ހުޅުމާލެ ދެވަނަ ފިޔަވަހިން 12 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އައިޝާ ބިން މަހްމޫދު ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

އެ ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އައިޝާ ހޯދަން ފެށީ އިއްޔެ އިރުއޮއްސި 6 ޖަހާކަށް ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ނުކުމެގެން ބޭރަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެންނެވެ.

އައިޝާ ހޯދަން އާއިލާއިން ކުރި މަސައްކަތުން އައިޝާ ނުފެނުމުން ރޭ ދަންވަރު 12 ޖަހާކަށް ހާއިރު އެ މައްސަލަ ވަނީ ފުލުހަށް ރިޕޯޓުކޮށްފަ އެވެ.

ފުލުހުން ވެސް ވަނީ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިކަން ކަށަވަރު ކޮށްދީފައެވެ. ފުލުހުން ވިދާޅުވީ ކުއްޖަކު ގެއްލިގެން ކުރި ރިޕޯޓާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ގެއްލިގެން ރިޕޯޓް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިކިލީކްސް

    ކުދިންތައް ތަރުބިއްޔަތު ކުރުމުގައި މުޅި ގައުމު އިހުމާލުވެއްޖެ. ކައިވެނިން ބޭރުން (ބިޓުން ނެގުން) ދެޖިންސުގެ ކުދިން ވާހަކަ ދެއްކުމަކީ ހުޅަނގުން ތައާރަފްކުރި ކަމެއް. ދިވެހިންނަށް މިއަދު ކަމުދަނީ ހުޅަނގުގެ އުސޫލު. ކޮންމެ ގެއެއްގެ ސިޓިންގރޫމްގައި އައުރަ ނިވާނުވާ ފާހިޝް އަމަލުތައް ދައްކާ ސްކުރީންތައް ނުވަތަ ޓީވީތައް ވަނީ ތައާރަފްކޮށްފަ. ކޮންމެ ކުއްޖެއްގެ އަތުގަ ސުމާޓްފޯނެއް. ދީނާ ދުރުކޮށް އަޅުކަންމަތިން ހަނދާންނެތޭ ކަހަލަ އެކިއެކި އެޕްތައް އަޅާފަ

    22
    1
  2. ހިކި ކިރު

    ކީކޭ ދެން ބުނާނީ! ޤައުމެއްވާ ނެތް. ބަންގްލަދޭސް މީހުން މި ޤައުމުގާ އޮބިނޯވޭ. އިންޑިއާ ސިފައިން މި ޤައުމުގައި ތިބުމަށްވުރެ މިވެރިންގެ ނުރައްކާ މި ޤައުމަށް މާބޮޑު. މިއޮތީ ވާނެ ހަތަރެއްޗެއްވެ ނިމިފާ. ދެންތިބޭ ހުރިހާ ވެރިން އަތްޖަހަން.

    13
    2
  3. Anonymous

    ކުދިންނަށް ގެއިން ނުކުމެގެން ދާން ކެރޭނީ ގޭތެރެއިން އިތުބާރު ކުރެވޭ ނުވަތަ އޭނާގެ ބަސް ގަބޫލު ކުރާ މީހަކު ނެތްކަން ކުއްޖާއަށް އިހްސާސް ވާތީ.. ތިވަރުގެ ކުއްޖަކު ރޭގަނޑު އަމިއްލަ އާއިލާ އާއި ދުރަށް ދާންދާނީ ވަރަށް އަސަރު ކުރީމައި..

    18