އައްޑޫ ސިޓީގައި އަވަށްޓެރި އިންޑިއާގެ ކޮންސިއުލޭޓްއެއް ގާއިމްކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ އައްޑޫ ސިޓީ ކައުންސިލުން މާލެއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި އިންޑިއާ ސަފީރާއި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަލީ ނިޒާރު ވަނީ އިންޑިއާ ކޮންސިއުލޭޓް އައްޑޫ ސިޓީގައި ގާއިމްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަން ހާމަކޮށްފައެވެ.

ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރުއްވައެވެ.

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ގާއިމްކުރުމަށް އެ ގައުމުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިއާއެކު އައްޑުއަތޮޅުގެ އެކި ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ވަނީ އެކަމަށް ތާއިދުކޮށް ވާހަކަ ދައްކާފައެވެ. މިއީ ވިސާ ހޯދުން ފަދަ ކަންކަމަށް ހުޅުވޭނެ ފަހި ދޮރެއްގެ ގޮތުގައި އެފަރާތްތަކުން ސިފަކުރެއެވެ.

ނަމަވެސް މިކަމާ ދެކޮޅަށް ވާހަކަ ދައްކާ ގިނަ ބަޔަކު ވަނި މިއީ އަޅުވެތިކުރުމަށް ޖަހާ ދަންތުރައެއް ކަމަށް ބުނެފައެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން އުޅޭކަމުގެ ވާހަކައާއެކު ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި އައްޑޫ އަށް އުފަން ގިނަ ބަޔަކު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދިވެހި ރައްޔިތުން

    އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އޮފީހެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް

    4
    15
    • އ

      އިންޑިޔާ މޯދީގެ ގޭގައި ނިދަން ދާންވީނުދޯ

  2. Anonymous

    މީދެން ކިހާވަރުގެ ބޮޑުކަމެއް. ކޮންމެ އަތޮޅެއްގައި އިންޑިއާގެ އެމްބަސީއެއް

    14
    2
  3. ޖާނޭ

    މިއީ ކިހާ ހެއްވާ ކަމެއް. ކޮންމެ އަތޮޅެއްގައި އިންޑިއާ އެމްބަސީ އެއް ހުންނަ ގޮތް ހަމަޖެއްސުން. ނިޒާރުމެނއް ކަހަލަ ތަންދޮރު ނުދަންނަ މީހުން ހައްލާލަން ކުކުޅު ބިސްކޭހަކަޢި އަލުވި ބަސްތާ އަކާއި ފިޔާ ކިލޯއެއް ދިނީމާ ކޮންމެ ކަމެއްވެސް ވާނެ. އެމް.އެމް ޕީ.އާރް.ސީގެ މުލު ވަގުންގެ ބާނީ.

    16
    1
  4. ނޮވައިޒާ

    މިހާކުޑަ ގަުމެއްގައި ބައިވަރު ކޮންސިއުލޭޓު ހުންާކަށް ނުޖެހޭ. ކޮންސިއުލޭޓު ގިނަކޮަށްގެން މުޅިގައުމު ހިފަން ވިސްނާފަތިޔަހުރީ! 200 ރަށުގައި ކޮންސިއުލޭޓު އެޅާނެ ތިމީހުން ތިވަރށް ދޫދެންޏާ!

    18
  5. އައްޑޫ

    އައްޑޫ މީހުން އިހުތިޖާޖައް ނިކުންނަން ވެއްޖެމިހާރު. އެކަނިމާ އެކަނިވެސް.

    2
    1
  6. ލޯބިވާ ވަޠަން

    ތިމާ ތެ ގޭނޑަށް ހޮވައިދިން މީހުންނަށް ކަމަށް ކޮށްދިއޭތޯ ބަލަފެލެ. ދައުރު ދެ ބައި ވެގެ. މޭޔަރަކާއް ހިށެގެން ވީ ކަމަށް ކޮއްދިއެނެ ކަމަށް ދައްކަފެލެ. ހުސް ދަކޮ ނުނީ ތެ ހިފަނީ.

  7. އިދްރީސް

    މައްސަލަ އެއް ނެތް ހެދިޔަސް
    ފޭދޫގަ ހަދައިފިއްޔާ ނިކަން ރަނގަޅު

    1
    1
  8. ހުސެން

    އައްޑޫ ސިޓީގަ އިންޑިއާގެ ބޭސް ބަލަހައްޓާނެ އަޮފީސް އިމާރާތެއް އަޅަން ބިންހޯދީތަ !

  9. ޑައެލޯގް

    އެބައެއްގެ ހާލަތު ބަދަލުނުކުރާހިނދަކު ﷲ އެބައެއް ބަދަލެއްނުކުރައްވާނެއެވެ. އައްޑޫމީހުންނަކީ އެމްޑީޕީ ބުނެފިއްޔާ ކޮންމެކަމެއްވެސް ކޮށްފާނެބައެކެވެ. އަންނިދައުރުގައި ބުދުތަކެއްބެހެއްޓި އިރުވެސް އައްޑޫމީހުންތިބީ އަތްޖަހާށެވެ. މިއަށް ކިޔަނީ ޣާފިލުކަމެވެ. ޣާފިލުވީމަ އެބަޔަކު އެބަޔެއްގެ ކަރަށް ވަޅިހެރޭއިރުވެސް ނޭގޭނެއެވެ. މަބޭނުންވަނީ އައްޑޫމީހުނަށް ހެޔޮވިސްނުލިބުމެވެ. އިންޑިޔާގެ އެންބަސީއަޅަން އެއުޅެނީ އިންޑިޔާގެ ހަންފަތުރާށެވެ. އައްޑޫމީހުން މިކަމުގައި ދެކޮޅަށް ތެދުނުވެއްޖެނަމަ އެކަމުގެރަހަ އެމީހުނަށް ފެންނާނެއެވެ.