ޔޯގާ ކަންތަކުގައި ހެދުނު ގޯސްތައް ދިފާއު ކުރަން ނޫޅެ، ހައްގަށް ރުޖޫއުވާން އެދޭ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިގޮތަށް ވިދާޅުވީ، ޔޯގާ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުންނެވެ. އިޔާޒް އެ ޓްވީޓްގައި އިސްލާމިކް މިނިސްޓްރީ އާއި ޔޫތް މިނިސްްޓްރީގެ އިތުރުން ފުލުހުން ޓެގް ކުރައްވާފައި ވެއެވެ.

އިޔާޒް ވިދާޅުވީ، ޔޯގާ ކަންތަކުގައި ހެދުނު ގޯސްތައް ދިފާއު ކުރަން ނޫޅެ، ހައްގަށް ރުޖޫއުވާން އެދޭ ކަމަށެވެ.

"ކޮންމެ އާދަމުގެ ދަރިއަކީވެސް ކުށެއް ކުރެވިދާނެ މީހެއް. ނަމަވެސް ކުށް ކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހާއަކީ ތައުބާވާ މީހާ ކަމުގައި ކީރިތި ރަސޫލާ ބަޔާން ކުރައްވާ". އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވަނީ ތިމާގެ ކުށް ފޮރުވަން އެހެން މީހުން ގުރުބާންކޮށް އަނިޔާވެރި ފާފައިގެ މައްޗަށް ފާފަ ކުރަން ނުވިސްނަވަން އެދިވަޑައިގެންފައެވެ.

"ބާތިލް ދިފާއު ކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމެއްވެސް ވާނީ ބާތިލް". އިޔާޒް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވެއެވެ. އަދި ދަނޑަށް ވަދެގަތް މީހުން ވަނީ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެވެ.

ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    މުޅިދުނިޔޭގަ އިސްލާމްވިޔަސް އިސްލާމްނޫނަސް އެގައުމުގެ ރައްޔިތުންގެ ގޮތުގަ ހިންދޫްން ނޫޅޭ ގައުމެއް ވަރަށް މަދުވާނެ. ބައިނަލްއަގްވާމީ ޔޯގާ ދުވަސް އެގައުމުތަކުގަ ފާހަގަ ކުރި ކަމުގާ ވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ގޮތުގަ އެއްވެސް ހިންދިއަކު ނެތް. އަދި ދިވެހިގައުމުގެ ދީނަކީ އިސްލާމްދީން ފޮރުވިގަނެގެން ހުރި މަދު ކްރިސްޓިއަނަކުހުއްޓަސް ގައުމުގެރައްޔިތުންނަކީ 100 ޕަސެންޓް މުސްލިމުން ވީމާ ދިވެހިގައުމުގާ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަކޮށް ޔޯގާ ހަރަކާތް ހިންގަންޖެހޭ ތަނެއް އޮތްކަމަކަށް ނުދެކެން. މުސްލިމަކު އެހެންދީން ތަކުގެ އަޅުކަމުގަ ބައިވެރިވެއްޖެ ނަމަ އެކުރެވުނީ ސަރީކު . އެފަދަމިހާ އެހުރީ މުސްލިމަކަމުންބޭރުވެފަ. އެފަދަ މީހާގެ މައްޗަށް ސަރުއީ ހަމަތަކުގެ މަތީން ތައުބާލައިދީ އަލުން އިސްލާމްދީނަށް ވަނުމަށް ހުށަހެޅިދާނެ. އަލުން އިސްލާމްދީނަށް ވަނުމަށް އިންކާރު ކޮށްފިނަމަ މާތްﷲ ކަނޑައެޅުއްވި ހައްދު އެމީހެއްގެ މައްޗަށް ގާއިމްކުރެވިދާނެ،

    16
    1