ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޫއެން ގައި ތަގުރީރު ކުރެއްވުމާ ގުޅިގެން ކުރީގެ އެންވަޔަރމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމް އެމަނިކުފާނަށް ތައުރީފު ކުރައްވައިފިއެވެ.

ކުރީގެ މިނިސްޓަރ ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެތައް އަހަރުތަކަކަށް ފަހު ޔޫއެންގައި ދިވެހި ރާއްޖޭގެ ރައީސަކު ތަގުރީރު ކުރެއްވުމަކީ ފަހުރެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި މޫސުމީ ބަދަލުތައް ފަދަ މުހިންމު މައުލޫ އަކާއި ބެހޭގޮތުން ރާއްޖެ ފަދަ ގައުމެއްގެ ރައީސަކު ތަގުރީރު ކުރެއްވުމުން އެކަމާ އުފާ ކުރައްވާކަމަށްވެސް ކުރީގެ މިނިސްޓަރ ތޯރިގު ކުރެއްވި ޓުވީޓުގައި ވެއެވެ. އަދި އެފަދަ ބޮޑު ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ރައީސް ތަގުރީރު ކުރެއްވުމަކީވެސް އުފާކުރައްވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ މިނިސްޓަރ ތޯރިގު ވަނީ މިކަމާ ގުޅިގެން ރައީސް ސޯލިހަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިއީ މިފަދަ ކަމެއްގައި އިދިކޮޅު ޕާޓީގެ އިސްވެރިޔަކު އެމަނިކުފާނަށް ތައުރީފު ކުރެއްވެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރައީސް ޔޫއެންގެ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ވަޑައިގަތުން ގިނަ އިދިކޮޅު އިސްވެރިން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާފައިވާ ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ގައުމު ހާސްކަމެއްގެ ތެރޭގައި ވަނިކޮށް އެމަނިކުފާނު ކުއްލިގޮތަކަށް ބޭރަށް ފުރައިވަޑައިގަންނަވަން ޖެހުމަކޯ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ.

ރައީސް ސޯލިހް ބައިވެރިވެ ވަޑައިގެން ތަގުރީރު ކުރެއްވި، އދ ގެ 74 ވަނަ އާންމު ޖަލްސާ ބާއްވައިފައިވަނީ އިއްޔެ ނިއުޔޯކްގައެވެ. އެންމެ ފަހުން މިފަދަ ޖަލްސާ އެއްގައި ރާއްޖޭގެ ރައީސަކު ތަގުރީރު ދެއްވައިފައި ވަނީ 2012 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފިނރުޓޭ

    ދެން އަނެއްހެން ތޯބެ ޕޮލިޓީސަނުން އުޅޭ ފާޑަކަށް އުޅޭ ބޭޅެއް ނޫނެއްނު! ޔާމީނު ހިތް ރުއްސަންސޭ ތޯބެ އާ އެހެންމީސްމީހުންވެސް ޔެމްޑީޕީ މީހުނަށް އެއްޗެތި ކިޔަފާ ހުރީ! އަނެއްހެން އެމީހުންގެ ކޮންސަންސް ޤަބޫލު ކުރާތީ އެއްނޫނޭ އިނގޭ!

    7
    5
  2. ޅަރާ

    ވަރައް ފުރިހަމަ ތަގުރީރެއް. ހީވަނީ އިންގްލިޝް ޑިކްޝަނަރީގަ ހުރި ބަސްތައް އުކިހެން. އިބޫއައް ކިޔުނު އެއްޗެއް އޭނަ ޔައްވެސް ނޭގޭކަން ފެނިގެންދިޔައީ. އަޑުއަހާ މީހާގެ ބޮލުގަ ތަޅާ ހެން ހީ ވަ ނީ. ދިވެހި ރާއްޖޭގެ ކުޑަކުދިންވެސް ތިޔައްވުރެ ރީއްޗައް އިގިރޭސިބަހުން ވާހަކަ ދައްކާނެ.

    22
    1
  3. Anonymous

    އިބޫ ޔޫ އެން އަށް ތަޤްރީރު ކުރަންދާން އުޅުމުން އެކަމާ އި ދެކޮޅުހަދަޢި ވާހަކަ ދެ އްކީ އިނދިކޮޅު މީހުނެ އްނޫން. އެކަމާ އި ދެކޮޅުހަދާ އިބޫގެ ނަފްސު މީސްމީޑިޔާގަ އި ގަތުލުކުރަމުން ދިޔަ އީ ސަރުކާރުގަ ތިބި އަންނި ފެކްސަނު މީހުން.

  4. އަންމަޑޭ

    ތި ތޯރިގު މިހާރު އެއުޅެނީ އެމްޓީޑީސީ ގެ ބޯޑް މެންބަރ ކަން ހޯދަން. އެހެންވީމަ އެވަރަށް ސަރުކާރަށް އެ ސަނާ ކިޔަނީ. އަޑުއެހިން ދިގުރަށު ގޭގެއަށް ހިނގާގެން ވެސް އެރަށުން ހިއްސާދާރުން ގެ ސޮއެ އެވަރަށް ނުލިބުނު ވާހަކަ.

    1
    1
  5. ފަޔާޒް

    ސަރުކާރު ކުންފުންޏެއްގެ ބޯޑް މެންބަރ ކަން ބޭނުން ވެގެނޯ ތޯރިގް އެއުޅެނީ. މަ ކައިރިއަށް އައި ސޮއެ ހޯދަން. ބައި ލައްކަ ދޭނަމޭ ބުނީމަ ރަށުތެރޭ ސޮއެ ހޯދަން ހިނގީވެސް މަ. އަދިވެސް ނުދޭ އެ ލާރިއެއް.

    1
    1
  6. ޢިންމަ

    ޢަޑުއެހިން އެމްޓީޑީސީ ފެ ބޯޑް މެންބަރ ކަން ހޯދަން ސޮއެ ހޯދަން އުޅެއުޅެ ހަމަ ނުވި ވާހަކަ. އެހެންވެޔޯ މިހާރު ސަރުކާރަށް މާ ވަރަކަށް ސަނާ އެކިޔަނީ.ސަރުކާރު ފަޅިން ބޯޑް މެންބަރ ކަން ހޯދާށޯ

  7. ޢަބްދުލް ޣަނީ

    ޢެމްޓީޑީސީ ބޯޑް މެންބަރު ކަން ބޭނުންވިޔަސް ތީ ފުކެއް ބޯޑުވަރު. ތޯރިގަކީ ކާކުކަން އަހަރުން ވ ރަނގަޅަށް ދަންނަން. އެއިރަކު ކާން ލިބޭ ކޮޅަކަށް ދާނީ.