މާލެ އިން އުމުރުން ދުވަސްވީ ފިރިހެނަކު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެލިގެން ހޯދަމުންދަނީ ގަލޮޅު ސަފޫރާ މަންޒިން، އަހުމަދު އިބްރާހިމް (80އ) އެވެ.

އަހުމަދު އިބްރާހިމްގެ ދަރިފުޅު ސޮފޫރާ އަހުމަދު "ވަގުތަށް" ބުނީ ބައްޕަ ގެއްލުނީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ހެނދުނު ހޭލާފައި ބައްޕައަށް ސައިދިނުމަށް ބެލިއިރުގައި ގޭގައި ނެތް ކަމަށެވެ.

ބައްޕައަކީ ވަރަށް ބަލި މީހެއް ކަމަށާއި އެއްވެސް އެއްޗެއް ހަނދާން ނުހުންނަ ކަމަށް ވެސް ސޮފޫރާ ކިޔާދިނެވެ.

" ބައްޕަ ހުރެދާނެ ތަނަކު އިށިންދެގެންވެސް. މީހަކު އެއްޗެއް އެހިޔަސް އަމިއްލަ މައުލޫމާތު ކިޔާދޭކަށް ނޭންގޭނެ. ޝޯޓްޓާމް މެމޮރީ ލޮސް ހުންނާނެ ބައްޕަގެ." ސޮފޫރާ ބުންޏެވެ.

އަހުމަދު ހޯދުމުގެ މަސައްކަތް ފުލުހުންގެ ވެސް ދަނީ ކުރަމުންނެވެ.

މަގުމަތިން އަހުމަދު ފެނިއްޖެނަމަ އެކަން ފުލުހަށް ނުވަތަ 9939003، 7737089، 7871417 އަށް ގުޅައި އެންގުމަށް ސޮފޫރާ އެދެއެވެ.