މާލޭގައި ފަށާ މިނި ބަހުގެ ހިދުމަތަށް ނަގާނީ ހަތް ރުފިޔާ ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

ރާއްޖޭގައި ބަހުގެ ހިދުމަތް ދެމުން ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ އެކަމަށް ހާއްސަކޮށް މިނި ބަސް ރާއްޖެ ގެނެސް ޓްރަޔަލް ދަތުރުތައް މިހާރު ފަށާފައެވެ.

ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާލޭގައި ދެ ހަފްތާއަށް ޓްރަޔަލް ދަތުރުތައް ކުރިއަށް ދާނެއެވެ. އެ ދެ ހަފްތާގައި ދަތުރުތައް ހިލޭ ކުރެވޭނެެއެވެ. އަދި ބަހުގެ ހިދުމަތް ހޯދާ ތިން އަހަރުގެ ދަށުގެ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ސްކޫލް ކުދިން ޔުނީފޯމްގައި ކުރާއިރު، ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

އަދި ޓިކެޓްގެ އަގަކީ ހަތް ރުފިޔާ ކަމަށް ކަނޑައަޅާފައި ވެއެވެ.

އަދި މާލޭގައި ތިން ރޫޓަކުން މިނި ބަހުގެ ހިދުމަތް ދޭއިރު، ކޮންމެ ބަހެއްގައި 20 ސީޓް ހުންނާނެ އެވެ. އަދި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގައެއް ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުއްޅަބޭ

    5 ހެކޭ 7 ތެކޭ ...ކޮބާ ރަނގަޅު އަގަކީ؟

  2. އައްޑޫމީހާ

    7 ރުފިޔާވީމާ އަގު ބޮޑެވެ. 45 ރުފިޔާ ނަމަ އެވަރު އޯކޭއެވެ.

  3. މެސީ1

    ހުޅުމާލެއައް 10ރ މާލެތެރެއައް 7ރ، ބޮޑު ބަލާއެކޭ މުޅިމަގު ތޮއްޖެހިފަ އޮނަނީ

  4. ވގުތު

    ތީގެން ޖާގަ ހޯދާނި ބަންގަޅިން ދިވެއްސަކަށް ޖާގެއް ނުލިބޭނެ

  5. ބަރުގޮނު

    ޚަބަރުގެ ފެށުމުގައިވާ ގޮތުން ބަސް ދަތުރުގެ އަގު ސަރުކާރުން ކަޑައެޅީ -/5ރ. ޚަބަރު ނިމޭ ހިސާބުން އެގެނީ ބަސް ދަތުރުގެ އަގު ހަމަޖެއްސީ -/7ރ. ސުވާލަކީ ސަރުކާރުން ކަޑައަޅާފައިވާ ކަމެއް ، ތަފާތު ގޮތަކަށް ހަމަޖެއްސީ ކޮންފަރާތަކުން ކީއްވެތޯ....؟؟؟

  6. ޑައެލޯގް

    2023 ގެ އޮކްޓޫބަރު އަންނަންދެން ނަގާނީ 7 ރުފިޔާއެވެ. އެއަށްފަހު 20 ރުފިޔާއެވެ. މިސަރުކާރުންބުނި އެތެރޭގެ އުދުހުންވެސް ކުޑަކުރާވާހަކަ 2018 ގެ ކެންޕެއިންގަ ހަމަހޮވުމުން ބޮޑުވީއެވެ. ތިކަހަލަ ބައިވަރު ނުފޯރާފޮތިންފޫގަޅާތަން އަދިވެސް ފެންނާނެއެވެ. މިކަންނިމޭނީ 2023 ގެ އޮކްޓޫބަރުގައެވެ.