ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ދަތުރު ކުރާ ފަރާތްތަކުން ދަތުރުތަކުގެ އަގުތައް ބޮޑު ކުރަން ހިފައިފިއެވެ.
މާލޭގައި ޓެކްސީ ދަތުރު ކުރާ ބައެއް ފަރާތްތަކުން އާންމުންނާއި ޑްރައިވަރުން ތިބޭ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތެލުގެ އަގު 2-3 ފަހަރު ބޮޑުވިނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޑްރައިވަރުންނާއި މެދު ވިސްނާފައި ނުވާ ކަމަށެވެ. އެހެން ކަމުން "ފިއުލް ސާޗާޖް" ގެ ނަމުގައި ކޮންމެ ދަތުރަތަކަށް އިތުރަށް ފައިސާ ނަގަން ޑްރައިވަރުން ވަނީ ނިންމާފައެވެ.
އެގޮތުން ބަދަލު ގެނެސްފައިވާ އަގުތަކަކީ:
- މާލޭގެ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާ
- ހުޅުމާލޭ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާ
- ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް 40 ރުފިޔާ
- މާލެއިން ހުޅުމާލެއަށް 85 ރުފިޔާ
- މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް 95 ރުފިޔާ
- މާލެއިން އެއާޕޯޓަށް 85 ރުފިޔާ
- ހުޅުމާލޭއިން އެއާޕޯޓަށް 85 ރުފިޔާ
- ހުޅުމާލޭ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 100 ރުފިޔާ
- މާލޭއިން ސީޕްލޭން ފަޅިއަށް 95 ރިފޔާ
- ހުޅުމާލޭއިން ސީޕްލޭން ފަޅިއަށް 95 ރުފިޔާ
- ދެވަނަ ފިޔަވަހިން ސީޕްލޭން ފަޅިއަށް 120 ރުފިޔާ
އެމެސެޖުގައި ބުނެފައިވަނީ ރޭގަނޑު 12 ގެ ފަހުން 6 ޖެހުމާއި ހަމައަށް ކުރާ ކޮންމެ ދަތުރަކަށް އިތުރަށް 5 ރުފިޔާ ނަގާނެ ކަމަށާއި ކުރިއަށް އޮތް 2 އަހަރަށް ތެލުގެ ލީޓަރަކަށް 20 ރުފިޔާ ބޮޑުވިއަސް މިގޮތަށް ދަތުރު ކުރެވޭނެ ކަމަށެވެ.
މިނިސްޓްރީން ޑްރައިވަރުންނަށް އެއްބާރުލުން ނުދޭނަމަ، ހުރިހާ ޑްރައިވަރުން ވެސް އެކައްޗެއް ކިޔައިގެން އެ އަގުތައް ނަގައިފިނަމަ "ދާނީ ކުރިއަށް" ކަމަށް ވެސް މެސެޖުގައި ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް އެދި ޑްރައިވަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ދަންނަވާފައެވެ. ނަމަވެސް މިނިސްޓްރީން އަގު ބަދަލުކޮށް ނުދިނުމުގެ ސަބަބުން ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ބޮޑު އަގުގައި ދަތުރުތައް ކޮށްފައެވެ. އަދި އޭރު މިނިސްޓްރީން ފިޔަވަޅެއް ވެސް އަޅާފައެއް ނުވެއެވެ. މިނިސްޓްރީން ބުނެފައިވަނީ އަގުބޮޑުކޮށް ކުރާނަމަ ޓެކްސީތަކުގެ ހުއްދަ ބާތިލު ކުރާނެ ކަމަށެވެ.
ޓެކްސީ ގަވައިދުގެ 20 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ޓެކްސީ ގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއްކުރާ ފަރާތްތަކާއި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ -/500 ރުފިޔާއިން ދެވަނަ ފަހަރުނަމަ -/1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެފަރާތެއްގެ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.
މީޓަރު ހަރުކުރާށޭ. އޭރުން ތިކަން ތި ނިމުނީ
މީޓަރަށް އެނގޭތަ ތެލަށް އަންނަ ބަދަލު
ތެޔޮ މީޓަރު
ތެޔޮ މީޓަރު ވެސް ހަރުކުރާނީ. ހަމަޔަޤީނުންވެސް 80% ބޮޑެއްނުވާނެތާ
ހަމަ މިހާ ފޯރީގަ ތޮޔޮ އަގުހެޔޮވުމުން ޓެކްސީ އަގު ތިރިވެސް ކުރާ ނަމަ ދޯ..
ސަރުކާރު ކުންފުނިތަކުން ދޭހިދުމަތް ތަކުގެ އަގުބޮޑުކުރަނީ ބޮޑެތިބިންތައް ހިލޭ ކުލިދައް ކަންނުޖެހޭ ނަމަވެސް އާއްމުރައްޔިތުމީހާ ބޮޑުކުލިދައްކާ ވިއްކާ އަގުގަ ވިއްކަނީ މާރަނގަޅުވާނެ ބޭރުބަޔަކައް ބިންތަކާ ފަޅުރައް ސުޓޯރޭޖްތައްދިނީމަ މާކުޑަ އަގުގަ ހިދުމަތްލިބޭނެ އިންޓަނެޓް ލިބުނުގޮތައް ރައްޔިތުންގެ ތެޔޮބޯޓް ކުންފުނި ރައްޔިތުމީ ހާދޮވެލަނީ ނާގާބިލް ވެރިންނައް ވޯޓްދިނީމަ ބޮޑުކުރަންބުނި ޖީބުތައް ދޮވެލަނީ
އެއްކަލަ ބަނޑަށްޖެހޭ ގްރޫޕް ހޭލީދޯ؟
ކާރައް އަޅަނީ ފެންތަ
ޢިއްޔެ ލޯންޗަކަށް ކުޑަކުޖަކުގެ ހެދުމެއް ކޮތަޅަކަށް ލާފަ ހަވާލު ކުރީމަ ވެސް ނެގި ނާލަށް 20ރުފިޔާ މިއަގުތައް ކޮންޓްރޯލް ކުރަނީ ކާކުބާ މި ލޯންޗްތައް މީ ކޮންތާކު ރަޖިސްޓްރީ ކޮށްފަ ހުންނަ އެއްޗެއްބާ
ޢިއްޔެ ލޯންޗަކަށް ކުޑަކުޖަކުގެ ހެދުމެއް ކޮތަޅަކަށް ލާފަ ހަވާލު ކުރީމަ ވެސް ނެގި ނާލަށް 20ރުފިޔާ މިއަގުތައް ކޮންޓްރޯލް ކުރަނީ ކާކުބާ މި ލޯންޗްތައް މީ ކޮންތާކު ރަޖިސްޓްރީ ކޮށްފަ ހުންނަ އެއްޗެއްބާ
ރަގަޅު، ހަމައެކަނި ފެރީ ދަތުރުކުރާ ލޯންޗުތަކަށް އެކަންޏެއް ނޫން ތެޔޮ ގަނެގެން ތެޔޮ އަޅަނީ، ޓެކްސީ ޑްރައިވަރުންނަށް ވެސް ދަތުރު އަގު ކަނޑައެޅެންޖެހޭ، ފެރީ ލޯންޗު ދަތުރުތަކުގެ އަގަށް ދުވާލަކު 1 ފަހަރު ގެންނަ ބަދަލުތަށް ބަލާ ފިޔަވަޅު އަޅާނެ އިދާރާއެއް ނެތީދޯ؟
ކީއްވެތަ އަޅެ އަގުބޮޑު ނުކުރާންވީ؟؟
ރާއްޖޭގަ އެހެން ހުރިހާކަމެއް އަގުބޮޑު ކުރާނެ ތެލުގެއަގު
ބޮޑުވީމަ..ހަމައެކަނި ޓެކްސީ އަގުބޮޑު ނުކުރެވޭނެ...
މިޖޯކެއްދޯ؟؟
ޓެކްސީ ދުއްވަނީ މޫދުން ލޮނުއަޅައިގެންތަ..ޓިކެޓާއެހެންވެސް ހުރިހާ ކަމެއްގެ އަގުބޮޑު ކުރޭ .
މާލަސްވެސްވެއްޖެ އަގުބޮޑު ކުރަން ..އެވެސް ބަޔަކު ކާންބޯން ކުރާ މަސައްކަތް ވިއްޔަ .
ނަހުލާ ބޭނުންވީމަ ފްލައިމީގެ ޓިކެޓުގެ އަގު ބޮޑުކުރަންވީ..ތެލުގެއަގު އުފުލޭ ކޮންމެފަހަރަކު....
ކާލޭމެން އަގު ބޮޑުކުރޭ! ދެންނުނަގާނަން ޓެކްސީއެއް… ބަހުގަ ޢުޅޭނީ!! 😡
ޓެކްސީ ޑުރައިވަރުންނަކީ އަސާސީ ހިދުމަތެއް ރައްޔިތުންނަށް ދެމުން އަންނަ ވަރައް ހިއްވަރުގަދަ ބައެއް. ތެލުގެ އަގަށް އަންނަ ބަދަލައް ދަތުރުކުރާ ކަންޑު އުޅަނދު ފަހަރުގެ ފީތައް އަންނަނީ އަތްނުފޯރާހާ ބޮޑުވަމުން މިކަމަށް މިނިސްޓަރީން އަޅާލާ ތަނެއް ނުފެނޭ އަދި ހިތުހުރިހާ އަގެއް ނެގުމުގެ ބާރު އެ އުޅަނދުތަކަށްއޮވޭ. ޓެކްސީ ހިދުމަތުގެ އަގު ތިޔަބުނާ ރޭޓު ރަނގަޅު.
ޓެކްސީ ޑްރައިވަރެއް ކައިރީ އަހާލަބަލަ ދުވާލަކު ކިތައްގަޑިއިރު ތިކަން ކުރެވޭތޯ. ޔަޤީން 3 ގަޑިއިރުވެސް ހަމަނުވާނެ. ދެން އުޅޭނީ ކޮފީގަ ނޫނީ ޕާކުކޮށްފަ އޭގެތެރޭގައި ނިދާފައޮންނާނީ.
ކަނޑުއުޅަނދޭ ބުނާއިރު އެއީ 24 ގަޑިއިރު ކުރެވޭ ކަމެއްނޫން.
ތިވަރު މާކުޑަ. އެތެރޭގެ ދަތުރުތަކަށް 500 ރުފިޔާ ހަދާލާ. ހުރިހާ ޑްރައިވަރުން ވެސް އެކައްޗެއް ކިޔައިގެން އެ އަގުތައް ނަގައިފިނަމަ "ދާނީ ކުރިއަށް"
ތިބުނާގޮތުންނަމަގާނޫނުއަސާސީގެ20ވަނަމާއްދާއާއިހިލާފައްމިހާރުވެސްއެޕްއަޅައގެންދުއްވާމީހުންއެދުއްވާނަގަނީމިނިސްޓްރީއަކުންގާނުއަކައްނުބަލާޓެކްސީހުއްދަހަދައިގެންދުއްވާމީހާހައްޔަރުކޮއްފާހުއްދައާނުލައިދުއްވާމީހާބުރަކަށީގައިމިނިސްޓްރީއިންފިރުމަނީމީތޯގާނޫނުއަސާސީތިބުނާ20ވަނަމާއްދާބުނާގޮތަކީއެޕްއަޅައިގެންކުރިއަސްއެޕްނާޅާކުރިއަސްޓެކްސީކުރާހިއްވަންޏާކުރަންވާނީއެންމެންވެސްއެކަމުގެތެރެއައްވަދެއެންމެކުޱަމިނުންޓެކްސީކުރާހުއްދަގަނޱުއޮވެގެން އެހެންނޫނީޓްކްސީގާނޫނުތޯލާފުޅިއަކައްލާފައިބުރިޖްމަތިންޓްރާންސްޕޯރޓްމިނިސްޓަރއަތުންގާދޫކޮލައްފައްތާލާ މީއެބްނާތާހިރުދިރިއުޅުން ދޫނިރާއްޖެ ލަލަލަލަލަލަލަލަލަލަ
ތެލުގެ އަގު ބޮޑު ކުރިއަސް އާދައިގެ ރައްޔިތު މީހާގެ މުސާރަ ނުވޭ ބޮޑެެއް. އަހަރެމެން އަގުހެޔޮ ބަހުގަ ދަތުރުކުރަން ތައްޔާރު، ޓެކްސީގަ ދަތުރު ނުކުރެވިގެނެއް ނޫޅެން. ޓެކްސީ ޑުރައިވަރުން ފުއްޕާނެ ކަމެއްނެތް. ގައުމީ ހިދުމަތެއް ކޮށްދޭ ނަމުގަ ރައްޔިތުން ފެލަން ކަރު ހިއްކާގަނެފަ ތިބޭ ބައެއް. މަގޭ ދަރިއެއް ނާރުވާނަން ބޮޑު އަގު ދީފަ ކުނި ޓެކްސީ އަކަށް. ސަލާމް
މާލެއިން ފޭސްޓޫ އައް 95 ރުފިޔާ ފޭސްޓޫއިން އެއާރޕޯޓައް 100 ރުފިޔާ އައިޑޯންޓް އަންޑަސްޓޭޑް ފޭސްޓޫއާ އެއާރޕޯޓާބާ ކައިރިވާނީ ނޫމި މާލެޔާބާ ކައިރިވާނީ ބޯހަލާކު
40ރ މާ އަގުބޮޑު // 30 ނޫނީ 35 ވިއްޔާ އޯކޭ
މިހާރުވެސް ޕިކަޕުތަކުން ނަގަނީ ކުރިޔަށްއޮތް 20 އަހަރަށް ތެލުގެ އަގު މައްޗަށް ދާނެވަރަށް ވިސްނާފަ އެހެން މިބުނީ ބޮޑުޕިކަޕެއްގަ އަހަރެން މިދާކަށް ދުވަހު ކުއްޔަށްގެނައި 20ފޫޓުގެ 03 ހޮޅި ގެންދަން 250 ރުފިޔާ އެއީ 02 ބްލޮކް ދޫކޮށް 03 ވަނަ ބްލޮކަށް އެކަމަކު ހަމަ މިސައިޒްގެ އެހެން ޕިކަޕެއްގަ 18ގަނޑު ފޮށި ހިފައިގެން މައްޗަންގޮޅިން ހެންވޭރަށް 70 ރުފިޔާ ތެޔޮ ޚަރަދަށް ބަލައިގެން ދަތުރުކުރާ ބައެއް ނޫން
ނޯ ވޮރީޒް އެމް ޓީ ސީ ސީ ބަސް ޚިދުމަތް ފުދޭ ތިބޭ އަގުބޮޑުކޮށްގެން
ބޮޑު ނުކުރަން ވީ އެއްވެސް ސަބަބެއް ނެއް. ޢެކަމު ދެފަރާތައް ވެސް ބަލަން ވާނެ. އަގައް އެކަށޭނަ ބަދަލެއް ގެނެސްދޭން އެބަ ޖެހޭ.
މީގެ ދެމަސް ކުރިން ކުރި ލޯންޗް ދަތުރުގެ އަގަކީ =/700 ރުފިޔާ މީގެ އެއް ހަފްތާ ކުރިން ހަމަ އެ ލޯންޗް ހަމަ އެ މަންޒިލައް ކުރި ދަތުރު =/1100 ރުފިޔާ ލޯންޗް އޮންނަނީ ޓްރާންސް ޕޯރޓްގަ ރަޖިސްޓްރީ ކޮށްފަ އަދި ކުރިން =/650 ރުފިޔާ އަށް ކުރި ފްލައިޓް ދަތުރު މިހާރު =/750 އަށް ކުރަންވެސް އޯކޭތޯ.. ޓްކްސީ ޑްރައިވަރުން އެކާރުތައް ދުއްވަނީ ކުޑަކަމުދާ އެއްޗެހި އަޅާގެން ނޫން ބޮޑު އަގުގަ ޕެޓްރޯލް ގަނެގެން ކީއްވެ އަގު ބޮޑު ނުކުރަންވީ...
ކޮންމެ ޗުއްޓީ އަކައް މި މަންޖެގެ ފިތުނައިގަ ރައްޔިތުން އެބަޖެހޭ. ނަހުލާ އައުޓް
ތި އިރުން ދެން ވާނިގޮތަކީ %20 މީހުން ޓެކްސީ ބޭނުން ކުރޫން ހުއްޓާލާނީ....
އެހެން މީހުން ކުރިއްޔޭ ކިޔާފަ ކުރަންޔާ ކަލޭމެން ބުނާނެ ސިޔާސީ މީހުން ބާއްވާ ކަހަލަ ބިޒްނަސް މީޱިން އާލަމްގިރި އާއެއްކޮއް ބޭނުމޭ …. އެމީހުން ވެސް ބާއްވަނީއޭ….
އަޅުގަނޑަކީ ޕާރޓް ޓައިމްކޮށް ޑިއުޓީ ނިންމާލުމަށްފަހު ޓެކްސީއަށް އެރި މީހެއް. ޑަތުރަކުން ނަގަނީ 25 ރުފިޔާ 5 ގަޑިއިރު ހަމަ ނުވަނީސް މާލެ ތެރޭގެ 20 އަށް ވުރެ ގިނަ ދަތުރު ކޮށްލެވޭ . އެލިބުނީ 500 ރުފިޔާ ދުވަަލަކު. ފުރަތަމަ މަހު ލިބުނު 19000 ރުފިޔާ. ދެން ވިސްނާލަބަލަ ދުވާލު އަބަދު އާމްދަނީ ހޯދަން މިކަން ކުރާ މީހުންނަށް ހާދަ ބައިވަރު ލިބޭނެ އޭ .
ޓެކްސީ ޑްރައިވަރުން މީދެން މާ މަތީ ބައެއް. މަގޭ ރައްޓެއްސަކީ އެއާޕޯޓުގަ އުޅޭ ޑިއުޓީ ނިންމާފަ ލިބޭ ހުސް ވަގުތު ކޮޅުގަ ޓެކްސީ ކުރާ މީހެއް. އޭނާ ބުނީ ހަފްތާ އަކަށް 20،000 ލިބޭ ކަމައް ޓެކްސީ ކޮއްގެން. އެހެންވީމާ އެއީ މަހަކައް 80000 ރުފިޔާ. ދެން މިމީހުން މާ ލިބޭ ލާރިމަދޭ ކިޔާފަ އެއްޗެކޭ ކިޔާފަ ގިނަލާރި ހޯދަން. ކެރެންޔާ ބުނެބަ މަހަކައް ލިބޭ ވަރު. ނުކެރޭނެ ބުނާކަައް މަ ހުވާ ޔަގީން 50000 މަދުވެގެން ލިބޭ އެކަކުވެސް ނުހުންނާނެ.ކެރެންޔާ މިޔަައް ދޮގުކޮއްބަ.!!!
ހުރިހާ ޑުރައިވަރުން ދެއްވާ ޙިދުމަތަށް ވ.ބޮޑަށްޝުކުރިއްޔާ. ހ.މ.ދެވަނަފިޔަވަހި، ހުޅުމާލެ އަދި މާލޭގެ އެތެރެ ދަތުރުތަކަށް 30ރ ރަނގަޅުވާނެ.
ވ.ރަނގަޅުވާހަކައެތް މިނިސްޓްރީއަކުން ނޫން ޓެކްސީ ކުރާ ވެހިކަލްދެނީ މިނިސްޓްރީއަކުން ނޫން ވެހިކަލް މަރާމާތުކޮށްދެނީ މިނިސްޓްރީއަކުން ނޫން ޑުރައިވރުންގެ މުސާރަދެނީ މިނިސްޓްރީއަކުން ނޫން ތެޔޮއަޅާދެނީ އަދި މިނިސްޓްރީއަކުން ނޫން ދަތުރު ހޯދަދެނީ ދެން މިނިސްޓްރީއަކުން ނޫން އަގު ކަނޑައަޅާނީކީ! ކަސްޓަމަރުންވެސް ދެނެލައްވާ ތިބޭފުޅުންގެ އަމިއްލަ ކާރު ކޮޅަކު ނޫން ދަތުރު ކުރެވެނީ އެއީ ހަމަ އަމިއްލަފރުދުންގެ ޓެކްސީ.
މިނީބަސްތަކައް ޑުރައިވަރުން ހޯދާ ނިމިއްޖެ ކަލޭމެންގެ ނުބައިކަން މައިތިރި ވާނެހެން ހީވަނީ.
ކުރީފަހަރު ބޮޑުވި އަގު ކީއްވެތޯ ތިރިނުވީ ތެލުގެ އަގު ތިރިވި އިރު. އަނެއްކާ ތިކިޔަނީ ބޮޑުވާއިރަށް ބޮޑުކުރަންވީއޭ. މިބައިމީހުން ނޫނިއްޔާ ނެތީތަ ކާންބޯން މަސައްކަތް ކުރާ ބައެއް. ސަރުކާރަށް މިކަމެއް ހައްލެއް ނުކުރެވުނެއްނު. ކޮބާ މީޓަރ އަޅުވަން ކީ، ނަހުލާ ވަނި ބޮޑުތަނުން ފެއިލްވެފަ
ޥަރަށް ރަގަޅު ނިންމުމެއް! ދަތުރުފެށޭހިސާބުން މީޓަރ ޖައްސާ މީޓަރުން ދައްކާ މިންވަރަކަށް ޗާރޖް ކުރަންވީ. ޓެކްސީތަކުން އަގުނަގަމުންދަނީ އަޖައިބުވާފަދަ ގޮތަކަށް! ފުރަން ފެރީޓަރމިނަލްއަށް ދާން މައްޗަންގޯޅިން އަރާމީހަކު ގޮވައިގެން ދަމުން އަދި އެހެންމީހަކު އަތްނެގީމާ މަޑުކޮށްފަ އެމީހަކުވެސް ނަގައިގެން މިހެންގޮސް ތިންމީހުން އަތުން ވަކިން ފައިސާނެގުން ޢާއްމުކަމެއް. އެއްދަތުރުން ތިން ޕެސިންގަރުންއަތުބް 90 ވަރަކަށް ރުފިޔާނެގުން ފަދަ ކަންތަކަށްވެސް ބަދަލެއް ގެންނަންވާނެ.