ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައިގެން ފިހުނު އަންހެނަކު ނިޔާވެއްޖެއެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ "ވަގުތު"އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ މީގެ ދެދުވަހެއް ކުރިން ކަމަށެވެ. އެ ހާދިސާގައި ފިހުނު އަންހެން މީހާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަމަށާއި، އެއަށް ފަހު މާލެ ގެންގޮސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގާ އެ އަންހެން މީހާގެ ހަށިގަނޑުގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑަށް ވަނީ ފިހިފައެވެ.

އެ އަންހެން މީހާ ނިޔާވެފައި ވަނީ މިއަދު ފަތިހުުގެ ވަގުތެއްގައެވެ.

އެރަށުގެ މައުލޫމާތު އެނގޭ މީހަކު "ވަގުތު"އަށް ކިޔައިދީފައިވާ ގޮތުގާ އެ ހާދިސާ ހިނގާފައި ވަނީ ގޭސް ލީކުވަމުން ދިޔަ ވަގުތަކު އުނދުން ރޯކުރުމުގެ ތެރޭގައެވެ.

މި ހަދިސާގައި ނިޔާވެފައި ވަނީ އުމުރުން 53 އަހަރުގެ އަންހެނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޭރުމީހާ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި,
    ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ!
    އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمین ياربّ العالمين

    56
    • މުޙައްމަދު

      اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

  2. މީހަކު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    24
  3. މީ މުންކޮ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި,
    ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ!
    އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمین ياربّ العالمين

    23
  4. އަލީ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި,
    ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ!
    އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    آمین ياربّ العالمين

  5. ދިސްއިޒްހާރޓްބުރޭކިން

    އަންހެން މީހާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި އާއިލާއަށް ކެއްތެރިކަން ދެއްވާށި

  6. މަރީ

    ވަރަށް ވެސް ހިތާމަވެރި ހަބަރެއް

  7. ތޯތާ

    ފާފަފުއްސަވާނދޭވެ އަމީން

  8. ހުވަދޫ އަލިބެއްޔާ

    ގޭސް ފުޅި ވިއްކާ ކުންފުނި ޒިންމާ ކުރުވަން ޖެހޭނެ..

  9. ހެޔޮދުޢާ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މާތް اَللّٰهُ  މައްޔިތާ އަށްް ފާފަ ފުއްސަވައި, ކަށްވަޅު ތަނަވަސް ކުރައްވައި، ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
    اللهم آمين يارب العالمين🤲