ދ. މީދޫ ކައިރީގައި އޮންނަ އަންގްސަނާ ވެލާވަރު މޯލްޑިވްސް ރިސޯޓްގައި ކުއްލި ގޮތަކަށް މީހަކު މަރުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް މަރުވެފައިވަނީ އެ ރިސޯޓުގައި ކައްކާ އެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 44 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.

އެ ރިސޯޓުން "ވަގުތާއީ" ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ މަރުވެފައިވަނީ ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. އެމީހާ މަރުވި އިރުގައި ބަލި ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އެމީހާ ބުނީ، ޝެފެއްގެ ގޮތުގައި އަންގްސަނާ ވެލާވަރުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރި މީހެއް ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން މީދޫ ހެލްތް ސެންޓަރުގެ މެނޭޖަރު އިބްރާހިމް ޝިނާން ވިދާޅުވީ، ހާޓް އެޓޭކެއް ޖެހިގެން އެ މީހާ ހެލްތް ސެންޓަރަށް ގެނައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްބެ

    ތިޔަ ފެންނަމުންދަނީ ޖެހި ކޮވިޑް ވެކްސިންތަކުގެ ގެއްލުން. އެކަމަކު ސިއްހީ ދާއިރާއިން އެކަން ކަށަވަރުކޮށެއް ނުދޭނެ. މިހާރުވެސް އެބުނާ ކޮވިޑް ރޯގާ ރަށްފުށުގައި ހެސްކިޔާފައި އެބަ ފެތުރޭ. ޓެސްޓެއް ނުކުރޭ. އެހެންވެ ކޭސްތައް ޒީރޯގައި.

    18
    4
  2. ބަބޫ

    ވެކްސިން ބޫސްޓާރ. ހިތުގެ މައްސަލަތައް ވަރަށް ގިނަވެއްޖެ