ފަލަަސްޠީނުގައި ދެދައުލަތެއް ނޯންނާނެ ކަމަށާއި އެއީ ހަމައެކަނި ފަލަސްޠީނު ކަމަށް ވިދާޅުވެ ރާއްޖޭގެ ދީނީއިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ދިވެހި ސަރުކާރަށް ރައްދުދީފިއެވެ.

އިސްރާއީލުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޣައްޒާ އަށް ދެމުން ގެންދިޔަ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލާއި ފަލަސްތީންގެ މައްސަލައަށް އޮތް ހައްލަކީ މިނިވަން ދެ ދައުލަތް ގާއިމު ކުރުން ކަމަށް ބުނެފައެވެ.

ދިވެހި ސަރުކާރުގެ ބަޔާނަށް ރައްދުދީ ޝައިހް ސަމީރު މީސް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ފަަލަަސްޠީނުގެ މުޤައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރައި ތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާޢަތަކަށް އެ ބިމުގައި ދައުލަތެއްގެ ޙައްޤު އޮތްކަމަށް ޤަބޫލުކުރުމީ އުންމަތުގެ ޙައްޤުގައި ވެވޭ ބޮޑުވެންވާ ޚިޔާނާތެއް ކަމަށެވެ.

ފަލަސްޠީނުގެ ބިން ފޭރިގަނެގެން ބޭރުން އަރައިތިބި ހަރުކަށި ޓެރަރިސްޓް ޖަމާޢަތަކަށް، ފަސްޠީނުގެ ބިމުގެ 78 އިން ސައްތަ ދޭގޮތަށް "ދެ ދައުލަތުގެ ޙައްލު"ގެ ނަމުގައި ހުޅަނގުން ހުށައެޅި މަކަރުވެރި ރޭވުމަކީ ޔަހޫދީ ދައުލަތް ފުޅާކޮށް އެއުރެންގެ ބާރު މުޅިތަނަށް ފަތުރަން މަޖްބޫރު ކުރުވި ދަންތުރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޝައިޚް އަޙްމަދު ސަމީރު
އައްޝައިޚް އަޙްމަދު ސަމީރު

ސަމީރު ވިދާޅުވީ މިއަދު "ދެ ދައުލަތުގެ ޙައްލު" ގެ ވާހަކައަކީ ސީދާ ކަމާގުޅުން ހުރި އެއްވެސް ބަޔަކު ޤަބޫލުކުރާ އެއްޗެއްވެސް ނޫން ކަމަށެވެ. އެ ހުށައެޅުމުގައިވާ ފަލަސްޠީނުގެ ބިންތަކުގައި ،ޚުދު އެހުށައެޅުމުގެ ބައިވެރިން ކަމުގައިވާ ހުޅަނގާއި، އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން ވަޒަންވެރި ކުރުވުމާއި، ހަމަ އެ ހުށައެޅުމުގައި ފަސްޠީނުގެ ސަރަޙައްދުގެ ގޮތުގައި ހުށައަޅާފައިވާ ޤުދުސްގައި އެމެރިކާއައި އެނޫންވެސް ހުޅަނގުގެ ޤައުމުތަކުގެ "އިޒްރޭލް އެމްބަސީ" ޤާއިމުކުރުމާއި، މިނޫންވެސް އެތައް ކަމެއްގެ ސަބަބުން މިއަދު އެ ބުނާ "ދެ ދައުލަތުގެ ޙައްލަ"ކީ އަވާމެންދުރެއްކަން އެންމެންނަށްވެސް ވަނީ ސާބިތު ވެފައި ކަމަށް ސަމީރު ވިދާޅުވިއެވެ.

"މިއަދު އެތަނަށް އަރައިތިބި ޒަޔަނިސްޓް ޔަހޫދީންނާއި އެމީހުންގެ އަޢުވާނުންގެ ބާރު ކިތެއްމެ ގަދަވިޔަސް މުސްލިމެއްގެ ހިތުގައި އެބިމުން ކައިވަތެއްގެ މިންވަރުވެސް ޣާޞިބުންނަށް ޙައްޤު ކަމުގައި ދެކިގެން ނުވާނެއެވެ. އަނިޔާވެރިކަމާއެކު ބިމަށް އަރައިގަނެވިދާނެއެވެ. އެހެނަަސް އަޅުގަނޑުމެން ހިތުގެ ޢަޤީދާއަށް އަރައިގަތަދީގެން ނުވާނެއެވެ. ޙައްލަދީ ދީނަށް އެނބުރި އައިސް ޖިހާދުކޮށް ޤުދުސް މިނިވަން ކުރުމެވެ! މާތް الله ޒަނިސްޓުންގެ އަނިޔާވެރިކަމުން އެބިންޠާހިރުކޮށް ދެއްވާށި! އެއުރެންގެ މަކަރުވެރި އަނިޔާވެރި ޢަމަލުތަކުން އަޅަމެެން ރައްކާތެރި ކުރައްވާށި! އާމީން." ސަމީރު ލިޔުއްވާފައި ވެއެވެ.

އިސްރާއީލުން ޣައްޒާއަށް ފަސް ދުވަސް ވަންދެން ހަމަލާތައްދީ 33 މީހަކު ޝަހީދު ކޮށްލުމަށްފަހު މިހާރު ވަނީ ހަމަލާތައް މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަމަސްތޭ

    ޖިހާދައްދާންވީތަ . . . މިކަންތަ ނޫނީ ޔާމިނުތަ ކަލެޔައް މުހިއްމީ . . ސަރުކާރާ އަޅައިގަނެގެން ނެއްޓެން ނޭގިގެން ތިއުޅެނިއްޔޯ . . ތިހެން ނޫޅެ ގަޓެއް ހުރިއްޔާ ސިޔާސީ ޕާޓީ އެއްހަދައިގެން އަނގަތަޅާބަލަ . . ނޫނީ ސަލަފް ޕީ ޕީ ފިކުރު ކިޔާބަަލަ . . އައްނިވެސް ފިކުރެއްގެ ދިރުން ނަމަވެސް ކިޔަިފިތާ

    6
    48
    • ޖުޑީ

      ތިމާ ރުހޭ ސަރުކާރުގެ ސިޔާސަތު ދިވެހިންނާ މުސްލިމުން ގަބޫލު ކުރާ ކުރުމާ ދެކޮޅަށް ދިވެހިންގެ ނަމުގަ ބަޔާން ނެރުނީމަ އެޔަށް ރައްދު ދިނީމަ ފުންމަ ފުންމައިގެން އައިސްް ސިޔާސީ ޕާޓީ ހަދައިގެން ވާހަކަ ދައްކަން ބުނާއިރު ބަލަ ވޯޓްވެސް ހޯދަބަލަ ހަމަ އެކަނި ކަލޭ ސަޕޯޓްކުރާ ޕާޓީން ސޯލިހު ހޮވޭތޯ ބަލަން .މި ރާއްޖޭގަ އަދިވެސް ވޯޓްލާ މީހުން އެންމެ ގިނަވާނީ ޕާޓީއަކަށް ނުވަންނަ މީހުން އެހެން ވީއިރު އެމީހުން ވޯޓް ދީގެން ހޮވޭ މީހަކަށް އެއްޗެހިވެސް ގޮވާނަށް އަހަރުމެން ގަބޫލުކުރާ ގޮތާ ހިލާފަށް ކަންކަން ކުރަންޏާ. ާާާާާާާާާާާާާާާާާާާާާާާާާާ އަހަރުމެން ދުވަހަކުވެސް ގަބޫލެއް ނުވާނަން ފަލަސްތީން ބިމުން ސެންޓި މީޓަރެއް ހާތަންކޮޅެއްގަ ވެސް ޔަހޫދީންނަށް ދައުލަތެއް ހަދަންދޭކަށް.

      13
      1
    • ޢަހު

      މީހަކު ރަނގަޅު އެއްޗެއްބުންޏަސް ބެލުމެއް އަޑުއެހުމެއްނެތި ހިތަށް އެރިހާ އެއްޗެއް ތިގޮވަނީ ތިމާމެންނަކީ ލާދީނީ ބައެއްކަން ނުބުންޏަސް އެންމެންދަނޭ ޖިހާދުގެ ވާހަކަ ދައްކާއިރު ޖިހާދަކީ ކޮބައި ކަމާއި މާތްﷲ ޖިހާދު ފަރުލު ކުރެއްވި ކަން ތިބާއަށް ނޭގުމީ ތިބާގެ ނުކުޅެދުން ތެރިކަން ނޫން ދެން ކޮންކަމެއްތޯ؟

      18
      1
    • Anonymous

      ތިހާ ގަޓްހުރިނަމަ ކޮމެންޓްކުރިއިރު ވަނަވަރުވެސް ހާމަކުރިސް.
      ތިކަހަލަ މުނާފިޤުން ހިތާމަކުރާނެ ދުވސް އެބައޮތް.

      16
      1
  2. ޜައްޔިތުމީހާ

    ރާއްޖޭގެ ވެރިންނައް ތިބީ ކުޑަގޮހޮރައްކާންދީފަ އެމީހުންގެ ބަސްމަގު އަދި ނެރޭބަޔާނެއްވެސް ނެރެވޭނީ ހުޅަންގުންބޭނުންވާ އިބާރާތަކުން އެވެރިންރުހޭގޮތަކައް

    26
    1
  3. Anonymous

    ނަމަސްތޭ ކަލޭގެ ހައިސިއްޔަތުނޯޅޭ ހަމަބިމަށް ތިރިވެ ޝޭހުގެ އެބަހުން ތިކަހަލަގެ ދެފުއްދެގޮތް މުނާފިގުން ވަކިވެ އެނގޭ ކަމީވެސް ކިހާބޮޑު ރަހުމަތެއް

    7
    1
  4. ފިތުނަ ސަމީރު

    ފިތުނަ އުފައްދާ މީހުންގެ ތާއިދު ހޯދަން ކޮންމެ އެއްޗެއްވެސް ކިޔާތި. ވޯޓު ގާތްވިވަރަކަށް ފެންނާނެ. އަތުން ފައިން ކަމެއް ނުކޮށް ލާރި ލިބޭނެ.

    1
    10
  5. ތަކުރުފާނު

    50 އަހަރު ވީ ތިކަމެއް ނުވިއެއްނު. ދެން ވެސް 2 ދައުލަތް ހަދައިގެން ވެސް ހަމަޖެހިގެން އުޅެވޭތޯ ބަލަން ވެއްޖެ އެއްނު

    1
    16
    • ބަރޯ

      ބްރާންޗާ ފަލަސްތީނުގެ ބިމުގަ އިސްރާއީލޭ ކިޔާ ދައުލަތެއް އޮންނަ ކަމަށް ގަބޫލުކުރަނީ ޔަހޫދީންނާއި، މުނާފިގުންނާއި ލާދީނީ ބައިގަނޑު. ތިބާގެ ނިޔަތުންވެސް ސާބިތުވާނީ އެކަން.

      13
      1
      • ޢަހުމަދުވަގާރު

        އެހެން ވެއްޖެނަމަ ފަލަސްތީނު އެންމެން ވެސް ތި ބުނާ ގޮތް

        1
        1
      • މޮޔަނިމޮސް

        އިންސާނުންނަށް ހުތުރު ބަހުން މުާމަލާތް ނުކުރުމަށް ރަސޫލާ އެންގެވި

        3
        1
  6. ފަންސާސް

    އަހަރެމެންނަށް 50 އަހަރު ދިގުކަމުގައި ހީވިޔަސް ﷲ ގެ ޙަޟްރަތުގައި އެއީ ކުރު މުއްދަތެއް.. އަދި ކުރިޔަށް އޮތީ ފަންސާސްހާސް އަހަރުގެ ދިގު މިނުގެ ދުވަހެއްގެ އިންތިޒާރު ކުރިޔަށް.. ކުދިންނޭ ހޭއަރާ.. ހިތުހުރިހާ އެއްޗެއް ވިސްނާ ނުލާ ނުބުނޭ.

    9
    1
  7. ބަރޯ

    ބްރާންޗާ ފަލަސްތީނުގެ ބިމުގަ އިސްރާއީލޭ ކިޔާ ދައުލަތެއް އޮންނަ ކަމަށް ގަބޫލުކުރަނީ ޔަހޫދީންނާއި، މުނާފިގުންނާއި ލާދީނީ ބައިގަނޑު. ތިބާގެ ނިޔަތުންވެސް ސާބިތުވާނީ އެކަން.

    8
    1