ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރެއިން ބޮޑު މަކުނެއް ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ދަތުރުކުރަމުން ދިޔަ ފްލައިޓެއްގެ ސީޓެއްގައި އާންމުކޮށް ރާއްޖެއިން ފެންނަވަރަށްވުރެ ބޮޑު މަކުނެއް އޮންނަ މަންޒަރެވެ. އެ މަކުނު އޮތީ އަންހެނަކު އިން ސީޓަކަށް އަރައެވެ.

އެ މަންޒަރު ފެނިފައި ވަނީ އެވަގުތު ފަހަތުގައި ތިބި ދެ ދިވެހި ފަސިންޖަރަކަށެވެ. އެމީހުން ވަނީ އޭގައި ފައިވާންކިބަޔަކުން ޖަހާ އޭތި މަރާލަން މަސައްކަތްކޮށްފައެވެ. އެ ސީޓުގައި އިން އަންހެން މީހާއަށް މާލި އޮތްކަން އެނގުނީ ފައިވާންކިބައިން އޭނާ އިން ސީޓުގައި ބާރަށް ޖެހި ވަގުތުއެވެ.

މަކުނަކީ އާންމުކޮށް އޭގެ ސަބަބުން މީހުންނަށް ނުރައްކަލެއް ނެތް އެއްޗެއް ނަމަވެސް އެއީ ގިނަ ބަޔަކު ބިރުގަންނަ ދިރުމެކެވެ. މީގެ ކުރިން ވެސް ބައެއް ކަހަލަ ކުދި ސޫފި ފްލައިޓްތަކުން ފެނުނު ނަމަވެސް މިއީ މަކުނެއް މިފަދަ ގޮތަކަށް މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރެއިން ފެނިގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ފުރަތަމަ ފަހަރެވެ.

ކޮންމެ ދަތުރެއްގެ ކުރިންވެސް ފްލައިޓްތައް ކޮންމެވެސް މިންވަރަކަށް ޗެކުކޮށް، ސާފްކުރެއެވެ. މިއީ ފަސިންޖަރެއްގެ ލަގެޖަކާ އެއްކޮށް ނުވަތަ މޯލްޑިވިއަންގެ އިހުމާލުން ފްލައިޓުގެ ތެރެއަށް ވަތް އެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒާ

    މަތީގަ އޮއްވާ ފެނުނު ވަގުތު ނަސީބު ބަޔަކު ބިރުން ބޯޓުން ބޭރަށް ފުންމާ ނުލިކަން..

    28
  2. މަކުނު

    ފްލައިޓަށް މަކުނުއެރީ ދޫ؟

    19
  3. ހަސަން23

    އަހަރުން ކިޔަނީ ފައިދިގު މަކުނު ..

    12
  4. ބަދަތްވެއް

    މޯލްޑިވިއަންގަ މަކުނު އެޅީއޯ

    10
  5. މުޙައްމަދު

    މަކުނަށް ޓިކެޓް ވިއްކީ ޢާންމު ރޭޓުންތޯ؟ ފްލައިޓް ތެރެއިން މަކުނު ފެންނާތީ ފެއަރ މަތިކުރަން ފެނޭ.

    12
    1
  6. މާލި

    ލިއުމުގައި އެބައޮތް ލިއެވިފައި... އަންހެން މީހާޢަށް މާލި އޮތްކަން އެނގުނީ.. ؟؟؟

    12
  7. Anonymous

    މިހާރު އޮތީ މުޅިން މަކުނު.
    މަކުނު ކުޅި.
    މަކުނު ކުޅި ސަރުކާރު
    މަކުނު މޯލްޑިވިއަން

    5
    1
  8. ނަޒީ

    އެސޮރު ބޯޓަށް އެރީ ޓިކެޓް ގަނެގެންތަ؟

    5
    1