އިތުރު ކައިވެންޏެއް ކުރަން ފިރިމީހާ ބޭނުންވާނަމަ އެކަމުގެ ހުއްދަ އަނބިމީހާ ކައިރިން ހޯދުމަކީ ޝަރުއީ ގޮތުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އައްޝައިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިހް ސަމީރު މިހެން ވިދާޅުވީ "ދާރިސް ޓީވީ" އިން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އިތުރު ކައިވެންޏެއް ކުރަން ފިރިމީހާ ބޭނުންވާނަމަ އެކަމުގެ ހުއްދަ އަނބިމީހާ ކައިރިން ހޯދަން ޖެހޭނެތޯ ނުވަތަ އަނބިމީހާ ކައިރީ އަހަން ޖެހޭނެތޯ ޕްރެޒެންޓަރު އަލީ ރަމީޒު ސުވާލު ކުރެއްވުމުން ޝައިހް ސަމީރު ވިދާޅުވީ ޝަރުއީ ގޮތުން ބަލާއިރު އިތުރު ކައިވެންޏެއް ކުރާވާހަކަ އަނބިމީހާ ކައިރީ ބުނާކަށް ނުޖެހޭނެ ކަމަށެވެ.

"ޝަރުއީ ގޮތުން ބުނާކަށް ނުޖެހޭނެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ކައިވެނި ކުރެއްވިއިރު އެކަން އެހެން އަނބިކަނބަލުންނަށް އަންގަވާފައެއް ނުވޭ. ގިނަ ފަހަރަށް އަނބިއަނބިކަނބަލުންނަށް އެނގިވަޑައިގަންނަވަނީ ކައިވެނި ބައްލަވައި ގަންނަވާ ފަހުން." ޝައިހް ސަމީރު ވިދާޅުވިއެވެ.

ނަމަވެސް އިތުރު ކައިވެންޏެއް ކުރުމުގެ ކުރިން އަނބިމީހާ ކައިރީ އެވަހާކަ ބުނުން އެއީ ފިރިމީހާ އާއި އަނބިމީހާ އާއިދެމެދު އޮންނަ ގާތް ގުޅުުމާއި، އޭނާގެ ހުންނަ ހެޔޮކަމާއި އިހްސާންތެރިކަމުގެ ތެރެއިން ރީތިކޮށް ކަންކަން ކުރުމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ޝައިހް ސަމީރު ވިދާޅުވިއެވެ.

އިތުރު ކައިވެންޏެއް ކުރަން އަނބިމީހާގެ ހުއްދަ ހޯދުން އެއީ އިތުރު ކައިވެންޏެއް ކުރުމަށް އޮތް ޝަރުތެއް ނޫން ކަމަށް ޝައިހް ސަމީރު ވިދާޅުވިއެވެ.

ދައުލަތުން ބަލަހައްޓަން ޖެހޭ ކަންކަން ބެލެހެއްޓުމަށްޓަކައި އިތުރު ކައިވެންޏެއް ކުރާ މީހުން އަނބިންނަށް ހަރަދު ކުރޭތޯ އާއި ދަރިންގެ ހައްގުތައް އަދާކޮށްދޭތޯ ބަލަން ޖެހޭނެ ކަމަށް ވެސް ޝައިހް ސަމީރު ވިދާޅުވިއެވެ. އެހެންކަމުން އިތުރު ކައިވެންޏެއް ކުރާ ފިރިހެނުންގެ ކަންކަން ދައުލަތުން ބަލަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހުއްދަ ނުހޯދައި ކުރި ނަމަވެސް ކައިވެނި އޭގެ ޒާތުގައި ސައްހަ ވާނެ. ދެން އޮންނާނީ އެ ބަލައިގަންނަ ގޮތް. މަކަރު ހެދީކަމަށް، އޮޅުވާލީ ކަމަށް ހީލަތް ހެދީކަމަށް، ނުވަތަ ގޯސްވުމުގެ ފުރުސަތު ބޮޑުވާކަމަށް ވާނަމަ ރަނގަޅު ގޮތަކީ ބުނެގެން ކުރިއަށް ގެންދިއުން. ނުވަތަ ފިރިމީހާ ކުރާ ކޮންމެ ކަމަކަށް އަނބިމީހާ ރުހި ކިޔަމަންތެރިކަމާއިއެކު އުޅޭކަމަށް ވަންޏާ ކޮންމެހެން ބުނުމުގެ މާނައެއް ނެތް." ޝައިހް ސަމީރު ވިދާޅުވިއެވެ.

އިތުރު ކައިވެންޏެއް ކުރަން އަނބިމީހާ ކައިރީ އަހާކަށް ޝަރުއީ ގޮތުން ނުޖެހުނު ނަމަވެސް ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން އިތުރު ކައިވެންޏެއް ކުރެވެނީ ކައިވެނިކޮށްގެން އުޅޭ އަނބިމީހާއަށް އެކަން އެންގުމަށްފަހު، އަނބިމީހާގެ ބަސް ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަލި ބެއްޔާ

    މި މީހުންނަކީ މިގޮތަށް 10 12 ކައިވެނި ކޮށްގެން އުޅޭމީހުން! ވާހަކަ ވެސް ހުންނާނީ އަވަހަށް އިންނަން

    24
    40
    • Anonymous

      ތަރިކަބެހުމުގައި އުފުލޭ މުދަލާއި ނުއުފުލޭ މުދާ އެބަހުރޭ، އަދި ތަރިކައިގެ ތެރެޔަށް ނުވަންނަ މިލްކުވާ ތަކެތިވެސް ހުރޭ ، ތަރިކަ ބަހާއިރު ވާރިސުން ސުލްހަވެރިގޮތުގައި މުދާ ބަހާކަށް ހުރަހެއްނޯވޭ، ވާރިސުން ދެބަސްވާނަމަ އެއޮންނަ އުސޫލަކުން ތަރިކަބެހިގެންދާނީ، ބިމަކީ ބަންޑާރަ ގޯއްޗެއްނަމަ ހަމަހަމަޔަށް ބަހާނެ ، އަމިއްލަ ބިމެއްނަމަ ތަރިކައިގެ އުސޫލުން ބެހިގެންދާނެ !

    • ރާއްޖެ

      ކީކޭ ބުނާނީ ދޯ..ޝައިޚް އެ ވިދާޅުވީ ދީނުގައި އެކަން އޮތް ގޮތް..އެއީ ތެދުކަމަށް ވާނަމަ، އަހަރެމެންނަށް އޮތީ އެގޮތް ގަބޫލުކުރުން. ޢަދި ކޮންމެހެން އިތުރު މީހަކާ އިންނާކަށް ބާރެއްވެސް ނާޅުއްވައެއްނުން..މި މުޖުތަމަޢަށް ބަލާއިރު އެކަން ކުރަން އޮތް ރިވެތި ގޮތްވެސް އެވަނީ ބުނެދެއްވާފަ. ދީނީ ޢިލްމުވެރިން އެކަން އޮންނަގޮތް ބަޔާންކޮށްދެއްވާނީ..އެކަމަކީ ކޮންމެހެން ތިބާ ގަބޫލުކޮށްގެން ހުންނަގޮތަކަށް ވާކަށް ނުޖެހޭ. ﷲއާއި ރަސޫލާ ކަމަކަށް އަންގަވާފަ ވާނަމަ، އަހަރެމެންގެ ހޮތުގައި ދަތިކަމެއް އޮވެގެން ނުވާނެ އެކަމަކަށް.ގިނަ މީހުނާ އިނދެގެން އުޅޭ ބައެއް މީހުންގެ ކިބައިން ފެންނަ ނޭދެވޭ ކަންކަމަކީ ދަިނުގެައްސަލައެއް ނޫން..އެއީ ދީނުގަ އޮންނަގޮތަށް އެކަކާ އިނދެގެން ވެސް ނޫޅެވޭ މައްސަލަ މާބޮޑު.މާ ބޮޑަށް ކަންބޮޑު ވާންޖެހޭ..

      4
      1
  2. ފޯކައިދޫކުދީން

    މިރާއްޖޭގައި ޝަރީއަތް ކުރަނީ ނަމަކަށް. މީހަކު މަރުވެގެން ގެ ބަހާއިރު ވާރިސުންނަށް ތިބީ އަންހެން ދަރި އަކާއި ފިރިހެން ދަރިޔަކު. އެކަމަކު ބަހަނީ ދެބައި ހަމަޔަށް. ސަބަބު ކަމަށް ބުނަނީ ދައުލަތުގެ ބިން ކަމަށްވާތީ ދައުލަތުން ބޭނުންވާ ގޮތް ކަމަށް. އިންސާފެއް ވެސް ނުލިބުނު ތަނުގައި ގާޒީ އެދިޔައީ ދެ ގާޒީން ދާންޖެހޭ ތަނަށް!

    8
    13
  3. ނަފީސާ

    އެއްވެސް ދީނެއްގަ 10، 12 ކައިވެނި ނުކުރެވޭނެ ބެއްޔާ އަށް ނޭނގެއްޔާ ހަނުހުރޭ......ޝެއިޚްގެ ހުންނަނީ އެންމެ އަނބެއް.....ވަރަށް ސަލާމް

    23
    5
    • ާަމަރީ

      ވެދާނެ 2 ކައިވެންޏެއް ކުރަން ބޭނުންވެގެން އުޅެނީކަމަށް..

      5
      1
  4. ޢަބްދޫ

    އިސްލާމްދީނުގެ އަސްލާއި ހިލާފުވާނަމަ އެ ހިލާފުވާ މިންވަރެއް ބާތިލް ކަމަށް ގާނޫނުއަސާސީގަ ވޭ.އިސްލާމްދީނުގަ ހުއްދަކުރާ އަދި ކުރުމަށް ބާރުއަޅާކަމެއް ގާނޫނަކުން މަނާނުކުރެވޭނެ.

    7
    2
  5. ޢަހުމަދުވަގާރު

    ﷲ އަކުބަރު. މިވަރުން ވެސް މި ކާފަރުންނަށް އިސްލާމް ދީނުގެ ފަސޭހަ ކަމާއި , އަންހެނުންގެ ހައްގު ތައް ރައްކާތެރި ކޮށްފައިވާ މިންވަރު ނޭގެނެ

    13
    3
  6. މަރީޒާ އައިން

    އިތުރު ކައިވެނި ކުރާކަށް ވެސް ޝަރުއީގޮތަކުން ނުޖެހޭ.

    14
    11
  7. ވަހީދާ

    އިހްސާންތެރި ކަމާއި އިޚްލާސްތެރިކަން އަދިއަނބިމީހާ އާއި ގާތްގުޅުން ބޭއްވޭނަމަ ފުރަތަމައަނބިމީހާއަށް ހިލަމެއްވެސް ނުވެ ހަތަރު ފަސް އަޙަރު އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެންއުޅުމަށްފަހު ދެވަނަ ކައިވެންޏެއްއަވަށްޓެރިޤައުމު އަކަށް ގޮސް ސިއްރުން ކުރުމުން ފުރަތަމައަނބިމީހާއާއި އެކައިވެންޏަކުން ލިބިފައިވާތިން ހަތަރު ދަރިންނާއި ދެފަރާތުގެ އާއިލާގެ ހައްޤު ތައް ކޮބާބާ،.......އަދި އެފަރާތްތައް ތަހައްމަލު ކުރަމުންދާ ހިތާމަތަކާއި ވޭނުގެ ޒިއްމާ އުފުލާނީ ފުރަތަމަ އަނބިމީހާތޯ. މިގޮތަށް ދެމަފިރިން ދޭތެރެ އަށް ވަދެ ދިރިއުޅުން ހަލާކު ކުރާ އަންހެނުންނަށް މީހެއްގެ ހައްޤަކަށް އަރައި ގަތުމުގެ ނުބައިކަން ކިޔާ ދެއްވުން ވެސް އެއީ ރަަގަޅު ކަމެއް.

    17
    2
  8. ހުދުހުދު

    ދީނުގަ އޮތްގޮތް ހަމަ ރަނގަޅު

    16
    4
  9. 1111

    ކޮމެންޓް ކުރާ ފަރަތްތަކުން އާޑަ ކިޔުމުގެ ކުރިން ވިސްނާލަން ޖެހޭ. ސަމީރު ބުނެދިނީ ޝަރީޢަތުގަ އެކަން އޮތްގޮތަށް.
    އެގޮތާ ބަޔަކު ނުރުހުމަކީ ކަންއޮތްގޮތް ބަދަލުވާނޭ ކަމެއް ނޫން.
    ހައްގުތައް ކަށަވަދުކުރުމަށާއި މަސްލަހަތު ހިމާތަތްކުރުމަށް އެހެނިހެން ގަވާއިތުތައް ހެދިފައިވަނީ.
    ދެވަނަ ކައިވެންންޏެއް ކޮށްފިނަމަ ފުރަތަމަ އަނބިމީހާ އެކަމާ ނުރުހިގެން ގޮސް އެކައިވެނި ހަލާކުވަންޏާ ދެވަނަ ކައިވެންޏަކުން ކުރާނެ ފައިދާއެއް ނެތް. ކައިވެނީގެ މަގްސަދުވެސް ގެއްލުނީ.

    5
    2
  10. ސިމްޕް

    ބައެއް ކައިވެނި ތަކުގައި ފުރަތަމަ އިންނަ މީހާއާ ކައިވެންޏަށް ދުވަސްވާ ވަރަކަށް އެނގޭނީ ގޭގައި މަސައްކަތްކުރަން ގެނެސް ހުންނަ ނޯކަރަކަށްވުރެ ދަށުދަރަޖައިގައި އަނބިމީހާ ބަހައްޓަނީ އެކަމަކު ގެއިންބޭރު ނޯކަރެއް ވިއްޔާ މަހުންމަހަށް މުސާރަ ލިބޭނެ ޗުއްޓީވެސް ލިބޭނެ

  11. ނަރުގިސް

    މި އިން މީހަކަށް އެއްއަބިން ވެސް ބެލޭބާ؟ ބޯހަލާކު

  12. ޙަސީނާ

    ކާފަރު ކަމުން 4 ބޭނުންވަނީ.. އެވަރިހަމަ އަނބިދަރިންނަށް ޙަރަދު ނުކެރުވުނަސް..

    7
    2
    • ނުދައްކާ ވާހަކަ

      ނުދެ، ކާފަރުކަމުން މީސްމީހުން ހިލޭ މީހުންނާ ޒިނޭކުރަނީ. ފާޑުފާޑުގެ ޑީޖޭ ޕާޓީތައް ބާއްވާ ރާބޮއި ޒިނޭ ކުރަނީ ހަމަ ކާފަރުކަމުން. ހަތަރު އަންހެނުންނާ ކައިވެނިކޮށް، ޙަލާލު ގޮތުގައި ޖިންސީޣަރީޒާ ފުއްދާނީ މުއުމިނުން، މުސްލިމުން. އެއީ އެމީހާގެ ކާފަރު ކަމަކުން ކުރާކަމެއްނޫން.

      4
      1
  13. ކެނެޑީ

    އާނ ތިޔަބުނާތަންކޮޅާ ވިއްދާފަ ނިކަން ބުނެބަލަ ޝަރުއީގޮތުން އަނބިމީހާގެ އަންނައުނާއި ކެއުމާއި ހުރުން ހަމަޖެއްސުމަކީ ފިރިމީހާގެ ވާޖިބެކޭ. އެކަމަކު މިރާއްޖޭގެ ގިނައިން ކައިވެނި ނުކުރެވިގެން އުޅޭ މީހުން އުޅެނީ އަނބިންގެ ހަރަދުގަ ހެހެހެ

  14. ވަރަށް ވާހަކަ

    ދެއަނތްބަށް މީހުންނާ އިންނަން ބޭނުންވާ ފިރިހެނާގެ ކިބައިގައި ޝަޚުސިއްޔަތެއް ހުންނަންޖެހޭނެ. އެމީހާގެ މިސާލަކީ ނަވެއްގައި އަނބިދަރިންގޮވައިގެން އެކަނިމާއެކަނި ކަޅުފޮއި ރެއެއްގައި ގަދަކަނޑެއްގައި ދަތުރުކުރާ މީހާގެ މިސާލު.

  15. މިކަންތަޖްރިބާކުރަމުންދާނިކަމެއްޗެއް

    މާތްވެގެންވާއިސްލާމް ދީނުގަ ކޮންމެ މުސްލިމަކަށް ފަރުލު ކުރައްވާފައިވާ ފަސްނަމާދު ބަރާބަރަށް އަދާ ނުކުރެވުނަސް ސުންނަތޭ ކިޔާފަ ތިން ހަތަރު އަނބިން ގެންގުޅެން ބޭނުންވާ މީހުން ވެސް ވަރަށްގިނަ. އެންމެ މީހަކާއިދެގެން އެމީހާގެ ހައްޤުތަކަށް އިހްމާލު ވެވޭއިރު އިތުރު މީހުންނާ އިނުމުން އަނބިންނާ ދަރިންގެހައްޤު ތަކަށްހުރުމަތްތެރި ވެވޭނެެ ހެނެއްހިޔެއް ނުވޭ. ބައްޕަ ދުނިޔޭގަ ނެތް ދުވަހެެއްގަ އެކިބަނޑުގެ ދަރިން ތިބެެ އެކުދިން ނިކަމެތިކޮށް އުޅެން ޖެހުން އެއީ ވެސް ވަރަށް ގިނައާއިލާ ތަަކުން ފެންނަމުންދާ ކަމެއް.

    1
    1
  16. ާައައިސާ

    ޢެންމެ އަތްބެއްގެ އެދުން ފުދައިނުދެވޭ މީހުން 😵‍💫 😡