ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅިފައި އޮންނަ ހަލިމަގުގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ފުރޮޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ބްރިޖާ ގުޅިފައިވާ ހަލިމަގުން ދުއްވާފައި ދިޔަ ފުލުހުންގެ ވެހިކަލެއް ފުރޮޅާލާފައިވާކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭ މެންދަމު 02:58 ހާއިރު ކަމަށެވެ.

މި ހާދިސާގައި ކާރުގެ ތެރޭގައި ތިބި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ފަރުވާ ދިން މީހުން މިހާރު ދޫކޮށްލާފައިވާކަމަށެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު އެސަރަހައްދުން ދަތުރުކުރި ބައެއް ފަރާތްތަކުން މީސް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގާ އެކްސިޑެންޓުވި ވެހިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ފުލުހުންގެ ވެހިކަލްތައް ފުރޮޅާލުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ. މިފަދަ ހާދިސާއެއް އެންމެ ފަހުން ހިނގީ ލ.އަތޮޅު ލިންކުރޯޑުގައެވެ. އެއީ 2021 ވަނަ އަހަރު އެވެ. އަދި 2020 އަހަރު ލ.އަތޮޅު އިސްދޫގައި ފުލުހުން ދުއްވި ވެހިކަލެއް ވެސް ފުރޮޅާލާފައި ވެއެވެ. 2017 ވަނަ އަހަރު ތ.އަތޮޅު ތިމަރަފުށީގައި ވެސް ފުލުހުންގެ ވެހިކަލެއް ފުރޮޅާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލްޖިބްރާ

    ކާރު ފުރޮޅާލީ ދުއްވި ސްޕީޑް ބާރުކަމުންނޭ ނުބުނީ ފުލުހުންވީމަތަ ؟ ފުލުހުންނާއި ސިފައިން ކުރާކަންތަކަކީ ފޮރުވާ ސިއްރު ކުރަން ޖެހޭ ކަންތަކަށް ވަނީނަމަ ، އެހެންމީހުން އުޅޭނީ އުޅޭނެ ގޮތަކަށް ނު ؟ މިއީ ޤައުމު ގެ މަސްލަހަތާއި އަމަންޢާްއްމު ބަލަހައްޓަން ތިބޭ މީހުންގެ ހާލަތު ! ދެން ބުނާާނީ ކީކޭ ؟

    12
  2. އަހަންމަދު

    ހިނިއަންނަނީ!ދުއްވިމީހާ ލައިސެންސް ނެގިތޯބަލާ!ޚާއްސަ ހުއްދައެއްގެދަށުންދޯދުއްވީ!ދައުލަތަށް 0ވީގެއްލުމުގެ ބަދަލުހޯދަނީ ކިހިނެއް! މަސްތުވެފަ ތޯއްޗެއް!ލަދުވެތި!

    10
  3. އަހްމަދު

    ހަމަ އެކަނި ފުލުހުންގެ ވެހިކަލްތައް ފުރޮޅަލާގޮތް ބަލަން އެބަޖެހޭ.އެންމެފުރަތަމަ މަސްތުވާ ތަކެއްޗަށް ޓެސްޓް ކުރަންޖެހޭ.

    10
  4. ނޫރު

    ހުންނާނެތާ ޤަވާއިދާ އެއްގޮތަށް ދުއްވާފަ. ކޭކޭ ދެން ބުނާނީ، ޤާނޫނު ތަންފީޒް ކުރަން ތިބޭ ފުލުހުންގެ ހާލު. ހަމަ އެމީހުން ހަމަތޯ.

    17
    1
    • އުޅާލި

      އުވާލަންވެފަ އޮތްތަނެއް
      ރާއްޖޭގަ ހިނގާ ހުރިހާ ނުބައި ނުލަފާ ކަމަކާ ގުޅިފަ އޮތީ ތި ގުރޫއްޕާ އަދި ބޮނދުންނާ

  5. ދޯހަޅި

    ދުއްވޭވަރު މަޑްވީމާ ވާގޮތް

    15
  6. އުގުރި

    މިއަދު އިމްރާނު ބުނާނެ. އެއީ ކުރީ ސަރުކާރުގެ ކަމެކޭ..

    19
  7. ހުސެއިން ދީދި

    ފުލުހުންގެ އެގްޒެކަޓިވް ބޭކަލުން ދުއްވަވާ ކާރުތައް ގަވާއިދާ ހިލާފަށް ބާރު ސްޕީޑްތަކުގައި ދުއްވައެވެ. ހަމައެފަދައިން ސިފައިންގެ ކާރުތައް ވެސް އެގޮތަށް ދުއްވާތަން ފެނެއެވެ. ސައިރަން އަޅާފައި ދާ ފުލުހުންގެ، ފަޔަރ އަދި އެމްބިއުލަންސް ފިޔަވައި އެހެން ހުރިހާ އުޅަނދެއް ވެސް ޓްރެފިކު ގަވާއިދާ އެއްގޮތަށް ނުދުއްވާ ނަމަ މިޒާތުގެ އެކްސިޑެންޓްތައް ހިނގާ މީހުންނަށް ގެއްލުންވާނެއެވެ. މި އެކްސިޑެންޓު ވެސް ތަހްޤީޤް ކޮށް ފިޔަވަޅު އަޅަންޖެހޭނެއެވެ. ދައުލަތުގެ މުދަލަށް ވީ ގެއްލުމުގެ ބަދަލު ހޯދަންވާނެެވެ.

    20
  8. ހސހސހ

    ބޮއެގެން ތިބީ

  9. ބަނާނާބޭ

    ތިވާނީ ދޮންކެޔޮ ތޮށިގަނޑަކަށް އެރުނީ ކަމަށް.

    • ހުސޭނުބޭ

      ކާރު ދެފައިދެފަޔާޖެހި ފެއްސުނީޔޯ

  10. އަބްދޫ

    ލިބޭ ގެއްލުމުގެ ބަދަލު ދުއްވަން އިން މީހާގެ އަތުން ދަވްލަތަށް ލިބެންޖެހޭނެ.