މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަަނާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ދެން ކުރާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަަނާއި ޕާކުތަކާއި މައިޒާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯ އާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް އެ މަސައްކަތް ސީދާ މާލޭ ސިޓީ ކައުންސިލުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަނަށް އަޅަމުންދާކުނިތަކާއި ތަކެތި ވީހާވެސް އަވަސްގޮތެއްގައި ނަގައި މާލޭ ސިޓީއަކީ ސާފުތާހިރު ހިތް ފަސޭހަ ނަމޫނާ ސިޓީއެއްގެ ގޮތުގައި ބޭއްވުމުގެ މަގްސަދުގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މާލޭ ސިޓީ ކައުންސިލުން ސީދާ މި މަސައްކަތް ކުރަން ފެށުމުން އެ މަސައްކަތަށް ހޭދަވާ ހަރަދު ކުޑަވެގެންދާނެ ކަމަށާއި އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި މޮނިޓާ ކުރެވޭނެ ކަމަށް ވެސް ކައުންސިލުން ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ މާލޭ ސިޓީއަކީ ހިތް ފަސޭހަ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

އަދި މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަކީ އަބަދުވެސް މާލޭ ސިޓީ ކައުންސިލުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާއެއް ކަމަށާއި އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް މާލޭ ސިޓީ އަކީ ނަމޫނާ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    މާލެ އޮތީ މިހާރު އެއްކޮށް ގޮނޑުވެފަ

  2. Anonymous

    މާލެ އަކީ ދިވެހިރާއްޖޭގެ ވެރިރަށް ކަމުން މާލެ ރީތިކޮށް ސާފުކޮށް ހިފަސޭހަކަން ލިބޭނެ ގޮތަކަށް ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސެލްގެ ޒިއްމާއެއް !

    12
    2
  3. ލަވް

    މާލޭ މަގުމަތިން މީގެފަހުން ބޭނުން ކޮށްފަ ހުންނަ ކޮންޑމ ޒާތުގެ ކުނިބުނި ނުފެންނާނއކަމަށް އުއްމީދުކުރަން!!

  4. ށވޔނ

    ޢަދި ބުޅާ ނަޖިސްވެސް ނަގައި ސާފްކުރުން އެދެން

  5. ޔާންޔާ

    ވިލިމާލެއާ ނުލާ ނެތީތަ ކަމެއްވާން .