އިން ކާޑެއްދޫ އެއާޕޯޓަށް ދެން ދަތުރު ކުރެވޭނީ 1،770ރ. ދީފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ޖެނުއަރީ 2019ގައި ޑޮމެސްޓިކް ޓިކެޓުގެ އަގުތަކުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން %30-25 ހެޔޮކުރި އެވެ. އެގޮތުން އެވްރެޖުކޮށް ދެކޮޅު ޓިކެޓަކުން 835ރ. އަގު ހެޔޮވިއެވެ.

ނަމަވެސް ފަހުން ވަނީ އަގުތައް ކުރިއަށް ވުރެ ވެސް ބޮޑުކޮށްފައެވެ. ސާވިސް ޗާޖަށް ބަދަލު ގެނައުމުގެ ކުރިން ވެސް ފަހަކަށް އައިސް މޯލްޑިވިއަން އިން ޓިކެޓް ގަންނަން ލިބޭވަރު 2018 ވަނަ އަހަރު ޓިކެޓް ގަންނަން ލިބުނު ވަރަށް ވުރެވެސް ބޮޑެވެ.

ތަކެތީގެ އަގު އުފުލުމާއި މި ދަނޑިވަޅުގައި ޓިކެޓުތަކުގެ އަގު ބޮޑު ކުރުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސަރާސަރު

    ރައްތިތުންގެ ބައިތުލްމާލު ހުސްކޮށްފައި މިހާރު ރިޔާސީ ކެމްޕޭނަށް ފައިސާ ހޯދަން ރައްޔިތުން ފެލަނީ. ރައްޔިތުންނޭ މި އެމްޑީޕީއޭ ކިޔޭ ބައިގަނޑަށް އަދި އެބައިގަނޑު އުޅޭ ޕާޓީއަކަށް ވެސް ވޯޓް ނުދޭތި.

    66
    2
    • ޙައްގުބަސް

      ވަރަށް ވިޔާނުދާ ސަރުކާރެއް!! ރައްޔިތުން ހަމަ ފެލަނީ!! ޓިކެޓް މިސަރުކާރު ބަދަލުކުރަން މަޖުބޫރު!! ރާއްޖެ ބަނގުރޫޓް ކޮށްލާ މިހާރު މިދިމާކުރީ ރައްޔިތުންގެ ޖީބު ފެލާލާ ރައްޔިތުން ބަނގުރޫޓް ކުރަން!! ކޮންކަމެއް މިސަރުކާރުން ނުކުރަނީ!! ރައްޔިތުންގެ އަތުން ސީދާ ނަގަމުންދިޔަ 6% ޓެކްސް 8% އަށް މިއަރު ފެށުމާއެކު ބޮޑުކުރީ!! ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުނީ!! ރައްޔިތުން ޖޫރިމަނާ ކުރަނީ ޕާކްކުރާ ތަން ނުދައްކާ ކޮންމެ މަހަކު ރައްޔިތުން ޖޫރިމަނާކޮށްގެން އެތައް މިލިޔަން ރުފިޔާ އެނަގަމުންދަނީ!! މިސަރުކަރާއެކު ރައްޔިތުންނަށް ގައުމަށް ލިބުނު އެއްވެސް ކުރިއެރުމެއްނެތް!! ސަރުކަރު އިސްތިއުފާއަށްގޮވާލާ އެންމެން މަގުތައް މައްޗަށް ނިކުންނަންޖެހޭ!! ހެދިހާ އެއްޗެއް ހެދިގެން ރައްޔިތުން ތިބޭކަށް ނުޖެހޭ!!

      22
      1
  2. ހުސޭނުބޭ

    ޖެނީދައްތަމެންގެ މުސާރަ ކުޑަކޮށްބަލަ! މިހާރު ތު އެއަރލައިނަށް ދުއްޕާން އެއަރލައިން ކިޔަންވެއްޖެ

    45
    1
  3. ވޯޓޫ

    އިބުރާހީމޫ ވޯޓު މިއޮތީ ބޯމަތި ވެފައި. ބަޔަކު ކަލޭ ހަލާކު ކުރާއިރުވެސް ހަމަ ނޭގެނީތަ؟

    42
    1
  4. މަޑަވެލީ ސާމިރު އިންޗާގުފުޅު

    ކާޑެއްދޫއަށް ކުރާދަތުރުގެ އަގު ބޮޑުކުރަނީ ފަރެސްމާތޮޑާ އަސްލަމު އަޑީގަ ހުރެގެން ބޭނުމަކީ ތިނަދޫ މަޑަވެލި ހޯޑެއްދޫ މީހުންވެސް މާލެ ދަތުރުކުރުމަށް ފަރެސްމާތޮޑާ އެއާޕޯޓު ބޭނުންކުރަން މަޖުބޫރު ކުރުވުން ވަރަށް ސާފު ކަނޑުމަގުން މާލެދާން ޖެހުނަސް ފަރެސްމާތޮޑާ އެއާޕޯޓުން މާލެ ދާނެ އެއްގޮތެއްވެސް ނޯންނާނެ.

    27
    5
    • ހެހެހެ

      ހެހެހެ.. އިޒްރޭލަށް ވަރަށް ސަލާން..

    • ފަރެބިތު ގުޅުން

      މާވާރުލު އަދި ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމާއި ހަމައަށް ވެސް ތިނަދޫ މީހުންގެ ބޭނުމަކީ އަތޮޅުގެ ރައްޔިތުންނަށް އެކި އެކި ގޮތްގޮތުން ދަތިކުރުން އަދި މިހާރުވެސް އެކަން މިމަގުން ކުރާ ކަމީ ހަޤީޤަތެއް. މަޑަވެލި ހޯޑެއްދޫ މީހުންވެސް ޤަބޫލުކުރާނެ މީހަޤީޤަތެއްކަން. މިއޮށް ހުރިހާ ދުވަހު އަތޮޅުގެ ރައްޔިތުން ޚާއްސަކޮށް ތިނަދޫ މަޑަވެލި ހޯޑެއްދޫ ރައްޔިތުން ފިޔަވައި ދެން ހުރި ރަށްތަކުގެ ރައްޔިތުން ދަތުރު ކުރުމަށް ކިހާވަރެއްގެ ތަކުލީފެއް އުފުލަން ޖެހުނުކަން އިހްސާސް ކުރެވުނު ތޯ؟ އަދަދުން ބަލާނަމަ ކިހާ ހޭދައެއް ކުރިތޯ؟ ދުވަހުގެ ކިހާ ވަގުތެއް އެކަމަށްޓަކައި ހުސްކުރިތޯ؟ ނަމަވެސް މިކަންތައް މިއަދު ބަދަލުވީމަ މިރަށްތަކުގެ ރައްޔިތުންނަށް މިއަދު މިކަންތައް ފަސޭހަވީމަ ބަލައިގަންނަން އުނދަގޫ ވަނީތޯ؟ ތިމާއަށް ލިބޭ ފަސޭހަ އަނެކާއަށްވެސް ލިބޭތޯ އުޅެމާ..

      7
      1
  5. ކާޑެއްދޫ ބޮޑުވަޒީރު

    ކާޑެއްދޫ ފުލައިޓު ޓިކެޓު ކިތެންމެ ބޮޑުކުރިޔަސް ގާސިމަށް ވާނެ ގެއްލުމެއް ނޯންނާނެއެވެ. ބޭނުންވެގެން ތިއުޅެނީ ގާސިމިދެކެ މީހުން ރުޅިއެރުވުން ދެއްތޮ.

    20
    2
  6. އައިމަން

    މިކަން ކޮންޓްރޯލުކޮށްލާނެ ބަޔަކު ނެތީތަ އޭވިއޭޝަން ދާއިރާގަ؟

    11
    1
  7. ހިޖކޖ

    މޯލްޑިވިއަންގެ ބަލާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވާނދޭވެ. އާމީން

    15
    1
  8. ަސދަސދ

    މޯލްޑިވިއަންގައި އިސްމަގާމުތަކުގައި ތިބީ އައްނިގެ މީހުން.
    މިއީ ރައީސަށް ކެހިދޭން ރޭވިގެން ހިންގާ ޖަރީމާއެއް.
    ނަމަވެސް އެމަނިކުފާން އިންތިހާބު ކާމިޔާބު ކުރާނެ.

    1
    19
  9. ކޮމެންޓް

    ލާލިނެތީޔާ މަތިން ދަތުރުނުކޮބަލަ

    2
    11
  10. މުޙައްމަދު

    ބަރާބަރު. ބޮޑުކޮށްފަ ބަހައްޓާ. ބޮޑުކުރާ ކޮންމެ ފަހަރަކު 1000ރ އިތުރު ކުރޭ. 77 މާ މަދު

  11. އާދަނު

    ޔާމީންގެ މަޑިވަރު އެޔަރޕޯޓު ދަތުރު ފެށީ ކޮޅަކަށް 1023 ރ އަށް ! ދެ މަސް ނުވަނިސް 1340 ރުފިޔާއަށް ވެ ، މިހާރު 1700 ރުފިޔާއަށް! ދެން ކޮޅަކަށް 2000 ވީމާ ރާކަނިމަހާ އެއްކޮށް ގޮޅާމަސް ކެވިފަ ހުންނާނީ! އަދި މިއުޅެނީ 16 މަސް ނުވެ!

  12. ނަސީމް

    ކަންތައް ކުރަން ނޭނގޭމީހުން ތިބީމަވާނެގޮތް މިވަނީ. އަޅުގަނޑުމެންނަށް މިނުން ރަނގަޅު ގޮތެއް މާތްﷲ މެދުވެރިކުރައްވާށި. އާމީން.

  13. ދަރަނި ދަންތުރަ

    ވީ ހުރިހާ ވައުދެއް ރަނުން ރަނަން ރިހިން ރިއްސައް ފުއްދާ ނިމުނީ ދެން ބާރަށް އަތްޖަހާ

  14. ޒާރާ

    ސާބަހޭ 2023

  15. މުދުސްނާ

    ސަރުކާރުން މިތްނަށް އިންޓްވީންކުރާކަށް ނުވޭތަ މިތާވެރިން ހަބޭހަށް ބޮޑެތި މުސާރަ ނަގާފަ ކުންފުނީގެ ލޮސް މެނޭޖްކުރަންވީމަ ޓިކެޓް އަގުމިބޮޑުކުރަނީ މިވެރިންގެ މުސާރަކުޑަކުރާކަށް ނޫޅޭ މީވާ ރަގަޅު ކަސްޓަމަރ ސާވިސްއެއް އޮންނަތަނެއް

  16. ސަރުދާރު

    ވިލާގެ އެއަރޕޯޓް ޗާރޖް، ބޮޑުތަނުން އިތުކުރުމުގެ ނަތީޖާ