ޝައިޚް ސަމީރު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ މީސްމީޑިއާގައި މީހަކު އިންޒާރު ދީފިއެވެ.

ޝައިޚް ސަމީރަށް މީސްމީޑިއާގައި މީހަކު އިންޒާރު ދީފައިވަނީ މިއަދު ސަރުކާރުން ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ހަރަކާތް ބަޔަކު މީހުން ވަދެ ހުއްޓުވާފައިވާތީ މީސްމީޑިއާގައި ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައި ސަމީރު މީގެ ކުރިން ދައްކާފައިވާ ވާހަކައަކާއި ގުޅިގެންނެވެ.

އެގޮތުން މީސްމީޑިއާގައި މީހަކު ވަނީ "ޔޯގާ ގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫން" ކަމަށް ސަމީރު މީގެ ކުރިން ވިދާޅުވެފައިވާ ވާހަކައެއްގެ ސްރީންޝޮޓެއް ހިއްސާ ކޮށްފައެވެ.

މީސްމީޑިއާގައި ޝައިޚް ސަމީރު އަވަހާރަކޮށްލަން މީހަކު ދީފައިވާ އިންޒާރު

އެ ސްކްރީންޝޮޓަށް "މަސްތާނީ މަސްތާނީ" ނަމަކަށް ކިޔާ މީހަކު ވަނީ ޝައިޚް ސަމީރު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައެވެ. އެގޮތުން އޭނާ ޝައިޚް ސަމީރު "މަރައިގެން މި ގައުމު ހައްލު ވާނީ" ކަމަށް ބުނެފައެވެ.

މިއީ މިއަދު ހެނދުނުގެ ވަގުތެއްގައި މީހަކު ކޮށްފައިވާ ކޮމެންޓެކެވެ. މި ކޮމެންޓާއި ގުޅިގެން މި މައްސަލަ ތަހުގީގު ކުރޭތޯ މީގެ ތިން ގަޑިއިރު ކުރިން "ވަގުތު" އިން ފުލުހުންނާއި ސުވާލު ކުރުމުން ވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަމަ ކޮންމެހެންވެސް ޔޯގާ ނުބާއްވާ ވާންނެތީތަ؟

    ތިވާނީ އިންޑިއާ މީހަކަށް، ދިވެއްސެއް ކަމަށް ހެދިގެން އުޅޭ.

    54
    3
    • ވިސްނާ

      މިސަރުކާރާ އިންޑިޔާގެ ނުފޫޒުގަ މިގައުމުގާތިބި ދީނީ އިލްމުވެރިންނާ ނުކުޅެއްޗެ ހީވެސް ނުކުރާފަދަ ކަންތަށްތަކެއް ހިނގަންފަށާފާނެ ސުލްހަވެރިކަމާ އެކު ވާހަކަ ދައްކާގެން ކަންތަށް އިސްލާހުކުރަން އުޅުން ބުއްދިވެރިވާނި ބައިބަވުމަށް ޖާގަ ދީގެންނުވާނެ މިސަރުކާރު މިވަނީ ގައުމު ފަސާދަގެ މަލަތި މަގުކޮށަމުންމިދަނީ ލާދިނީ އިސްލަމްދީނާ ބިރައްޓެހި މީހުނަށް ހިމާޔަތްދީ ދީނަށް ނަފުރަތު އުފައްދާ ޖަމިއްޔާތަށް މަކަރުވެރި ރެވުގެ ތެރެއިން ހިންގާ ޅަދަރިންގެ ސިކުޑިތަކާ ކުޅެންފަށާފަ މިކަންތަށް ހުއްޓާލންޖެހެ މީ 100 💯 އިން މުސްލިމު ގައުމެއް އެންމެން އެކަތިގަނޑަކަށްވޭ

  2. ޖުލައި

    ލާދީނީ މީހަކާ ދިމާލަށް ބުނި އެއްޗެއް ނަމަ މިހާރު ބުނި މީހާ ހޯދާ ގޮޅިއަށް ލައިފިސް.

    113
    3
  3. ޑައެލޯގް

    ސަމީރުއާ ދިމާކޮށްފިނަމަ އަހަރުމެންގެ ލޭހޫނުވާނެއެވެ.

    90
    1
  4. އަހުމަދު

    ލާދީނީ މީހުން ވ ރުޅި އަންނާނެ... އިލްމުވެރިން ދެކެ...
    އިންޒާރު ދިންމީހާ ވަގުތުން ހައްޔަރު ކުރަން ޖެހޭނެ

    43
  5. ހައްވަ

    އޭ މީ އަހަރެން ވަރަށް ލޯބިވާ ޝޭހެއް، އުސްތާޒެއް. އުސްތާޒުއާ ނުބެހޭތި

    45
  6. ނަންނަ

    ޝެއިޚް އެއްވެސް މީހަކު ދެކެ ބިރުނުގަނެ ﷲތަޢާލާ އެބޭފުޅާ އަށް ދެއްވެވި އިލްމު އަހަރެމެންނާ ހަމައަށް ފޯރުކޮށް ދެއްވަމުން އެގެންދަވަނީ
    އިން ޝާ ﷲ އެމްމެ ހާ މުޞީބާތް ތަކުން ﷲ ތަޢާލާ އެބޭފުޅާ ސަލާމަތް ކޮށް ދެއްވާނެ

    54
  7. Anonymous

    މަޖިލީހާ ބެހޭގޮތުން ކޮމެންޓެއް ކޮއްލިނަމަ މިހާރު އޮންނާނީ ކުޑަ ގޮޅީގަ.

    33
  8. ﷲއަށްބިރުވެތިވޭ އަނިޔާވެރި ޖާހިލުންނާދުރައްދޭ

    އެމްޑީޕީގެ ލުއްޗާއިން ޑރޢަފްރާސީމް އަވަހާރުކޮއްލިގޮތައް ސޭހް ސަމީރަށް ހަދަންނޫޅޭތި ރަގަޅަށް ކުޅިދައްކާލާނަން ގުންޑާންދެކެއިސްލާމުން ޖެހިލުމެއްނުވާނެ މިކަންފުލުހުން ވަރަށްސަމާލުވެތިބެ ބަލަންޖެހޭނެ

    27
  9. Anonymous

    މީހަކުބުނާއެށްޗަކުންއެމީހާމަރާކަށްނުޖެހާނެދީނީއިޅްމުވެރިންބުނާނީދީނުގާއެކަމެއްއޮންނަގޮތަށްއަމަލުކުރުމާނުކުރުންއެއީމުޅިންއެހެންކަމެށް

    16
  10. މެދުމިނަށް އިހުތިރާމް

    ލެޔާ ނުކުޅެއްޗެ ކޮންމެ މީހަކަށްވެސް ދިރި ހުރުމުގެ ހައްގު ވާފަދައިން ވަކިމީހަކުވީމަ ފުލުހުންނަށް ަމައްސަލަޔަކަށް ނުވެފަ ސިޔާސީ ލާދީނީ އިންޑިޔާ ޕަޕެޓެއްވީމަބެލިފަ ހީނުކުރާތި ތިމާމެން ތާ އަބަދު ވެރިކަމުގަ ތިބޭނެކަމަށް މިދުވަސް މިހާރު ވެރިކަމުގަ ތިބި މީހުންނާވެސް ބައްދަލުކުރާނެ ވަކިބަޔަކުވީމަ ގަނޫނު ހިނގާފަ ޔަހޫދި ލާދީނީ ދީނަށް ފުރައްސަރަކުރި މަޑުކަށީގެ މީހުންގެ މައްސަލަ ނުބެލި ތާ އަބަދު މިހިނެއް ނޯންނާނެ މިތިބަ މުނާފިގު އިމުރާނުކަހަލަ ގައްދާރުން ދީނީ ތާކިހާ އަޅާގެން މިހާރު އިންޑިޔާގެ އެންބަސީން ދޮލަގުތަކުގަ ކާލާގެން ތިބުން އޯކޭވެފަ

    26
  11. ގ

    މައްސަލަ ބަލަން ޖެހޭ

  12. މީހާ

    މި އަންހެން މީހާޔަކަށް ނޭގޭތަ އެތަށް ބައިވަރު މުސްލިމުން ދިވެހި ރާއްޖޭގަ ތިބި ކަން އިރާދުކުރެއްވިއްޔާ... ދިވެއްސަކަށް ވެވޭނީ މުސްލިމަކަށް ވެގެން.. ގާނޫނު ގަ އޮތީ ވެސް އެހެން... މުސްލިމުން ނޫން މީހުންނަކީ ދިވެހިންނެއް ނޫން... ގާނޫނު ގަ އޮތް ގޮތް

  13. Anonymous

    "ތުރުތުރެއް ނާޅާނެޔޭ ބިރުދެއްކިޔަސް ދުނިޔޭތެރޭން
    ހަރުދަނާ އީމާނަކުން ފުރިފާވި އިންސާނީ ހިތެއް"

    އަޅުގަނޑަށް ފެންނަން ހުރި ހެކިތަކަށް ބަލާއިރު ޝައިޚް ސަމީރަކީ މިއަދު ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔަކު ޤަދަރުކުރާ، ލޯބިވާ ޢިލްމުވެރިޔާ. އެބޭފުޅާއަކީ އިޚްލާސްތެރިކަމާއެކު ﷲ ގެ މަގަށް ގޮވާލުމުގައި، ފަސްނުޖެހޭ، ޙައްޤުބަސް ބުނާ ޢިލްމުވެރިއެއް. ފަޟީލަތުއް ޝައިޚް މަރްޙޫމް އަބޫބަކުރު އިބްރާހިމް ޢަލީ ފަދަ ޙައްޤުބަސް ބުނުމަށް ޖެހިލުން ނުވާ ޢިލްމުވެރިއެއް. މިފަދަ ބޭފުޅަކާ ކުޅެން އުޅެފިއްޔާ ދިވެހިންގެ ލޭކެކޭނެ. ދިވެހީން އެބޭފުޅެއްގެ ދިފާޢުގައި ނިކުންނާނެ. އެކަން ދަންނަންޖެހޭނެ މަސްތާނީއަކަސް ކަސްތާނީއަކަސް.

  14. ސުއާއު

    ޔޯގާ ހަދަން ތިއްބާ އައިސް ދެފައި އުފުރާފައި ސަޓަނިހަދާލަ ދޭން ރައްޔިތުން ނިކުންނަ ދުވަސް އެބަ ގާތްވޭ.