މިއަދު ރާއްޖޭގެ ރަށްރަށަށް އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، ގދ މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސް ޞާލިޙް ވަނީ، ގދ މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ހާލަތު އޮޅުންފިލުއްވާފައި ކަމަށެވެ.

މަޑަވެލީގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކައިގައި އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް ޞާލިޙް އާއި ވަނީ ހިއްސާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މަޑެވެލީ %98 ގެއަށް ލޮނުވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހުމޫދު

    ކީރިތި ރަސޫލާއަށް ފުރައްސާރަކުރިކަން މި ރައީސަށް އެގުނީ ތިންދުވަސް ފާއިތުވީފަހުން ނަމަވެސް މަޑަވެއްޔަށް އުދައެރިކަން ވަގުތުން އެގިއްޖެ! އަޅެ މީނާއަކީ ދޮހެދުމުގައި ހައްދެއްވެސް އޮތް މީހެއް ނޫންބާ! ފަޅާއަރުވާލީމައި ފިޔަވަޅު އަޅަންވީ ޚަބަރުގެނެސްދިން ނޫހައްދޯ! އަޅެ ކިހާ ދެރެކަމެއްދޯ! މީނައަށް ތެދާދޮގުހަދާނެ ގޮތްވެސް ނޭގޭ! މިފަދަ މީހަކު ގައުހިންގާނީ ކިހިނެއްބާ! ރައްޔިތުންނޭވޭ ޅައެތި ނާޅާ!

    2
    1
    • ޢަހުމަދުވަގާރު

      ޕޫޕީ ހިޔާލެއް ދޯ.މުޅިން ކަމާ ނުގުޅެ ބޭކާރު ވާހަކަ އެއް