އާއިލާއަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަ 53 އަހަރުގެ އަންހެނެއް ކަމަށްވާ އާތިފާ އަބްދުﷲ ފެނިއްޖެއެވެ. ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އާތިފާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށެވެ.

އާތިފާ ގެއަށް އައިއިރު އޭނާގެ ހާލު ރަނގަޅުކަން ކަށަވަރު ކޮށްދިނުން ފިޔަވައި ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އާތިފާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައި ވަނީ ރޭ 10:25 ހާއިރު އޭނާ އުޅެމުން އަންނަ ގެއިންނެވެ. އޭނާ ގެއިން ނިކުމެގެން ދިޔައީ ކީއްވެ ކަމެއް އަދި މިއަދު އޭނާ އުޅުނީ ކޮންތަނެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަދު ހަވީރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އާއިލާ މީހަކަށް ވިލިމާލޭ ފިހާރައެއްގެ ނަމްބަރަކުން އާތިފާ ގުޅިކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ފޯނު ކުރީ އާތިފާކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިއަދު ހަވީރު ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް މީހުން ގެއްލިގެން ރިޕޯޓް ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ. ނަމަވެސް ގެއްލިގެން ރިޕޯޓް ކުރާ ގިނަ މީހުން، ހޯދަން ފުލުހުން އިއުލާން ކުރުމުން އަމިއްލައަށް އާއިލާއަށް ޚަބަރު ވެއެވެ. ނުވަތަ ދިރިއުޅޭ ގެއަށް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖުލައި

    އަމިއްލަޔަށް ގެއްލޭ މީހުން ޖޫރިމަނާ ކުރަން ނުޖެހޭވަރެއް ނޫން

    48
    1
    • ….

      ތީ ގައުމުގެ އަމަން އޮތް މިނަވަރު…އެއީކީ އެއްވެސް ހާލަތެއްގައި ގެއްލުނު މީހާގެ މައްސަލައެއް ނޫން…އަދި ރިޕޯޓްކުރި މީހާގެ މައްސަލަ އެއްވެސް ނޫން…އެއީ މީސްތަކުންގެ ހިތްތަކުގައި އެ ބިރުވެރިކަން އުފެއްދި މީހުންގެ މައްސަލަ…ބިރުވެރިކަން އުފައްދާ މީހުންނަށް ހިމާޔަތްދޭ މީހުންގެ މައްސަލަ…ގައުމުގެ މުޖުތަމައު އާއި މެދު ރައްޔިތުގެ އިތުބާރެއް ނެތް…މިއީ އަދި ފެށުން…ނިމުން ފެންނަ އިރު ގޭގަ ތިއްބާ އައިސް ގެންދާއިރުވެސް ކުރެވޭނެ ކަމެއް ނޯންނާނެ…އެހާ ހިސާބުން ފުރާނައަކަށް ފުރާނަ ގުރުބާންކޮށް ކޮންމެހެޔޮކަމަށް ނިކުމެ މަގުތަކަށް ލޭ އޮހޮރުވާނެ…މިހެންވެ ކުރިންބުނި ހެޔޮބަސްތައް ބުނި މީހުން ބުނީ…އެކަމަކު ދިވެހިންގެ ގިނަ މީހުން އެއާމެދު ވިސްނާލުމެއް ނެތި ގާތުން ބެލީ…ހިތާމައިގެ ކޮޅެއްވެސް ނެތް…

      5
      3
  2. ޖެރާޑް

    އަމިއްލައަށް ގެއްލޭމީހުންގެ ފައިގައި ޓެގް އަޅުވަންވީ..

    10
  3. ނުސްރާ

    މިއީ ކުރިން ފިލްމު ކުޅުނު މީހެއްތަ. ވަރަށް ވައްތަރު

  4. ހެ

    މީ ކިހާ ދެރަކަމެއް ،ކަމެއް ދިމާވާއިރަށް ނަފްސަށް ގެންލުންދީ ވީ ނުވީ އެއް ނެއިގޭ ގޮތަށްފިލާ އެހެން މީހުން ހާސްކޮށްލުމުގެ ބޭނުމަކީ ކޮބާ

  5. ބަކޫ

    އެއީ ގެއްލުމެއްނޫން އަމިއްލަޔަށް ފިލީ މިހާރަކަށްއައިސް ވަރަށްއާއްމުކަމަކަށްވެއްޖެ މިކަންތަށް ރައްޔިތުންތިބެނީ ބިރުވެރިކަމެއްގައި މިކަހަލުގެ ހަބަރު އރުއިރުކޮޅާ އަޑުއިވޭތީ، ގެއްލޭ މީހާއެނބުރި އަމިއްލަޔަށް ގެޔަށް އައްނައިރވެސް ޔަގީނެއްނުވޭ އާއްމުންނަކަށް އަސްލުގައިވެސް އޭނަ ގެއްލުނީތޯ ނޫނީ ބަޔަކު އޭނަހައްޔަރުކޮއްގެންގެންގުޅުނީތޯ، ތިބަޔަކު އަމިއްލަޔަށް ގެއްލިގެން މީހުން ހިތުތެރޭ ބިރުވެރިކަން އުފައްދާނަމަަ އެބަޖެހޭ ހަގީގަތުގައިވެސް އެމީހުންނާއިދޭތެރޭ ކޮންމެވެސް ފިޔަވަޅެއްއަޅަން އެބުނާހެން ފައިގަ ޓެގް އަޅުވަން ނޫނީ ޖޫރިމަނާއެއްނަމަވެސް ކޮއްލަން '' ނޫނީ އެމީހުން ނަކީ މަގުއޮޅިގެން ދާނެނުދާނެތަނެއް ނޭގޭވަރުބައެނަމަ އަސްލުވެސް ޓްރެކު ކުރެވޭގޮތަށް ޓްރެކިން ޑިވައިސްއެއް އަޅުވާފައި ބެހެއްޓުން މުހިއްމު ކަމަށް ފެނޭ އަޅުގަނޑަށް ކުޑަކުޑަ ހަރަދެއް ދިޔަކަމުގައިވިޔަސް...!

  6. ބުރުމާ

    ގެއްލޭ މިހާ ފެނުމުން މައްސަލަ ނިމިގެން ނުވާނެ'''
    ގެއްލޭން މެދުވެރިވި ސަބަބު ފުލުހުން ހޯދަން ވާނެ،،،،
    އަދި އެމައުލޫމާތު ރައްކާކުރެވެން ވާނެ...