ގިނަ ބަޔަކާއި އެކު ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަށް އަރައި ދިޔަވެގެން އަޑިއަށް ހިނގައްޖެއެވެ. އެ ބޯޓުގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

އެމްއެންޑީއެފްއިން ބުނީ މާލެ އިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ލަންދޫ ބޯޓު" މިއަދު ވަނީ ދިޔަވެ ކ.ގާފަރު ފަރަށް އަރާފައި ކަމަށެވެ.

ފަރަށް އެރި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ނ. ލަންދޫ ބޯޓު، ކ. ގާފަރު ފަރަށް އަރައި، އަޑިއަށް ދަނީ -- ފޮޓޯ: ޒަހީން އަބްދުﷲ

ގާފަރު ކައުންސިލްގެ މެމްބަރު ހަނީފް ޒާހިރު "ވަގުތަށް" ވިދާޅުވީ އެ ރަށުގެ ފަރަށް އަރާފައިވާ ބޯޓުގައި ތިބި ކަމަށް މައުލޫމާތު ލިބެނީ 50 ހަކަށް މީހުން ކަމަށެވެ. އެމީހުން މިހާރު ގާފަރަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ބަޔަކަށް ވަނީ ހުދު ސަމާލު ނެރިފަ އެވެ.

މޫސުން ގޯސް ވަގުތުތަކުގައި ކަނޑުދަތުކުރާ ފަރާތްތަކުން ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރެއެވެ.

އަދި މުދާ ބަރުކޮށްގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ބަރުކުރުމަށް އެ އުޅަނދަކަށް ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި، ކަނޑު ދަތުރުކުރާއިރު އުޅަނދުގައި ސަލާމަތީ ވަސީލަތްތައް ހަމަތޯ ބެލުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން

    ބޯޓު ދަތުރުކުރީ މާލެއިން ރަށަށް ދާން. އިންޖީނަށް މައްސަލައެއް ދިމާވެގެން ހަދަން ގާފރަށް ޖެއްސީ. ހައިދައިގެން ދަތުރުކުރަމުން ދަނިކޮށް . ބޯޓަށް ދިޔަވާން ފެށިމައި އަނބުރާ ގާފަރަާ ދިމާލަށް އަނބުރާލައިގެން އައީ.

    13
    1
  2. ސަރުކާރު ބޭކާރު

    މީހުން ސަލާމަތް ކުރުމަށް ވުރެ އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ ފަރަށް ލިބުނު ގެއްލުން ބަލާފައި މިލިއަނުން ބަދަލް ހޯދަން.. ވައުދުތަށް ފުއްދުމަށް ޓަކައި މުހިންމީ ފައިސާ.. ކުރެވޭނެ ކަމެއްނަމަ ރައްޔިތުންގެ ތެރެއިން އަންހެންވެރިން ލައްވާ ހަށިވިއްކުވައިގެންވެސް ބޭނުމީ ފައިސާ އެއްކުރުން..

    3
    3
  3. ޕޮގުބާ

    އެފަދަ އެހެން މީހުންނަށް އިބުރަތެއް

  4. Anonymous

    ވަރަށް ހިތާމަވެރި ޚަބަރެއް
    ނ. އަތޮޅުގެ ގިނަރަށްތަކުގެ ކާބޯތަކެއްޗާއި ގޭހާއި، މުދާ އުފުލަދޭ އެހީތެރިޔާ. ވަރަށް ދެރަވެއްޖެ. ޢިބްރަތް ޙާޞިލް ކުރަންވީ. ވިއްސާރަ ވެ ސަމާލު ނެރެފައި އޮއްވައި ކޮންމެ ފަހަރަކު ކަމެއް ދިމާނުވިޔަސް ،ސަމާލު ނެރުނީމަ ޢަމަލު ކުރާނަމަ މިކަހަލަ ޙާދިޘާތައް މަދުވާނެ.
    މިދަތުރުގައި ގާފަރުގެ ރައްޔިތުންނާއި ކައިރިން ދަތުރުކުރި ދޯނިތަކުގެ އެހީތެރިކަކަމަށް ޝުކުރު ޙައްޤު. ޚާއްޞަކޮށް ެެެެެެެެެެެެެެެެުެެެެެެެެެެެެެެެެުެެެެެެެެެެެެެެެެުެެެެެެެެެެެެެެެެުގާފަރު ރައްޔިތުން. ތަންކޮޅެއް ކުރިން ނ. މަނަދޫގައި ދުއްވި ހާމަ ބޯޓް ފަރަށް އެރި ޙާދިޘާ ގައިވެސް އެހީތެރިވިގޮތް ހަނދާން ނައްތާލުމަށް ދަތި. ޝުކުރިއްޔާ ޤާފަރު ރައްޔިތުން.
    އިސްލާމީ އަޙްވަންތަ ކަމުގެ ނަމޫނާ ރަށެއް. މާޝާﷲ
    ޖަޒާކުމުﷲ ޚައިރަން

    13