ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އާބާދީގެ 80 އިންސައްތަ މީހުނަށް ނަރުދަމާގެ ނިޒާމް ވަނީ ކަށަވަރުކޮށްދެއްވާފައި ކަމަށް އޭރުގެ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ ތޯރިގު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އާބާދީގެ 60 އިންސައްތަ އަށް ސާފުފެނުގެ ނިޒާމުގެ ޚިދުމަތް ވެސް ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.

ތޯރިގު މި މޭރުމުން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދުވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުވެފައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވެރިކަން ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުސި

    އާބާދީގެ 60 ޕަސަންޓް އުޅެނީ މާލޭގަ.

  2. ކަދުރޭ

    ކަލޭގެ އެދުމަތީގަ ކަލޭ ތިބުނާ ނިޒާމެއް ކަށަވަރު ވެފަ އޮތީ.

    3
    4
  3. ޢަބްދުލްމުހައިމިން

    ވަރަށް ކުޑަކުޑަ މިސާލެއް. ޔާމީނު ވެރިކަން ނިމުނުއިރު، ރ.އިނގުރައިދޫ ފެނާ ނަރުދަމާގެ ޚިދުމަތަކީ ބަޖެޓުކުރެވިފައިވެސް އޮތްކަމެއް ނޫން. ސްކޫލަށް ހޯލެއް ބޭނުންވެގެން އެވާހަކަ ދަންނަވާތާ ވީ ދުވަހެއް ނޭނގޭ! އިޖާބަދިން ވެރިޔަކުނެތް. އެހެންނަމަވެސް މިވެރިކަމުގައި އިނގުރައިދޫގެ ފެނާ ނަރުދަމާގެ މަސައްކަތް މިހާރު އެވަނީ ނިމިފައި. މިއަދުވެސް ޚިދުމަތްދޭން ފަށްޓަންވީ. ސްކޫލު ހޯލު ޢިމާރާތުގެ މަސައްކަތް، މި ވެރިކަމުގައި ބަޔަކާ ޙަވާލުކޮށް، އެގެންދަވަނީ ކުރަމުން. އޭޓީއެމް ގެ މަސައްކަތްދަނީ ކުރިއަށް. ޔޫތު ސެންޓަރުގެ މަސައްކަތް. މިނޫނަސް އެތައް އެތައް ޕްރޮޖެކްޓެއް އިނގުރައިދޫ ގެ ތަރައްޤީ އަށް ޓަކައި. އިނގުރައިދޫ ގެ ތަރައްޤީގައި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިނގަމުންދާ ދުވަސްވަރަކީ މިއީ ކަމުގައި ފަޚުރުވެރިކަމާއެކު ދަންނަވަން. އާބާދީ މަދުވުމުން ޔާމީނާ، ބޭބެ މައުމޫނު އަޅުއްވާނުލާ ދޫކޮށްލި އެތައް ރަށަކަށް މިވެރިކަމުގައި ހިނިތުންވުން ގެނެސްދެއްވައިފި. ޝުކުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު.

  4. Anonymous

    ޔާމީނުގެ ސަރުކާރުން ނޮޅިވަންފަރުގައި ވަނީ ނަރުދަމާނިޒާމު ގާއިމުކޮއް ޙިދުމަތްދޭންފަށާ ފެނުގެނިޒާމު ގާއިމުކުރުމުގެ އަމަލީމަސައްކަތް ފައްޓަވާދެއްވާފަ ނަމަވެސް މިސަރުކާރަށް ހަތަރުއަހަރުވެގެންދާއިރުވެސް ފެނުގެހިދުމަތްނިއްމާ ރައްޔިތުންނަށް ފެނުގެހިދުމަތް އަދިވެސްނުދެވޭ.

    7
    1
  5. ސިނާން

    މި ސަރުކާރުން ކުޑަރަށެއްގައި ނަރުދަމާއެއް އެޅުނަސް އެބުނަނީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކޮށް ހުރިކަންކަން މިސަރުކާރުން ކުރިކަމަށް. ބަލަގަ ބޮޑެތި ރަށްރަށުގައި ކަލޭމެންނަށް ނަރުދަމާހަދައި ފަޅުކޮނެ މަގުހަދަން ނުޖެހެނީ ކުރީގައި ތިބިމީހުން އެކަން ކުރީމައޭ. އެހެންނޫންނަމަ ވޯޓުބޭނުންވެގެން ކަލޯމެންނަށްވެސް ކުޑިރަށްރަށާ އަޅާލާކަށް ނުކެރުނީހޭ..

    5
    1
    • ބަދަންއަލީ

      ދިވެހިރާއްޖޭގެ އާބާދީގެ %60 ޕަސަންޓް ހަމަވާނެ މާލޭގެ އިތުރުން ބޮޑު ދެރަށެއްގެ މަސައްކަތް ނިންމާލިއަސް، އާބާދީއަށް ނުބަލާ ކޮންމެ ރަށަކަށްވެސް އަސާސީ ހިދުމަތް ކަށަވަރުކޮށްދިނީ ރައީސް ސޯލިހު ޔާމީނު އުޅުނީ އެހެން ކަމަކާ އިރާދަކުރެއްވީތީ އޭނަ ބޭނުންވިކަންތައް އަދީބު ލައްވާ އޭނަ ކުރުވި

  6. Anonymous

    މޑޕ މިގައުމުގަ ކަމެއް ކުރިއްޔާ ކޮއްފަ އޮތީ ، އަދި ކެނެރީ ނަޝީދުގެ އަނގައިން.

  7. މަތަރަސްމާ

    ބަލަ މިިރަ ނުބައި ނުލަަފާވެރިމިހާ ގައުމު އިންޑިޔާއައްކުޑަފައިސާކޮލަކައްވިއްކާލި ދައުލަތުގެ ހަޒާނާ ބާހާހުސްކުރަމުންދާއިރު އަދި ދެވަނަދައުރެއްބޭނުންވާވާހަކަދައްކަން ލަދުކޮބައި އަނެއްދިވެހިރާއްޖޭގައި ހިޔާނާތައް ދީނާދުރު މީހުންނައްހިއްވަރުދީ ހަރުކަށި ފިކުރޭކިޔާ ދީނީ މީހުންގެއަޑުކަޑާލުމާ މިސްކިތް ތަކުގެ ބަންގީގެއަޑުކަޑަލުމާއި ނަމާދުކުރާއަޑުކަޑާލުމާއި މިހާރު ތިބި އިސްވެރިން ގައުމުލޫޓްކޮއްދާއިރު މިހަރަނުބައިވެރިމީހަ ކޮބައި އިރާދާފުޅާމިންވަރުފުޅުން ދެހާސްތޭވީސް ހިޔާފުލެޓާއެކު ރައީސްޔާމީނު ބަލަ ފުލެޓް ހަދަންދިޔަފައިސާދޭނެ ކުލި ކުޑަކޮއްދޭނެ އިންޑިޔާގެވަކިތަކުންގައުމުސަލާމތްކޮއްދޭނެ ގަޓްހުންނާނެ ވިސްނާކައް ދެދުވަސްނުނަގާނެމިހަރަނުބައިވެރިމީހާ ގާނޫގެއިމުގެ ތެރެއިން އޮތީ ހުރަގެ އަދަގޮޑިބަލަމިގައުމާމެދުނުވިސްނާވެރިޔަކު ގައުމުގެރައްޔަތުންބޭނުމެއްނޫ؟؟

  8. އަހްމަދު

    މިމީހުންވެސް ރީދޫ ޕާރޓީ މީހުން ގޮތަށް ދޮގުހަދަން ފެށީދޯ ،

  9. ޖުހާބެ/ އިންނަމާދޫ

    މިއީ އެއްކަލަ އަނގަލޮނދި ޠާރިޤު ދޯ!

  10. ޑައެލޯގް

    ބަލަގަ ނަރުދަމާ މަސައްކަތަކީ ހުރިހައި ސަރުކާރަކުންވެސް ކުރަމުންއައި މަސައްކަތެކެވެ. އެކަން ބާރުސްޕީޑުގައި ދާންފެށީ 2008 ގެފަހުންނެވެ. ދެންފަހަރަކު ރަށެއްގައި އަޅަމުންދިޔައެވެ. ދެން އެއްރިޔާސަތަކުން އެއްކޮށްނުނިމެނީސް ދައުރުހަމަވަނީއެވެ. އޭގެމާނައަކީ ކުރީސަރުކާރުން ނުކުރީކީނޫނެވެ. އެކަމަކު މިސަރުކާރުން މިވެސް ފިތުނައަކަށްހަދައިފިއެވެ. ކުރީސަރުކާރުން އަޅާނުލިއްޔޭބުނެއެވެ. ބަނދަރުހެދުން އައިޑީކާޑުހެދުން، ޕާސްޕޯޓުހެދުން ނަރުދަމާއެޅުން މިއީ ހުރިހައިސަރުކާރުންވެސް ކުރަމުންއައިކަންކަމެވެ.