ސަރުކާރަށް ތާއިދުކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް އެގޮތަށް ވިދާޅުވެފައި ވަނީ ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމަކީ ބަޔަކު ވެރިކަމަށް އައުމުގެ ދަހިވެތިކަމުގައި ހިންގި އަމަލެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. އިޔާޒް ވިދާޅުވީ، އޭނާއަކީ މި ސަރުކާރު ދެމި އޮތުމަށް ވަރަށް އެދި އެދި ހުންނެވި ބޭފުޅެއްކަމަށާއި ނަމަވެސް ޔޯގާ މައްސަލަ އާ ގުޅިގެން ސަރުކާރުން ގެންގުޅުނު "ބޯހަރު" ސިޔާސަތާ ގުޅިގެން ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު ވެއްޖެ ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ، ޔޯގާ ދުވަހަކީ 2014 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހަކަށްވާ އިރު، މި މައްސަލައަކީ ސިޔާސީ ބޭނުމެއްގައި އޮޅުވާލައިގެން ބަޔަކަށް ގެއްލުންދޭން ރާވަމުން އަންނަ ކަމެއް ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމަށް ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަދެފައެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު ސަރުކާރާއި ސަރުކާރަށް ތާއިދުކުރާ މީހުން އަންނަނީ އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޑަކުތަރު

    އިޔާޒް އަކީ އެމްޑީޕީގެ އަޅެއް. އަދި ފަހުން އެމްޑީޕީއަށްޓަކާ ހަރާމް ކަންތައް އިޔާޒް ހަލާލު ވެސް ކުރާނެ!

    43
  2. ލޮލް

    އަހަރެމެން އަދިވެސް މިތިބީ އެދުވަހު އިމްރާނުބުނި ވާހަކަ ތެދުކޮށް ގަބޫލުކޮށްގެން. ނަމަވެސް ގުޑައިގެން ދިޔައީ ކަލޭމެންގެ އަގީދާ. ދެންވެސް ހަނދާންކުރާތި! އެމްޑިޕީއަކީ ފާޅުގައި ދީނާ އިދިކޮޅު ކަންތައްތަކަށް ހިތްވަރުދޭ ޕާޓީއެއް. އެމްޑީޕީއަށް ތާއީދުކޮށް އެމީހުންނަށް ވެރިކަން ދިނުމަކުން ރައްޔިތަކަށް ހެވެއް ނުލިބޭނެ. ރައްޔިތުމީހާއަށް ދުނިޔެއާއި އާޚިރަތް ގެއްލުން ނޫންކަމެއް ނުވާނެ.

    58
    1
  3. މާމީ

    ނުކެރޭނެ ... މީހުން ގަބޫލުކުރާ މީހެއްނޫން ތިއަކީ

    50
    2
  4. އަޙްމަދް

    ސަރުކާރަށް ތާއިދުކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.————————————————————-
    ބަލަ ޝޭޚް ކިހިނެއްތިވަނީ؟
    ޤުރްއާނާއި ސުއްނަތުގައި މުސްލިމުވެރިޔާ ފާފަޔަކަށް އަރާގަތުމަށް، އަމުރުކުރުމަށް ދާންދެން އެ މުސްލިމު ވެރިޔާ އަށް އަޑުއަހާ ކިޔަމަންވުން ވާޖިބު އާޔަށްތަކާއި ޙަދީޘްތަށް ހަނދާން ނެތުނީތޯ؟ ނުވަތަ ހަނދާން ނައްތަވާލީތޯ؟
    —————————————————-__
    މީސްތަކުންގެ މައްޗަށް ހަވާނަފްސު ގަދަވެގެންވާ މިންވަރު އެނގިގެންދަނީ، އެބައިމީހުންނަށް ނަމާދާއި ބެހޭގޮތުން
    ވާރިދުވެފައިވާ ޙަދީޘްތައް ބަޔާންކޮށްދިނުމުން ހިތުން ޤަބޫލުކޮށް އަވަސްވެ ކުރިމަތިލަ އެވެ. އަދި ރޯދައާ ބެހޭގޮތުން ބަޔާންވެގެންވާ ޙަދީޘްތައް ހިތުން ޤަބޫލުކުރުމަށް އެމީހުން އަވަސްވެ ކުރިމަތިލަ އެވެ. އަދި އޭނާއަށް މުސްލިމް ވެރިންނާ މެދުގައި މުޢާމަލާތް ކުރަންޖެހޭ ގޮތް ވާރިދު ވެގެންވާ ޞައްޙަ ޙަދީޘްތައް ބަޔާންކޮށްދެވުމުން އޭނާ ފުރަގަސްދީ ދެކޮޅުހަދަ އެވެ. މިކަމުގެ ސަބަބަކީ، އެބައިމީހުންގެ މައްޗަށް ހަވާނަފްސު ގަދަވެގެންވުމެވެ. ފަހެ، އެހެން ނޫނީ މުސްލިމަކަށް ރަސޫލާ ގެ ޙަދީޘްތައް ބަޔާންކޮށްދެވުމުން އޭނާ ދެކޮޅުހަދައި ފުރަގަސްދިނުން
    އެކަށީގެންވަނީ ކިހިނަކުން ހެއްޔެވެ؟
    ނަމާދަށް އަމުރުފުޅު ކުރެއްވި ނަބިއްޔާ އެވެ. ރޯދަހިފަން ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވީ ނަބިއްޔާ އެވެ. މުސްލިމް
    ވެރިންނަށް އަޑުއަހައި ކިޔަމަންގަތުމަށް އަމުރުފުޅު ކުރެއްވީވެސް ހަމަ އެނަބިއްޔާ އެވެ. ވެރިޔާއާ މެދު މުޢާމަލާތް ކުރަންޖެހޭގޮތް ބަޔާންވެގެންވާ ޙަދީޘްތައް މީހަކު ކިޔަންފެށުމުން، ބައެއް މީސްތަކުން ނަފްރަތުވެ ފުރަގަސްދެ އެވެ. އެޙަދީޘްތައް ކިޔަން ފެށުމުން ރުޅިއާދެ އެވެ. އެކަމަށް ނަފްރަތު ކުރެ އެވެ. އެ ހަދީޘްތައް އަޑުއަހަން އޭނާއަށް ކުޅަދާނަ އެއް ނުވެ އެވެ. ސަބަބަކީ އެބައިމީހުންގެ މައްޗަށް ހަވާނަފްސު ގަދަވެފައި ވުމެވެ. މުސްލިމް އަޅާއަށް އޮތީ މުސްލިމް ވެރިންގެމައްޗަށް އިންކާރު ކުރުމުގެ މައްޗަށް ވާރިދުވެގެންވާ ޙަދީޘްތައް ކިޔުމެވެ. އެއީ، ސުންނަތުގައި ވެރިންނާ މެދު މުޢާމަލާތް ކުރުމުގެ މައްޗަށް ވާރިދުވެގެންވާ ޙަދީޘްތައް ކިޔުމެވެ. ވަރަށްވެސް ފުރިހަމައަށް އެ ޙަދީޘްތައް ކިޔުމެވެ. އަދި މި ޙަދީޘްގެ މަތީގައި (ދަލީލު ކުރެވިގެންވާ ގޮތުގެ މަތީގައި) ޢަމަލުތައް ބެހެއްޓުމެވެ. ޢަމަލުތައް ސުންނަތުގެ މަތީގައި ބެހެއްޓުމެވެ. އޭނާގެ ހަވާނަފްސަށް ފެންނަ ގޮތުގައެއް ނޫނެވެ. އަމިއްލަ ނަފްސުގެ ބަހާއި ޢަމަލުތަކުގެ މައްޗަށް ސުންނަތް އިސްކޮށްފި ބާރުވެރި ކޮށްފި މީހާ، ޙިކްމަތްތެރި
    ބަސްތަކެއް ބުނެފި އެވެ.
    ފަހެ، އޭނާ

    1
    12
    • ލޮލް

      އެކަމަކު މިތާހުރި ވެރިޔާއަކީ ރައްޔިތުންގެ އަޑަށްވުރެ މޯދީގެ އަޑު އަހާހިތްވާ ވެރިއެއް. ދެނޯ؟! ރައްޔިތުން އޭނާގެ ހުރިހާ އަޑެއް އަހަންވެއްޖެއްޔާ ރައްޔިތުމީހާ މުރުތައްދު ވެދާނެއެއްނު.

      17
  5. Anonymous

    ނޫނޭ ހަމަ ވިދާޅުވި ގޮތަށް ،ނަމާއި އެއްގޮތަށް
    ޢަމަލުގިރިވެސް ނަމާއެއްގޮތް ޢަމަލު ހުރި ގޮލައެއް. މަކުނު ވިދުރިއެއް އެއިޑްސް ބައްޔެއް އެހެން ބައްޔެއް ކިޔާނެ ކަމެއްނެތް. ﷲ އަށް ބިރުވެތި ކަމެއްނެތް. ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. ހެޔޮވިސްނުން ދެއްވާށި އާމީން

    34
  6. މޯޑީންގާ

    މީ ދެން ކާކު މަހޭނެތިދާނެހެން ޔޯގާ މހޭ ބިރުދައްކާގެން ވަޒީފާގެ ދަހިވެތިކަމުގަ ދީންވިއްކާގެން އުޅޭ ދަމާކަނޑާ ގޮލަޔެއް ހެޔޮ ދުވަހަކު ތާއިދު ނުކުރިޔަސް ދިވެހިން މިހަރު ތިކަހަލަގެ ހައްގުބަސް ބުނަން ނުކެރޭ ވަޒީފަގެ ދަހިވެތިކަމުގަ ޖައްބާރު ސޭކުން މި މުސްލިމު މުޖްތަމުން މިހާރު ބަލައެއް ނުގަންނަނެ މޑޕ ލިވަތު ޕާޓީންވެސް ބޭނުންކުރަނީ ދީންވިއްކާ ގޮލަޔަކަަށް ވާތީ ތީ މުނަފިގު ޕާޓީ ގެ މިހެއް

    20
    2
  7. މީ މަ

    ކަލޭ ތީ ޔަހޫދީ ސޭކެއް ނަގުލާ ދަޅާ މަދީ…

    23
    3
    • Anonymous

      ޑރ. އިޔާޒް އާ ދިމާލަށް ބޭނުން އެއްޗެއްގޮވޭ ޝޭހަކަސް. އެކަމަކު ޕީޕީއެމަށް ތާޢިދުކުރާ ޝެއިޚުންނަށް ބަދުބަހެއް ބުނެފިނަމަ އެމީހަކު ދީނުން ބޭރުވީ. މީ ބުއްދި ހަމަޖެހޭ ބައެއްތަ؟

      3
      14
  8. ޙަސަން

    ޢިޔާޒް ކަލޭ ވެއްޖެއްނު ކަލޭގެ ތި ބަނޑަށް ކުރާ ޢިސްރާފް ސަދަގާތް ކުރަން

    23
    3
  9. ޢަޙްމަދު

    މުސްލިމުވެރިޔާ އަށް އަޑުހާ ކިޔަމަން ވުމުގެ ބާބުގައި މީސްތަކުންގެ މައްޗަށް ހަވާނަފްސު ގަދަވެގެންވާ މިންވަރު އެނގިގެންދަނީ، މުސްލިމުވެރިޔާ އަށް އަޑުހާ ކިޔަމަން ވުމުގެ ބާބުގެ ވާހަކަ ބަޔާންކުރެވޭ ހިދާބުންނެވެ.
    އެބައިމީހުނަށް ނަމާދާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ބަޔާންކޮށްދިނުމުން ހިތުން ޤަބޫލުކޮށް އަވަސްވެ ކުރިމަތިލަ އެވެ. އަދި ރޯދައާ ބެހޭގޮތުން ބަޔާންވެގެންވާ ޙަދީޘްތައް ހިތުން ޤަބޫލުކުރުމަށް އެމީހުން އަވަސްވެ ކުރިމަތިލަ އެވެ. ޢެހެނަސް މުސްލިމް ވެރިންނާ މެދުގައި މުޢާމަލާތް ކުރަންޖެހޭ ގޮތް ވާރިދު ވެގެންވާ ޞައްޙަ ޙަދީޘްތައް ބަޔާންކޮށްދެވުމުން އޭނާ ފުރަގަސްދީ ދެކޮޅުހަދަ އެވެ. މިކަމުގެ ސަބަބަކީ، އެބައިމީހުންގެ މައްޗަށް ހަވާނަފްސު ގަދަވެގެންވުމެވެ. ފަހެ، އެހެން ނޫނީ މުސްލިމަކަށް ރަސޫލާގެ ޙަދީޘްތައް ބަޔާންކޮށްދެވުމުން އޭނާ ދެކޮޅުހަދައި ފުރަގަސްދިނުން އެކަށީގެންވަނީ ކިހިނަކުން ތޯއެވެ؟
    ނަމާދަށް އަމުރުފުޅު ކުރެއްވި ނަބިއްޔާ އެވެ. ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވީ ނަބިއްޔާ އެވެ. މުސްލިމް ވެރިންނަށް އަޑުއަހައި ކިޔަމަންގަތުމަށް އަމުރުފުޅު ކުރެއްވީވެސް ހަމަ އެނަބިއްޔާ އެވެ. ވެރިޔާއާ މެދު މުޢާމަލާތް ކުރަންޖެހޭގޮތް ބަޔާންވެގެންވާ ޙަދީޘްތައް މީހަކު ކިޔަންފެށުމުން، ބައެއް މީސްތަކުން ނަފްރަތުވެ ފުރަގަސްދެ އެވެ. އެޙަދީޘްތައް ކިޔަން ފެށުމުން ރުޅިއާދެ އެވެ. އެކަމަށް ނަފްރަތު ކުރެ އެވެ. އެ ހަދީޘްތައް އަޑުއަހަން އޭނާއަށް ކުޅަދާނައެއް ނުވެއެވެ އެވެ. ސަބަބަކީ އެބައިމީހުންގެ މައްޗަށް ހަވާނަފްސު ގަދަވެފައި ވުމެވެ. މުސްލިމް އަޅާއަށް އޮތީ މުސްލިމް ވެރިންގެމައްޗަށް އިންކާރު ކުރުމުގެ މައްޗަށް ވާރިދުވެގެންވާ ޙަދީޘްތައް ކިޔުމެވެ. އެއީ، ސުންނަތުގައި ވެރިންނާ މެދު މުޢާމަލާތް ކުރުމުގެ މައްޗަށް ވާރިދުވެގެންވާ ޙަދީޘްތައް ކިޔުމެވެ. ވަރަށްވެސް ފުރިހަމައަށް އެ ޙަދީޘްތައް ކިޔުމެވެ. އަދި މި ޙަދީޘްގެ މަތީގައި (ދަލީލު ކުރެވިގެންވާ ގޮތުގެ މަތީގައި) ޢަމަލުތައް ބެހެއްޓުމެވެ. ޢަމަލުތައް ސުންނަތުގެ މަތީގައި ބެހެއްޓުމެވެ. އޭނާގެ ހަވާނަފްސު އެދޭ ގޮތަކަށް ނޫނެވެ

    3
    1
    • ޭަލަމްގިރި

      މޯދީގެރިއައް ތަބާވާ މުސްލިމުވެރިބއަކު ނުހުންނާނެ ެހެނީ މުސްލިމަކީ އަނެއްމުސްލިމާގެ އަޚެއް ގެެރިއައް އަަލުކަންކުރާ ބުއްޑާއިންނައް މުސްލިމުންތައް ދީ މަރާތަން ބަލަން ހުންނަ ވެރި އެއްނޫން

  10. ޚިޔާލު

    އިއްޒަތްތެރި ޝޭޚް ! މިފަދަ އެތައްކަމެއް މިގައުމުގައި ވަނީ ފެތުރިފަ. މިއަދު ދީނީކަންކަން ދަންނަ ބޭފުޅުން މިކަން ހުއްޓުވަން ނިކުންނަމަ. މިގައުމު ހަލާކުވެގެން ހިގާދާނެ. މިގައުމާ ހަވާލުވެގެން ތިބިމީހުން ކުރާކޮއްމެ ކަމަކަށް ބަސް ނުބުނެ ހައްޕުކިޔައިގެން ތިޔަބޭފުޅުންގެ އަގުވެސް ވެއްޓި ވެއްޔަ މޮޑެވިގެންދާނެއެވެ. ހުރިހާ ދީނީ ބޭފުޅުން ނިކުމެ މިކަންތައްތައް ހުއްޓުވަން މަސްކަތްކުރަންވާ ވަގުތު މިއޮތީޖެހިފަ. މީހަކު ގައިގަ ޖެހީމަ ދެންޖަހާބަލަށޭ ދެން ޖަހާފިޔާ ޖަހާނަމޭ ކިޔާއުސޫލް ދޫކޮއްލަވައި ތެދުވަން ވެއްޖެ.

    25
    1
  11. ސޯލޭ

    ނުނޭ ސޯލިހުއައް ދުވާދެއްވާފަ ތިޔަހުރީ ޗަކޮއެހުންނަގަ ސޯލިހުގެ ހަރުވާޅުގަ އެލިގެން ރިސްވަތުގެ ހަރާންފައިސާއިން ދިޔަބޮއެގެން

    25
  12. ޖާބެ

    ރިަލޯޑްކޮށްލަން ރެޑީވަނީދޯ؟

    21
  13. ޖާބެ

    ޢެމް.ޑީ.ޕީގެ ދީނިީގޮފީގެ ރައީސްކަމައް އިޔާޒު މިހާރު އޮތީ ނޮމިނޭޓްވެފަ ނާއިބުރައިސް ކަމައް ޒައިދު ހިންގާގޮމެޓީގެ ޗެއާމަންކަމައް އިމްރާން އިލްސާ ފަތުވާކޮމެޓީޔައް 2008 ގެ އެމް.ޑީ.ޕީގެ އެޖެންޑަ ހާސިލްކުރުމައް މަސައްކަތްކޮށްދެއްވިފަރާތތައް މިއީ

    21
  14. ސަރަނގު

    ނުކެރޭނެ ހަމަ ނުކެރޭނެ.........................ވަރަށް ސަަލާމް

    20
  15. އަހަންމަދު

    ޑރ މޑޕއަށް ވަންނަވާ! ޑރ އަށް މާކަމުދާ ޕާޓީއެއްނު!

    24
  16. Anonymous

    ފަހުލޫ ބުނަންތަ އޮސްޓުރޭލިޔާގަ ފިރިހެން ކުޅީގެ ދުވަސްވެސް ފާހަގަ ކުޜ ބަޔަކު ދުވަހެއް ފާހަގަ ކުރާތީ ތިމާ މިތާގަ އެދުވަސް ފާހަގަ ކުރަން ވީތޯ ؟

    22
  17. ނަންނަ

    މީ ވިސްނަން ވީ ވަގުތެއް ނޫން މީ އަމަލު ކުރަން ވީވަގުތު .
    އުސްތާޒު ތި ހުންނެވީ ކިހިނެއް ވެފަތޯ ؟

    27
    1
  18. މީނާ

    އިސްލާމް ދީނުގަ ޔޯގާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ ރައްޔިތުންނައް އޮޅުން ފިލުވަދީބަލަ ކިހިނެއްވެފަތަ ތިތިބީ؟ ތީޝޭޚުން ކަމައް ޝައްކު

    22
  19. ޝޮކްތެރަޕީ

    އަދާލަތު ޕާޓީ ހައްގުބަސް ބުނަމުން އައިބަޔަކު ކުއްލިޔަކަ ބޮޑުބަދެލެއް އައީ ސަބަބު ދިވެހި ރައްޔިތުންނަ އެގެން އެބަޖެހޭ. ރިސްވަތު ރައްޖެގަ އާމުވަނީ ދެރަ

    17
  20. ޖުލައި

    ކަލޭ ރަނގަޅުވާނީ މިސަރުކާރަށް ތާއީދުކުރުމުގަ ދެމިހުރިއްޔާ. ދެން އޯކޭ ޖާބިރު ގާތަށް ދިޔަސް

    14
  21. ހުސޭނުބޭ

    ސަރުކާރުވެރިން މޯކުޅި ކުޅޭއިރު އެއީ ކޮން ކުޅިއެއްތޯ ވިސްނަން ކަލޭ އޮވޭ

    13
  22. ޝާރިޢު

    ހެޔޮނުވާނެ ތިބޭފުޅާ ދެވަނަ ވިސްނެވުމަކައް ވަޑައިނުގންނަވާތި އޭރުންދެން ރަނގަޅައްތިބިމީހުންވެސް ހަލާކުވެދާނެ

    12
  23. ރަދީފްއޮފިޝިއަލް

    ސާބަހޭ ޑރ.ރައްޔަތުންގެ ފަޅިއަށް މަރުހަބާ.އަވަސްކުރޭ.

    7
    1
  24. ޙަަަހަ

    އޯ ތީ ވަރަށް ބުރަދަން ހުރިމީހެއް ، ކަލޭ ތާއިދު ނުކުރިއްކާ އެބަޔަކު ހަލާކުވާނެ ،

  25. އަބުދުﷲ

    އަގައިންނުބުނެ ހުރިއްުޔާ މާތާހިރުވާނެ.!!؟؟ ސަރުކާރުގެ ވަޒީފާއަކާނުލާ އަމިއްލަމަސައްކަތުން ދިރިއުޅޭކައް ނޭގޭނެ. އެހެންވީމަ ދެފުށައް ތިކެނޑެވެނީ.

  26. ކަޅޭ

    ލާރިކޮޅެއް ބޭނުންވީ… މަހޭ އެކަނިއެއްނޫން ރިޗާރޖުކުރަން ޖެހެނީ

  27. ސޮނިބެ

    ނާ ނާ ނަމަ ނަމަ ސަރުކާރު ދޫނުކުރާތި އޭރުން ވަޒީފާގައި ގެއްލޭނެ

  28. Anonymous

    ޖީބަށް ލުއިވެދާނެތީބާ މިވަރަކަށް މި ވިސްނަނީ.
    ޙައްޤުގޮތް އެނގޭއިރުވެސް ބާޠިލުގޮތުގައި ހިފާނީ މުނާފިޤުން

  29. Soliha

    ޢިޔާޒަކީ ލަދުހަޔާތު ގެ ކަންފުޅެއްވެސް ނެއް ނުލަފާ މަކަރުވެރި ޑޮލަރައް ފެންބޮވައިގެންފަ ވާ ދީން އޮޅުވާލާ މުނާފިގް އިލްމު ވެރިއެއް މި ނިލަފާ އިލްމު ވެރިޔާގެ ކިބައިން އަޅަމެންނާއި ދަރިން ސަލާމަތް ކިރައްވާދޭވެ އާމީން.

  30. އިޔާ

    "ސަރުކާރަށް ތާއިދުކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ: ޑރ. އިޔާޒް" ޢިލްމުވެރިއަކު މިހެން ބުނީމަ ވަރަށް ލަދުވެތި. މަށައް ވިސްނޭ ގޮތުގައި ހަމަ އިޔާޒުވެސް ދީނަށް ފުރައްސާރަ މިކުރީ. މަ ނަމަ މި ދަނޑިވަޅުގައި ބުނާނަން ސަރުކާރަށް ދެން ތާއީދެއް ނުކުރާނަމޭ. ސަރުކާރު އިސްތިއުފާ ދޭށޭ. މަޖިލީހުގެ ރައީސް އާއި މެމްބަރު އިސްތިއުފާ ދޭށޭ.