ޓުވިޓާގައި ވަރަށް ވަރުގަދަ އަށް ރައްދުތައް ދެއްވި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ޓުވިޓާ ބޭނުން ކުރެއްވުން ހުއްޓާލައްވައިފިއެވެ.

ޝަމީމް ޓްވިޓާ ޑިއެކްޓިވޭޓް ކުރެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ.

ޝަމީމަކީ އެކި މައްސަލަތަކުގައި ޓްވިޓާގައި ވަރަށް ގިނައިން ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެގޮތުން ޕީޖީ އޮފީހަށް އަންނަ ސުވާލުތަކާއި އެ ދާއިރާ އާ ގުޅޭ އެކިއެކި މައްސަލަތަކުގައި އޭނާ ވާހަކަ ދައްކަވައެވެ.

އަދި އޭނާ އަށް އަމާޒުކޮށް ތުހުމަތު މީހަކު ކޮށްފި ނަމަ، އެ އަށް ވެސް ޝަމީމް ރައްދު ދެއްވައެވެ.

ޝަމީމްގެ އެކައުންޓް ޑިއެކްޓިވޭޓް ކުރެއްވި އިރު، 34،000 އަށްވުރެ ގިނަ ފޮލޯވަރުން ތިނބެއެވެ.

ޝަމީމްގެ ޓުވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރައްވާފައި މިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތް ފަށާފައި ވަނިކޮށެވެ.

އޭނާއާ ދެކޮޅަށް ޖިންސީ ގޯނާގެ މައްސަލައެއް ވެސް ފުލުހުންނަށް ހުށަހެޅި ކަމަށް ބުނެ އަޑު ފެތުރިފައިވެއެވެ. އެކަމަކު، ފުލުހުން ވަނީ އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލްމާ

    ވަރަށް އަވަހަށް އިސްތިއުފާ ދީ ރައްޖެއިން ބޭރަށް ފިލަން ދާން ނޫޅުއްވަންތޯ ؟ ހަމަ އަހާލީ!!!! ދާން އުޅޭ ޤައުމުވެސް ބުނަންވީތޯ؟ ޝަހިންދާ އުޅޭ ޤައުމެކޭ އެއްވެސް މީހަކު ނުކިޔަން.

    10
  2. އަޑަފި

    ފޮތް ކިއުއްވަން ވަގުތު ހޯއްދެވީއެވެ. މި ވޭތުވެ ދިޔަ ދުވަސްތަކުން އެނގުނީ ޝަމީމް ފޮތް ކިއުއްވާނަމަ ކިއުއްވީ ނުބައި މައުލޫމާތު ހުރި ފޮތްތަކެއްކަމެވެ. ދެން އޮންނީ ވަގު އެކައުންޓް ތަކުން މީހުނަށް ރައްދުދީ ބެވުންކަމަށް ވެދާނެއެވެ.

  3. އެދުންވެރިޔާ

    ދޮންދަރިފުޅަށް ދިންސީގޯނާކުރި މައްސަލަ އެޑިއުކެޝަންއާއި، ހިއުމަންރައިޓްސް ކޮމިޝަންއާއި، ޖެންޑާއަށާއި އަދި ފުލުހުންނަށް ހުށަހަޅައިގެން އެމައްސަލަ ނުބެލުނު. ބޮޑުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އެދުން ފުއްދުން ހުއްދަވެއްޖެ އެފަދަ ނިކަމެތި ކުށެއްނެތްކުދިންގެ ހައްގުތަކަށް އަރައިގަތުމަށް ކޮށުނު އިތުރުމަގެއް އިންޝާﷲ އަދި މި މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ