އދ. ފެންފުށީގައި ތުނޑި ސަރަހައްދުގައި އުޅެނިކޮށް އެރި ރާޅާއެކު ގެއްލުނު ޒުވާނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހަތަރު މީހުންނާއެކު އެރަށު ތުނޑީ ސަރަހައްދަށް ފޮޓޯ ނަގަން ގޮސް އުޅުމުގެ ތެރޭގައި ދެ ޒުވާނަކު ގެއްލުނީ އެރި ރާޅާއި އެކުގައެވެ.

އެރަށު ތުނޑި ސަރަހައްދަކީ އޮއި ބާރު ސަރަހައްދެކެވެ.

ފެންފުށީ ކައުންސިލް ނައިބް ރައީސް ޝީޒާ ވަހީދު "ވަގުތު"އަށް ވިދާޅުވީ، އެރަށު ތުނޑި ސަރަހައްދުގައި ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެއް ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ އެރަށް ކައިރި ރިސޯޓަކުން އެރަށަށް ދިޔަ ޒުވާނެކެވެ.

"ދެ ކުދިންވެސް ފެނިއްޖެ، އެއް ކުއްޖެއްގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެނީ. ދެން ބީރައްޓެހި ކުއްޖާ ނެގިއިރުވެސް ވަނީ ނިޔާވެފައި ކަމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް" ޝީޒާ ވިދާޅުވިއެވެ.

ނިޔާވި ޒުވާނާ އާއި އެރަށު ޒުވާނާވެސް މިހާރު ވަނީ މަހިބަދޫއަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ 23 އަހަރުގެ ޒުވާނާ ނިޔާވެފައި ވަނީ މަހިބަދުއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މިހާދިސާގައި ހާލު ދެރަވެގެން ދެން ފަރުވާ ދެމުން ގެންދަނީ 19 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.

ޝީޒާ ވިދާޅުވީ، ނިޔާވި އެ ޒުވާނާ އެރަށަށް އައިސްފައި ވަނީ އިތުރު ރަހުމަތްތެރިއަކާއި އެކުގައި ކަމަށެވެ.

"އައިސް ތުނޑިއަށް ފޮޓޯ ނަގާލަން ގޮސްފައި، މޫދަށް އެރިލައިގެން ހުއްޓާއޯ އެކަމެއް ދިމާވީ، އެއްބައި އެރިގެންނޯ ތިބީ، އެއީ އާދަޔާ ހިލާފު އޮއި ވަރެއް އޮންނަ ދިމާލެއް" ޝީޒާ ފާހަގަަކުރެއްވިއެވެ.

އެ ތުނޑި ސަރަހައްދަކީ އެރަށު ރައްޔިތުން އާއްމުކޮށް މޫދަށް އެރެން ދާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަވާ

    މަރުވީ އަންހެނެއްތޯ ފިރިހެނެއްތޯވެސް ޚަބަރުގެނެސްދޭ މީހުންނަކަށް ނޭނގުނު.

    2
    3
  2. އެމް ޱީ އަލަމްގިރި

    ކޮބާ މާމިގިލީ ހޮސްޕިޓަލް ގައިމް ގާނޫނުގަ ބަޔާން ކޮށްފަ އޮވޭ އެއާޕޯރޓް އޮންނަންޔާ ހޮސްޕިޓަލް އޮންނަން ޖެހޭ ކަމަށް ސަރުކާރަށް ވަރިހަމަ ބަހައިގެން ދެބައި ހަމަވަނިކޮށް