ލީކުވި ވީޑިއޯތަކާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެމްބަރު އަދި މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ހުރީ ޕާޓީގެ ހުރިހާ ކަމަކުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައި ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް މީސް މީޑިއާގައި ލީކުވުމާ ގުޅިގެން ފުލުހުން އަންނަނީ ޝިފާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ރާއްޖެ އިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް ޝިފާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.
އެ މައްސަލައިގާ އެމްއެންޕީން މީގެ ކުރިން ވިދާޅުވީ ޝިފާގެ މައްސަލަ އެޕާޓީން ބަލަމުންދާ ކަމަށެވެ.
އެމްއެންޕީގެ ތަރުޖަމާނު އަދި މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް "ވަގުތަށް" ވިދާޅުވީ ވީޑިއޯތަކުގެ މައްސަލައިގައި ވަގުތީ ފިޔަވަޅެއްގެ ގޮތުން ޝިފާ ވަނީ ޕާޓީގެ ހުރިހާ ކަމަކުން ސަސްޕެންޑްކޮށްފައި ކަމަށެވެ.
އަދި، އިތުރު ފިޔަވަޅެއް އޭނާއާ ދޭތެރޭ އަޅާނީ ނުވަތަ މިހާރު އަޅާފައިވާ ފިޔަވަޅު އުވާލާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
"މިއީ އަދިވެސް ހިނގަމުންދާ ތަހުގީގެއް. އެހެންވީމަ އަޅުގަނޑުމެން ބޭނުމެއްނުވޭ އެކަމުގެ ތެރެއަށް ފުންމާލާކަށް. ތަހުގީގު ނިމުނީމަ އެނގޭނީ ދެން ކަންކުރަންވީ ގޮތެއް." ޝިދާތާ ވިދާޅުވިއެވެ.
ޝިފާ އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއް ފެންމަތިވިތާ ދުވަސްކޮޅެއް ފަހުން ވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގާ އިތުރު ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ލީކުކޮށްލާފައެވެ. ފުލުހުން އަންނަނީ އެ ވީޑިއޯތަކުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވީޑިއޯތަކާއި ގުޅިގެން ޝިފާ މީގެ ކުރިން ބުނެފައިވަނީ ވީޑިއޯތަކުން ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށެވެ.
އަންހެނުންގެ ހައްޤު ހާދާބޮޑޭދޯ އަންހެނަކު ލިވާތުކުރިމާ ކުރަނީ ސަސްޕެންޑް ފިރިހެނަކު ކުރީމާ ފޮނުވަނީ އުމްރާއަށް. ވާވާ ަަ ކިޔާބާތުހޭ
ލިވާތުގެ މާނައަކީ ފިރިހެނަކު ފުރަގަސްފަަރާތް ބޭނުންކުރުން.
އައްޗި ހަޑިވެފައޮތް އެއްޗެއް ޗީޗީ އައްޗި
އޯ ސަޅި! ޗަސްޕެންޑުކޮށްލީ ދޯ! ކަނޑާލާކަށް ނުކެރޭނެ! އެއްކުޅީގެ މީހުންވީމަ!
ކަލޭމެން ބުނީމާ ސަސްޕެނެޑް. އެކަމަކު އެއީ ޕާޓީއަށް ވަރަށް މުހިއްމު ބޭކަލެއް. އެ ކަމަނާ އާއި ނުލައި ޕާޓީގެ ހެޕިނަސް ބައި ފުރިހަމަނުވާނެ.
އަންހެނުން ލިވާތުވެސް ކުރޭ؟!
އަޅެ ތިޔަމަންޖެ ސަސްބެންޑް ކޮށްގެން އޭނަޔަށް ވާއެއްވެސް ގެއްލުމެއް ބުނެބަލަ؟ އޭނަ އެއީ ކަލޭމެން ރުފިޔާއެއް ދިނީމާ އޭގެ ބޭނުމުގައި ސޮއެކޮށްލި މަންޖެއެއް އެހެން ވީމާ އޭނާ ޔަށް ވަރިހަމަ ވާނެ ކޮންމެ ގޮތެއްވެސް އެކަމަކު ތިޔަޕާޓީ ދީނަށް ލޯބިކުރާ ބައެއް ނަމަ އޭނާ ހަމަ ވަގުތުން ވަކިކޮށްލާނެ ކަލޭމެންނަށް ދީނަށް ވުރެ ތިފަދަ މުޑުދާރު އަންހެނެއް ވެސް މުހިންމުވީމާ ސަސްބެންޑް ކޮށްފައޭބުނާނީވެސް
މެންބަރުން އެހެން ނޫނަސް ތިބެނީ ސަސްޕެންޑު ވެފަ ތިޕާޓީގަ. ވާނުވާ އެއް ނޭގޭ އާދައިގެ މެންބަރުންނަކަށް . އެތެރެ އެތެރޭން ނިންމާލަނީ ހުރިހާ ކަމެއް. ބޮޑުންގެ މެދުގަ. މީ ދޮގެކޭ ބުނެބަލަ
ޝިފާޔާ އެކު ހުނި ގޭނިޔަސް މިހާރު މައްސަލައެއް ނުޖެހޭނެކަމައް ސަރުކާރު ބުނަނީ.
ޕާޓީންނުކަނޑާތި އެކަކުވެސް ބުޅަލެއްވަނަސް އޭތިވެސް ބާއްވާ އޭރުން ރައީސްކަން އެއޮތީ ލިބިފަ!!
ފިސާރި ޕާޓީ އެކޭ. މޮޔައިންގެ ޕާޓީ. ރުފިޔާ ފައިސާ ހިތިވާނެ. އާރާ ބާރުގަ ހުރިއިރު ދައުލަތުގެ ޕްރޮޖެކްޓުތަކުން އަމިއްލަ ކުންފުންޏަށް 3 އަހަރުން 17 ބިލިއަން ރުފިޔާ ޕަކަޅާ ކޮށްލި.
ސަސްޕެންޑްކުރީމަ އޭނާއަށް ލިބޭނެ ގެއްލުމެއް އޮންނާނެތަ؟ ކަނޑާލާކަށް ނޫންތަވީ! މަ ހަމަ އާށޯހުވޭ މިގުއުމެކޭ....
ނާޒިމު ހިނިތުން ވެފައި ހުރި ގޮތުން ހިޔެއްނުވޭ ވަކި ކުރާނެ ހެން އެއްވެސް ސީރިއަސް ކަމެއްނެތް ހުސް ފޭކު
ސަސްބެންޑް ކޮއްފަ ހުރެދާނެއެއްނު. މައް ކީއް؟