އައްޑޫ ސިޓީ ހިތަދޫ ފަޅުތެރެއިން ފެނުނު ސީލްއަށް ގޯނާ ނުކުރުމަށާއި އެސޮރު ހިފުމަށް މަސައްކަތް ނުކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ، ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަން އުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ފާހަގަކުރަމެވެ." އީޕީއޭ އިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ނުފެންނަ ބައެއް ދިރުންތައް ރާއްޖެއިން ފެނިފައިވެއެވެ. އޭގެ ތެރޭގައި ކިނބުލާއި، ފްލެމިންގޯ ދޫނި އަދި އެހެނިހެން ކަނޑުގެ ބައެއް ދިރުންތަކާއި، ދޫނި ސޫފާސޫފި ހިމެނެއެވެ.

ސީލް ފެނިފައިވަނީ ހިތަދޫ ލިންކް ރޯޑާއި ދިމާލުން ހަދާފައި އޮންނަ ކަނބިހާ ބީޗް ސަރަހައްދު މޫދުންނެވެ. އެސީލްގެ ދިގު މިނުގައި ގާތްގަނޑަކަށް 3 ފޫޓު ހުންނާނެ ކަމަށް މަންޒަރު ދުތް މީހަކު ވަނީ ބުނެފައެވެ.

އެސަރަހައްދުން ސީލެއް ފެނުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ސިފައިންގެ އިތުރުން ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.

ހިތަދޫ ފަޅު ތެރެއިން އިއްޔެ ސީލެއް ފެނިފައިވާއިރު، މީގެ ކުރިން 2006 ވަނަ އަހަރު ވެސް އައްޑޫން ވަނީ ސީލެއް ފެނިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލޯބިވާ ވަޠަން

    ސީލް ގެންދޭ މާލެ އަށް.

    8
    3
  2. ކަނޑުކޮސް

    ތިޔާ ސީލު ގެންދަންވީއެއްނު މިނިސްޓްރީގަ ބާއްވަން. މީހަކު އެބައުޅޭތަ ސީލެއް ނުލިބިގެން މޮޔަބޮޑުވެގެން

    11
    2
  3. މާލެއިން.....

    އައްޑު އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ސަލާމް! އައްޑު އަތޮޅަކީ ވަރަށް ޚާއްޞަ އަތޮޅެކެވެ. ސަބަބުތައް ބައިވަރެވެ. އައްޑޫގެ ސިޔާސަ ކުދިންކޮޅު ބަސްއަހައިގެން އުޅޭނަމަ ކޮންފަދަ ހެއްޔެވެ! އޭރުން ނުލާހިކު ތަޢުލީމީ ހުނަރުވެރި ކުޅަދާނަ ކުދިން އިތުރުވާނެ އެވެ.

    11
    1
  4. Anonymous

    ހައިރާން ނުވާހަކައެއް ނޫނޭ. ސީލަކީ ފެނުން މައްޗަށް ނޭވާލާ، ރަށްރަށުގެ ގޮނޑުދޮށަށް އަރާ އުޅޭ ޖަނަވާރަކަށް ވީހިނދު ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ ގޮނޑުދަށަށް ސީލެއް އެރިއްޔެކޭ ކިޔާފައި އަދި ކަންތައް ބޮޑުވާހާ ވަރެއް ނުވޭ.

  5. Anonymous

    ޖަނަވާރުންނަށް އެކަނި މިގައުމުގަ ހިމާޔަތް ލިބޭނީ

    9
    2
  6. Anonymous

    މީތިވެސް އަނެއްކާ ގިރިއެއް ހޯދަނީ ބާ؟

    8
    2
  7. ޖާބިއަރު

    ސީލަކީ ލާމަސީލު މިސަާލެއް، މަޑިސީލަ ބޮޑު

  8. ކެނެޑީ

    ދިވެހިރާއްޖެނޫން ކޮން ގައުމެއްގަތަ ސީލެއް ފެނުނޭ ކިޔާފަ ފުލުހުންނާ ސިފައިން ހަރަކާތްތެރިވާނީ؟ ހެހެހެ

  9. ހުސެއިން

    މުސާރަ ހާލާލު އެވީ!!!!ހެއްހެއް

    1
    1