މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ "ތިލަމާލެ ބްރިޖު"ގެ ފައުންޑޭޝަން ނުވަތަ ތަނބުތަކުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ފައްޓަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރިންދުރަ މޯދީ އިންޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފައުންޑޭޝަން ނުވަތަ ތަނބުތައް އެޅުމުގެ މަސައްކަތް އަމަލީ ގޮތެއްގައި މިއަދު ވަނީ މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ފަށައިފައެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖާއި އެ ސަރަހައްދުގެ މަގުތައް ވަނީ ހާއްސަކޮށްފައެވެ. އެ ސަރަހައްދުގައި ބްރިޖަށް ބޭނުންވާ ސާމާނު ބަހައްޓާނެއެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާށެވެ. ފުރަތަމަ އޮތީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުމެވެ. އަންނަ އަހަރު ނިމޭއިރު މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އޭގެ ފަހުން މެއި 2024 އަށް ބްރިޖު ތިލަފުއްޓަށް ގުޅާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އެމީހާ

    އެއްމެބޮޑު މަޝްރޫޢުގެ އަގަކީީ ފައްސަތޭކަ މިލިއަންތޯ ނޫނީ އެކެއް ޕޮއިންޓުދޭއްމިލިއަންބާ. އަދިމިމަޝްރޫތަކުގެ ތެރެއިން ޤައުމައްއެންމެ ފައިދާބޮޑީ ކޮންމަޝްރޫއެްގައިބާ. ވިސްނާލުމަށްޓކައި ހަމަބުނެލީ. އޮޅުވާލުމަކީ ހާދަބޮޑުގޯހެކެވެ.

    32
    1
  2. މަހަށްދޭދޭބަލަ

    ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ ރައީސް އާއި މޯދީ އިންޑިއާގައި އަޅުއްވައިފިއޭ އެހެންތޭ ތިޔާއީ ޓޮމް އެން ޖެރީ ކާރޓޫން ފިލްމްސް ތަކުގައި ކުރާ ޒާތުގެ ކަންކަން ނޫންތޭ ތިޔާ ކުރަނީ މޮދީ ދެކުނީއެއް ނޫން ބްރިޖް އަޅާ ތަން ވެސް ދެން ތަންކޮޅެއް ކުރިން ރައީސް އިބޫ އާއި މިސަރުކާރުގައި ކެބިނެޓް މެމްބަރުންގެ ގޮތުގައި ތިބި ދަކިއްލި ތަޅާ ކިޔަވައިގެން އައިސް ތިބި މިނިސްޓަރުން އެއްވެ އެމެން ދެބަނޑަށް ހެދިކާ ބަނޑުއަޅައިގެން އެޅި ބިންގާ ނަގާ ހޫރާލީތޭ ތަމެން ތަމެން ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ލެސްބިއަނޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށްދޭބަލަ...

    34
    2
  3. ދަރަނި ދަންތުރަ

    އިންޑަސްޓްރިއަލް ވިލެޖު އެއީ ބަޑިބުރާސްފަތި ފަޒުނާ ޔާ ހިންނަވަރު ޗޯރު އިބުރާހިމް ހިއްކިތަނެއްދޯ

    37
    1
    • ޢަހޫތަ

      ނޫނޭއެއީ ރެލީބައިސްކަލް ޗޯރު ޔާނު އަދި ކަދުރުޗޯރު ފާތުމާގެތަނެއް.

      3
      13
  4. ކެނެރީ

    ތިކަމެއް ކިނބޫ ސޯލިބެއަކަށް ނުވާނެ މަހަށްދޭ ކޮންކުރީޓަކީ ތަރައްގީއެއްނޫނޭ ބުނީ ، ތިޔަ ބުރިޖު އަޅަނީ ގެރި ގުޔާ ފެންފޯއް ރުއް ބޭނުންކޮންގެންތަ ؟

    46
    3
  5. ކުޑޭ

    މީގެން މިފެންނަނީ ސޯލިހުގެ އަމިއްލައެދުން، އަޅުވެތިކަން، ލަދުނެތްކަން، ދިވެހިންނަށް ގޮންޖަހައި އިންޑިއާ ފައިދަށަށްވެއްޓިފައިވާތަން. އިންޑިއާއިން ބުނާހައިގޮތަކަށް ހަދާމަތިން އަޅުވެތިގޮތަކަށް ކޮށްދޭކަމެއްގެ ގޮތުގަ ، ބްރިޖް އަޅާ ރަސްމިއްޔާތުވެސް ބާވަން މިޖެހެނީ އިންޑިއާގައި މިދެން ނާތަހުޒީބާއި އަޅުވެތިކަން ނޫންކޮންކަމެއް، މިވަގުތަކަށް ބުރިޖް ނުޖެހޭ އަޅަކަށެއްވެސް ބަޖެޓްނެތް އިރު އިތުރަށް ލޯނުނަގައިގެން އަޅުވެތިވާކަށެއް.

    41
    2
  6. އިބޫސޯލިހު

    ކޮބާ ހީވޭ ކަމެއްހެން އިންޑިއާގައި ބުރިޖުގެ ބިންގާ އަޅަންވެސް މިޖެހެނީ، ތިޔަ އިންޑިއާ ދަށުވެގެން އުޅޭ އުޅުން ، އިންޑިއާ ފަސްޓް ކިޔާގެން ސަނާ ކިޔާގެން މިސަރުކާރުގެ ނުކުޅެދުންތެރިކަން ފެންނަނީ ، މީ 1800 ވަނަ ގަރުނު ދޯ މިނޫން ގޮތެއް ހޯދަން ނޭގުނީ

    33
    2
  7. ޢަލީބެ

    ބޯޑުގައި ލިޔެފައި އޮތީ ބިންގާ ކަމަކަށް ނޫން. ކޮންކްރީޓް ޕޯރިންގ ސަރަމަނީ . ޙެހެ

    21
    3
  8. ސަޢީދު

    ބުރިޖާ ވެރިކަމާ ވަރަށް ގުޅުން ހުރޭ. ފެންނަ މަންޒަރަށް ބަލައިފިނަމަ ބުރަ ވެވެނީ ބުރިޖު އަޅާ ސަރުކާރެއް ދެވަނަ ފަހަރަކަށް ނުހޮވޭކަމެވެ. ވެދާނެ ބުރިޖާއެކު އެ ސަރުކާރެއް ވެއްޓެނީ އިންސާނީ ތަރައްޤީއާއި ހަމަޖެހުމަށް ސަރުކާރުން މަސައްކަތް ނުކުރާތީ އެކަމާ ރައްޔިތުން މާޔޫސް ވާތީ ކަމަށްވެސް، ނޫނީ އަޅާކިރާލާއިރު ހުސް ކޮރަޕްޝަނާ ވައްކަން ޢާންމު ވެފައިވާތީ ކަމަށްވެސް. އިސްލާމްދީނަށް ކަމޭ ނުހިތާ ބަޔަކު ވެރިކަމަށް އާދެވިގެނެއް ނުވާނެ.

  9. ޖާބެ

    ކަލޯ ގަޔާ، ހާއްތެރީ!

    20
  10. ޙަނދުކޭތަ

    ތިޔަ ތަނބު އަޅަން ކިތައް އަހަރު ނަގާނެބާ

    23
    2
  11. ބޮލި މުލައް

    ދިވެހި ޤައުމުގެ ވަލިއްޔުލްއަމުރު މިފެންވަރަށް ގަޅިޖައްސާލީމާ ވ ލަދުވެތި

    35
    1
  12. މސޓރ

    ވާއޯ..ދިއްލީ އިން ތިލަފުއްޓައް ބުރިޖު ބަނާތާހޭ.. ކްރޭޒީ ޕޕލސ ޑޫ ކްތޭޒީ ތިންގްސް

    25
  13. ރައްޔިތުން

    ލޮލް. މިބުރުގަ ހަނދުގަ އަޅާ ގެތަކެއްގެ ބިންގާވެސް އަޅައިދިންނަމަ. މޯޑީގެ ގައިގަ ދޫލީމަ ރަހަ ކިހިނެއްބާ؟

    29
    1
  14. މައި

    އިންޑިޔާ ސަރުކާރުގެ ނަޒަރުގައި ރާއްޖެ އޮތް ފެންވަރު އެބަ ފެނޭތާ. މިތާ އަޅާ ބުރިޖެއްގެ ތަނބުގެ ބިންގާ އަޅަން ރައީސް މިޖެހެނީ އިންޑިޔާ އަށް ދާން. ބަލާވެސް ދިޔައީ ސްޓޭޓް މިނިސްޓަރެއް. އަދިވެސް އިބޫއަށް ނުވިސްނޭ. ރާއްޖެއިން އިންޑިޔާ ފަސްޓު ކުރާހެން އިންޑިޔާއިންވެސް ކުރަނީ އިންޑިޔާ ފަސްޓު. ދުވަސްކޮޅަކުން ރާއްޖެވެސް ނެތްތަން ފެންނާނީ. ހާދަ ދެރަޔޭ. ހާދަ ލަދުވެއްޗޭ

    41
    2
  15. Anonymous

    އިބިރިހިމާ ކަލޭތީ ދިވެހިރާއްޖެޭގަ ކުރިން ވެރިކަންކުރި މީހެއް

    4
    1
  16. ޖޭ ހޯ

    ވެއިޓް! ތިލަމާލެ ބްރިޖް ގަ އިންޑިއާއަށް ދެވޭތަ؟؟ އިންޑިޔާގަ ބިންގާ އެޅުއްވި ތަނބާ މި ތަނބާ ގުޅި ލާމެހޭމެތޯ؟؟ ވަރަށް ސުވާލު އެބަ އޮތް!! ކީކޭ ދެން ބުނާނީ؟؟؟

  17. ސަރުވަރީ

    ޢެފްކޮންއާ މަސައްކަތް ހަވާލުކުރިޔަސް
    ޢެމީހުން އެމަސަކަތް ކުރުވަނީ ޗައިނާ ކުންފުންޏެއް ލައްވާ ކަމަށް ބުނާތީ އެހިން

  18. އަބްދޫ

    އިންޑިޔާ އިންފެށިެން ތިލަފުއްޓާ ހަމަޔަށް ބްރިޖްއަޅާނެ. ދެން އިންޑިޔާއަށް ދާންޖެހޭނީ ކާރާއި ސައިކަލްގަ.

  19. އެދުވަހުންނުރޯތި

    ބަލަންތިބެ ދުވަސްކޮޅަކުން މިގައުމާ އިންޑިއާއެއްކޮއް ދިއްލީން ފެށިގެން ތިލަފުއްޓައް ބުރިޖުއަޅާތަން ފެންނާނީ އޭރުންދެން ރޯނެކަމެއްނެތް

  20. ނޯ

    އިންޑިޔާއިން ރާއްޖެ ދަރަނިދަންތޫރައެއްގައި ޖައްސައިފި. އަދި ސުރީލަންކާއަށް ހެދިގޮތަށް ހަދަންމަސައްކަތް އެކުރަނީ ފފފފފފފ

  21. ޚާފަ

    ޢިންޑިއާއާ ރާއްޖެއާތަ ގުޅާލާބުރިޖެއްތަ

  22. އިބޫދީ

    ތިލަމާލެ ބްރިޖްގެ ތަނބެއްގެ ބިންގާ ރައީސް އާއި މޯދީ އިންޑިއާގައި އަޅުއްވައިފި
    އިބްރާހިމް މޯދީ ސޯލިހް އިންޑިޔާގައި ތި އެޅުއްވި ތަނބު ތިލަމާލެއާ ހަމަށް ފޯރާތީ ވަރަށް ހިތްހަމަ ޖެހިއްޖެ. ޝުކުރިއްޔާ ސޯލިހު. އެންޑް ތޭންކްސް ޓޫ މޯދީ.

    3
    3
  23. ގައްސޭ

    ހާދަ މަޖާ މާނަފުން ހެޑްލައިނެކޭ

  24. ދެބޯގެރި މޯދީ

    ބުރިޖު އަޅައިގެން ގެންނަންވީނު ކަރުދާސް ފޮށިގަނޑެއްގަ

  25. ގޯނބިލި

    ތިޔަ ބްރިޖެއް ނޭޅޭނެ. ކޮބާ ބްރިޖްގެ މަސައްކަތްކުރަން ހަދާ ވާރކިންގ ޕްލެޓްފޯމް؟ ބްރިޖޭ ކިޔައިގެން ހާކާލަ ހާކާލާ، އެއްވެސް ކަމެއް ނުކޮށް ތިބެފަ، ދެން އަންނަ ސަރކާރަކީ މޑޕ ކަމުގައި ނުވެއްޖެނަމަ މަދުވެގެން 300 ވަރަކަށް މިލިޔަން ޑޮލަރު މިޤައުމުން ދަމައިގަންނާނެ. އިންޑިއާ ވަރުގެ މަކަރުވެރި ޤައުމެއް ނޯންނާނެ.

  26. ޖަމީލުދީދީ

    ދިވެހި ރައްޔިތުން މަޢާފް ކުރައްވާތި! ބްރިޖް ވަރުގަދަ ކުރަން ވަރަށް ފުނަށް (ވާރޓިކަލްކޮށް) ޖަހަން އުޅުނު ތަނބު، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަރިބިތަށް ތަނބު ދުއްވައިގަނެ (ހޮރިޒޮންޓަލް ކޮށް) އެޅުނީމާ ތަނބުގެ ބުޑު މިވަނީ އިންޑިއާ އަށް ފޯރާފައި. މި ނައްސަލަ ދިމާނުވިނަމަ ސީދާ އެ ފުންމިނަށް އަޑިޔަށްގޮސް ތަނބުގެ ބުޑު ދުނިޔެއިން ބޭރަށް ފޯރީސްކަން ކަށަވަރު.