އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ތަކުގެ ސަބަބުން ކައުންސިލްތަކުން ހޭދަވަނީ ބޭކާރު ފައިސާތަކެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޑަބްލިޔުޑީސީތަކަކީ ކައުންސިލްތަކުގައި އަންހެނުންގެ ކޯޓާ ކަނޑަނޭޅޭއިރުގެ "އެއްޗެއް" ކަމަށެވެ.

ކޯޓާ ކަނޑައެޅުމާއެކު މިހާރު މުހިންމީ ހޮވިފައިތިބި އަންހެން ކައުންސިލަރުންގެ ދައުރު ފުޅާކުރުމަށް އެހީތެރިވުން ކަމަށާއި ޑަބްލިޔުޑީސީ ބާއްވައިގެން އިތުރުހޭދަ ކުރާވަރަކަށް އުނިވަނީ ކައުންސިލަށް ލިބޭމަދު އާމްދަނީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ ޑަބްލިއުޑީސީތައް އުވާލަން ފެނިވަޑައިނުގަންނަވާ ކަމަށް "ވިޔަވަތި" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް ސޯލިހް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އެއްކޮށްލައިގެން ކުރިއަށްދާން ފެނިވަޑައި ނުގަންނަވާ ކަމަށާއި، ބަދަލުގައި މަސައްކަތް ކުރަންވީ މިހާރު އޮތް ގޮތަށް ކުރިއަށް ދިއުަމށް ކަމަށެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު ހިތުން ކުރަންވީ ކަމަކީ، ޑަބްލިޔޫ.ޑީ.ސީ.ގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާޙައުލެއް ޤާއިމުކޮށްދެއްވުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިގޮތަށް ކުރިއަށް ދާނަމަ ކުރިއެރުން ލިބިގެންދާނެ ކަމަށާއި، އެގޮތުން އައްޑޫސިޓީ އަދި ފުވައްމުލަކުގެ ކައުންސިލުން އަމަލުކުރައްވާ ގޮތުން ނަމޫނާ ދެއްކެވިއެވެ. ރައީސް ވިދާޅުވީ އެ ކައުންސިލްތަކުން ޑަބްލިއުޑީސީތަކަށް ވަރަށް ބޮޑު އެއްބާރުލުމަކާއިި އެހީތެރިކަމެއް ފޯރުކޮށްދެއްވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރަންވީ ކަމަކީ މާލީ ގޮތުން ހުރި ދަތިތައް ހައްލުކޮށްދީ މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް އެކުލަވާލަންވީ" ރައީސް އިބްރާހިމް މުހައްދު ސާލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޕޮލެން

    ބައެއް ކައުންސިލް ތަކުގެ އަންހެން މެންބަރުންނަށްވުރެ ޑަބްލިއު.ޑީ ސީ މެންބަރުން ރަނގަޅު

    6
    3
  2. ހުސޭނުބޭ

    މީނައަކީ އަންހެނުންނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ މީހެއް. ހަމަ މިހާރު ހިފާ ހައްޔަރުކުރޭ

    7
    12
  3. ވ

    މި5 އަހަރު މެންބަރަކު ހެދިއެންމެ ބޮޑު ތެދު

    27
    3
  4. ޘޛޝޞޥޛ

    އަސްލުވެސް ހަމަ ވަރަށް ބޮޑު ބޭކާރު ޚަރަދެއް

  5. ރަތްގައު

    އަސްލު ވަރަށް ރަނގަޅު ވާހަކަފުޅެއް ވައްޑޭ ބުނުއްވީ... ޔަގީނުންވެސް އަޅުގަނޑުމެންރަށުގައި ނޫނީ އަތޮޅުގައިވެސް އަންހެނުން ކޮމެޓީތަކުގެ ބޭނުމަކީ ރަށައް ވަޑައިގަންނަވާ ބޭފުޅުންގެ ކުރުނބުފޮދު ކެއުން ބުއިން ހަމަޖައްސައިދިނުން... ނޫނީ ތުންފޮހެދިނުން. ހަމަގައިމުވެސް މިނޫން ބޭނުމެއް ނުކުރޭ.. އިތުރު ބޭކާރު ޚަރަދުތަކެއް... ކައުންސިލްތަކުން ބޭނުމެއް ނުކުރޭ މިނޫންގޮތަކަށް... ކަމެއް ކުރާއިރު ބަހަންޖެހޭ އެއްޗެއް ބަހަނީ ، ގޮޑިމޭޒް ޖަހަނީ މީހުންނަށް ކިޔަން ޖެހުނަސް މިހުރިހާ ކަމެއް ކުރަނީ އެ 5 މެންބަރުން... މިހާރުން މިހާރަށް އުވާލަންވީ ކައުންސިލްތަކުން ޒިންމާ ނަގާ މައްސޫލިޔަތު އަދާކުރަންވީ..

  6. ރަތްކަކުނި

    5 މެންބަރުންގެ ބައްދަލްވުންތައް ބާއްވަންޖެހެނީ ހޮޓާ ރެސްޓޯރަންޓް ނޫނީ ބީޗް ، ހޮޅުއަށި ފަދަ އިޖްތިމާއީ ތަންތަނުގައި.. ލިޔެކިޔުން ބަހައްޓާނެ ތަނެއް ނުހުރޭ .. ކޮންމެވެސް މެންބަރަކުގެ ގޭގާއި އޮފީސް ހިންގަންޖެހެނީ.. މީ ކުރާ ބޭކާރު ބޮޑު ހޭދައެއް... ކޮމެޓީތަކަށް މަގުފަހިކޮށްދީ އަމިއްލަ ހާލަށް އުޅެވޭވަރުކޮށްދީފައި އޯކޭ.... ކައުންސިލްގެ މެންބަރުންނާއި ކޮމެޓީގެ މެންބަރުން ފިކުރު ތަފާތުވިއްޔާ ދުވަސްދިޔައީ... މަހުންމަހަށް މުސާރަ ނަގާގެން ކަނީ.... ވައްޑޭއަށް ހަމަ އައްސަރިބަހާ ސާބަސް މަލަސްވެއްޖެ.......

  7. ކަދުރޭ

    ހަގީ ގަތެއް.

  8. ފިޔަވަޅު

    ރައްޔިތުން މަޖިލީހުގެ ސަބަބުން ފައިސާގަނޑެއް ބޭކާރެއް ނުވޭތޯ

  9. އަޙްމަދު

    ވައްޑެ ކަލޯ އަނގަ ނުތަޅާ ހުރެ، އެންމެ ގިނަ ބޭކާރު ފައިސާ ހަރަދުވާ ތަނަކީ ތީ! ތި ޤާނޫނު ހަދާ ނުނިމޭ މަޖިލިސް" ޤާނޫނު ހަދާށޭ ކިޔާފަ ޤާނޫނީ ގޮތުން އެއްވެސް ތަޢުލީމެއް ލިބިފަ ނެތް އަލިފެއްއަލިފެއް ބާއެއް ނޭންގޭ، އެންމެ ގަދައަށް ހަޅޭއްލަވާ އޭރަކު އޮންނަ ސަރުކާރަކަށް ސަނާ ކިޔާ އިދިކޮޅުގަ ތިބޭ މީހުންނާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ މީހުން މަޖިލީހަށް ލައިގެން އެއިން ކޮންމެ މީހަކަށް 82000 ރުފިޔާ ދިނުން އެއީ ދައުލަތުން މިހާތަނަށް ކުރާ އެންެމެ ބޮޑު ބޭކާރު ޚަރަދަކީ،

  10. Anonymous

    މަޖިލހުގަވެސް ތިބެންޖެހެނީ ކޮންމެ އަތޮޅަކުން މެންބަރެއް ،ދެން ތިބި މެންބަރުން ފޮނުވާލަންވީ

  11. ފަލާޙް

    ކުރީގެ މެމްބަރުކަން ކުރި ފަރާތްތަކަށް ދިހަ ހާހުން ހޭދަކުރާ ފައިސާއަކީ ދައުލަތުން ބޭކަރުގޮތުގައި ހޭދަކުރާ ފައިސާއޭ ކިޔާފަ އެ ފައިސާގެ އިނާޔަތް ކަނޑާނުލަނީ ކީއްވެ؟
    ކުރީގެ ރައީސުންނަށް ލައްކައިން ހޭދަކުރާ ފައިސާއަކީ ބޭކަރުގޮތުގައި ހޭދަކުރާ ފައިސާއޭ ކިޔާފަ އެ އިނާޔަތުގެ އަދަދު މަދުނުކުރަނީ ކީއްވެ؟

  12. މަރިޔަމް ޖިލްވާ

    އެއްވެސް ކަމެއްނުކޮށް ގަވައިދުން މުސާރަދޭ ބައެއް. ސްޕޯޓްސް ކައުންސިލަރަކިވެސް ހަމަ އެއްވެސް ތާކުންތާކުޖެހޭ މަގާމެއްނޫން. މުސާރަނަގައިގެން ކުރާކަމެއް ހަރާމުން ހަތްހަރާން.

  13. މުވައްޒަފެއް

    ކައުންސިލް އިދާރާއެއްގެ މުވައްޒަފެއްގެ ހައިސިއްޔަތުން ބުނާނަމަ އަންހެނުން ކޮމެޓީ ތަކަކީ ބޭކާރު ކޮމެޓީތަކެއް... އެ ކޮމެޓީއަށް ޚާއްސަކޮށް ރޫމަކާއި ކޮމްޕިއުޓަރ ސިސްޓަމްއާއި ޕްރިންޓަރާ ހުރިހާ ވަސީލަތެއް ޤާއިމް ކޮށްދިނީމަވެސް އެއްވެސް ކަމެއް އަމިއްލަ އަށް ނުކުރެވޭ. އަނެއްކޮޅުން ބުނާނަމަ އަންހެނުން ކޮމެޓީއަށް ޤާނޫނުގެ ތެރެއިންވެސް އެބަހުރި ހުރަސްތައްވެސް މިސާލަކަށް އެމީހުންނަށް އަމިއްލައަށް ފަންޑްރެއިސް ކުރުމަށް ކުދިކުދި ވިޔަފާރިވެސް ނުކުރެވޭ. މިވެސް އތމ ކޮމެޓީ ޑީމޯޓިވޭޓްވީ ކަމަކަށް ވެދާނެ.

  14. އައިސާ

    ފިރިހެނުން ކާރީގަ އުޅެނީ އަލަމްގިރީ

  15. އާމިނާ

    އަހަރެންނަކީ އެމްޑީޕީ މެމްބަރުންނަށް ވަރަށް ތާޢީދު ނުރާ މީހަކަސް މިފަހަރު ވައްޑެ އެބުނީ ހަމަ 100 ގެ ވާހަކައެކެވެ. އަންހެނުން ކޮމިޓީތަކަކީ މުސާރަދީފާ އެގޮތަށް ހޮވައިގެން އެއްކަމެއްނުކޮށް ފައިސާދޭންޖެހޭ ބައެއްނޫނެވެ. އެއަށްވުރެ ކޮންމެ ރަށެއްގެ ކައުންސިލަށް 2 މަސައްކަތު މީހުން އިތުރުކޮށް ރަށުގައި ހުންނަ އިޖްތިމާޢީ ކަންކަން އެމީހުންލައްވައި ރަސްމީ ގަޑީގައި ކުރުވިއްޔާ މާރަނގަޅުވާނެއެވެ. 10000ރ މުސާރައެއް ދީފައި ކައުންސިލްގެ ބެލުމުގެދަށުން އެމީހުންނަށް މަސައްކަތްތައް ދެއްކިދާނެއެވެ. ކީއްކުރާ ކޮމިޓީތަކެއްހެއްޔެވެ. ތިކަމަކާހެދި މިހާރު އަންހެނުންގެ މެދުގައިގައިވެސް އުފެދެނީ ފިތުނައެވެ. ކުރީގަ ކުރާވަރަށްވެސް އިޖްތިމާޢީ މަސައްކަތެއް ކޮށްލުމަށް އަންހެނަކު ނުނިކުމެއެވެ. އަދި ބައެއް ކޮމިޓީތަކަށް ހޮވިފައިތިބީ ކޮންމެވެސް އެހެން ވަޒީފާއަދާކުރާ ބޮޑު މުސާރަ ލިބޭ މީހުންނެވެ. ވަޒީފާއެއް ނެތް މީހުންނަށް އެއްޗެއް ލިބުންވެސް މާރަގަޅެވެ.

  16. ޖުމައިލް

    ކަލޭމެންނަށް ތިކުރަނީވެސް ބޭކާރު ޚަރަދެއް.ކައުންސިލް ތަކަޢްބެސް ބޭކާރު ޚަރަދު.އެއްވެސް ވަރަކަށް ތައުލީމަށް ނުބަލާ ޒިންމާދާތު ތަންތަމަށް އައްޔަންކުރީމަ ވާނީ ތިހެން.

  17. ޥާލުސޮރު

    ތީހަމަ ބަރާބަރު ވާހަކައެއް