ސްޓެލްކޯއިން ހުޅުމާލޭގައި އަޅަން އިއުލާނުކުރި ފްލެޓްތަކުގެ ތެރެއިން ބޮޑު ބައެއް ހާއްސަކުރަނީ ވިލިމާލެ ރަށްޔިތުންނަށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.

ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިމާލޭގައި ސްޓެލްކޯއިން އަޅަން ނިންމާފައިވަނީ 500 ހައުސިން ޔުނިޓް ކަމަށެވެ. އެ ހައުސުން ޔުނިޓް ޔުނިޓްތަކަކީ ވިލިމާލެ ރަށްޔިތުންނަށް ބޮޑުބައެއް ހާއްސަކޮށްފައިވާ ފްލެޓްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓް ހިންގުމަށް ސްޓެލްކޯ އާއި އެކު އެއްބަސް ވުމެއްގައި ސޮއި ކުރުމުގެ މަރުހަލާގައި އޮތް ކަމަށާއި އެ މަޝްރޫއު އަކީ މާލޭ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓެއް ކަމަށް ވެސް ނުހަލާ ވިދާޅުވި އެވެ.

"މި މަޝްރޫއިން ވިލިމާލެ ބޯހިޔާވެހި ކަމުގެ ދަތިކަމަށް ހައްލު ލިބިގެން ދާނެ." ނަހުލާ ވިދާޅުވި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ރޭ ސްޓެލްކޯގެ ޑިރެކްޓަރު ބޯޑުގެ މެންބަރުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މުވައްޒަފުނަށް އިތުރު ބޯހިޔާވެހިކަމުގެ މަޝްރޫއެއް ފަށަން އެ ކުންފުނިން މަސައްކަތް ކުރަނުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ އާ ހައުސިން މަޝްރޫއަށް އެ ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފްލެޓްތައް އިމާރާތް ކުރާނީ ވިލިމާލޭގައި ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން މާލެ އާއި ވިލިމާލެ ގުޅައިލުމަށް އަޅާ ބްރިޖާ އެެކު ދަތުރުފަތުރުކުރުމަށް މާބޮޑު ހުރަސްތަކެއް ނޯންނާނެ. ވިލިމާލެއަކީ ދިރިއުޅުމަށް ހިތްގައިމު މާހައުލެއް." ޝަރީފް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ވެސް ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް 15 ބުރީގެ ދެ ޓަވަރު އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުހާ

    ކީއްވެތޯ ރިސޯޓް މުއްޒަފުންގެ ޢާއިލާއަށް ފުލެޓް ނާޅަނީ ކޮބާ ސޯލިހު ކޮބާ ޓުއަރިޒަންމިނިޓްރީ

  2. ފަހަރި

    ނަހުލާ ސަރީފު އާ ހިތްޕުޅާ ހަމަކުރެއްވީތޯ ވަރި ކައިވެނީގެ ރާއްޖޭގެ ރިކޯޑެއް ދޮއްތޯ ސާބަސް

    2
    1
  3. Anonymous

    ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓް މިހާރުވެސް އެތައްގުނައެއްގެ ބޮޑުކޮށް ފައިދާ ސްޓެލްކޯއަަށް ލިބޭއިރު އަނެއްކާ ރިއަލް ސްޓޭޓް ވިޔަފާރިއަށްވަނުމަކީ ކަރަންޓްގެ އަގު ބޮޑުކޮށް އެވިޔަފާރި ހިންގަން ބޭނުންވާ ފައިސާ ރައްޔިތުންގެ އަތުން ހޯދާނެ.
    ކުންފުނި އުފެއްދި މަޤްޞަދުން ބޭރުން ކަންކަން ކުރުމުގެ ފުރުޞަތު ފަހިކުރުމަކީ ކޮރްޕްޝަނަށް މަގުފަހިވާކަމެއް.
    ކަރަންޓަކި އަސާސީ ޚިދްމަތެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތެއްކަމަށްވާއިރު 400 ނުވަތަ 500 މިލިއަން ރުފިޔާގެ ސާފު ފައިދާ ނެގުމަކީ އަސާސީ ޚިދްމަތަކަށްވުރެ ވިޔަފާރިއެއްކަމަށް ޤަބޫލުކުރެވެނީ.