މާވެޔޮ މަގުގައި ހުންނަ "ބެސްޓް ބައި" ގެ ފިހާރަ އަނެއްކާވެސް ފަޅާލައިފިއެވެ.

އެ ފިހާރަ އެންމެ ފަހުން ފަޅާލީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ބެސްޓް ބައިގެ އިސް ބޭފުޅަކު "ވަގުތަށް" ވިދާޅުވީ ވިދާޅުވީ އެ ފިހާރަ ފަޅާލީ ރޭ ފަތިހު ހަތަރެއް ޖަހާކަން ހާއިރު ސީލިން ފަޅާލައިގެން ކަމަށެވެ.

ނަމަވެސް އެ ފިހާރައިގައި ހުރި ވަރުގަދަ އެލާމް ސިސްޓަމްއާ ހެދި ވަގަށް އެއްޗެއް ނުގެންދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން ސީލިންގް ފަޅާލައިގެން ވައްކަން ކުރީމަ އަޅުގަނޑުމެން ހުންނާނީ ވަރަށް ވަރުގަދަ އެލާމް ސިސްޓަމެއް އަޅުވާފަ. މި ފަހަރު އެލާމް ވާން ފެށީމަ ވަގުތުން ބިރުން ފިލައިފި" އޮފިޝަލް ވިދާޅުވިއެވެ.

އެ ވަގު ފިހާރަ ދޫކޮށް ދިޔައީ އޭނާ ގެންގުޅުނު މޮބައިލް ފޯނު ވެސް ފިހާރައަށް ދޫކޮށްލާފައި ކަމަށްވެއެވެ. އެހެންވެ އެ ފޯނު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ސާާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ފިހާރައިން އެއްޗެއް މަދު ނުވި ނަމަވެސް ފިހާރައިގެ ލައިޓްތަކާއި ސީލިންގް މަރާމާތުކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތާމޯސް

    ފުލުހުންނަކަށް ނޭނގޭނެ އެކާކުގެ ފޯނެއްކަމެއް

    15
    • ޙަސނަލް

      ބޭކާރު މުޢައްޞަސާ

      9
      1
      • އެނދިމަރިޔަނބު

        ތިކިޖެހި ތާނަ ނުދަންނަ މީހުން ތިކިޖެހި ތާނައިން ލިޔުނީމަ ހުންނާނީ މިހެން

  2. ކުންނު

    ފުލުހުން ބަލަންޖެހޭ ކަންކަން ގޯޅި އަޅާއިރު ފެންނަ ކަންކަން ފާރުތަކުގެ ކަންކަން އެމީހުން ވަރަށް ރަނގަޅަށް ބަލާނެއެވެ.

  3. ގަނޖާފޯސް

    ޕޮލިހުން ތިބެނީ އިންޑިއާ އައުޓްގޮވާ އަންހެނުން ފަހާ ދުވަން އެކަނި.