ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ކުދިންނަށް އާ ވެކްސިން ޖަހަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުއްޖެއްގެ ގަޔަށް މީގެ ހަތަރު މަސް ކުރިން ޖެހި ވެކްސިނަކީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ކަމަށް ބުނެ އާއިލާއަށް އެންގުމުން އާއިލާއިން އެކަން ފެންމަތި ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން "ވަގުތު"އާ ވާހަކަ ދެއްކި ވެކްސިން ޖެހި ކުއްޖާގެ އާއިލާގެ މީހަކު ބުނީ އެ ކުއްޖާއަށް ވެކްސިން ދީފައިވަނީ ކުއްޖާގެ އުމުރުން ހަތަރު މަހުގައި ކަމަށާއި މިހާރު ކުއްޖާގެ އުމުރުން އަށް މަސް ވެފައިވާ ކަމަށެވެ.

"ކުއްޖާއަށް މިހާރު 8 މަސް، ހަތަރު މަހުގައި ވެކްސިން ޖެހީ. އަދި ކިރިޔާ ގުޅާފައި ބުނީ، ޖެހުނީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ކަމަށް" އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހިކަމަށް ބުނެ، ވިލިމާލޭ ހޮސްޕިޓަލުން ކުއްޖާއަށް އަލުން ވެކްސިން ޖަހަން އައުމަށް އާއިލާއަށް ވަނީ އެދިފައެވެ. އެގޮތަށް އެދިފައިވަނީ ހެލްތް މިނިސްޓްރީން އަންގައިގެން ކަމަށް ވެއެވެ. އަދި މިއަދު ފެންމަތިވި މައްސަލައިގައި ވެސް ކުއްޖާގެ އާއިލާއިން ވަނީ އޭރު މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހިކަން އާއިލާއަށް ސިއްރު ކުރަން ހެލްތް މިނިސްޓްރީން ހޮސްޕިޓަލަށް އަންގާފައިވާ ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ހަވާލާދީ ބުނެފައެވެ.

މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، އެއީ ކުރީގެ ވޭދަނައެއް ކަމަށާއި މިހާރު އެކުދިންނަށް އާ ވެކްސިން ދެމުން އަންނަ ކަމަށެވެ. މިނިސްޓްރީން ބުނީ، އެކުދިންނަށް އާ ވެކްސިން ދެމުން އަންނަނީ ބައިބަޔަށް ބަހާލައިގެން ކަމަށެވެ.

މިނިސްޓްރީން އެފަދައިން ބުނި ނަމަވެސް މިހާތަނަށް އެގޮތަށް ކިތަށް ކުދިންނަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދެވިފައިވާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓްރީން ބުނީ، އޭރު ފެންމަތިވެފައިވާ މައްސަލައާއި ގުޅިގެން ވިލިމާލެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަރުނުލާރާޅު

    މިހިރީ މިމީހުންގެ ފެންވަރު މުޅި ސިސްޓަމް ފެއިލްވެފަ ސަރުކާރު ފެއިލްވެފަ މިއޮތީ ވާ ރާއްޖެ އެއް އެކަމަކު ހައި ޕްރައޮރިޓީގަ މިއުޅެނީ ކަށިހަރުމީހަކު ހުރިތޯ ކޮނެމުން

  2. Anonymous

    ހެލްތުމިނިސްޓަރަކަށް ތަކުލީފު ކެނޑިފަހުރި މުސްކުޅިއެއް ހުރުމުގެ ސަބަބުން އަދި ދިވެހިންނަށް ހިތްނުބައި މީހަކަށްވާތީ ލިބޭގެއްލުންތަށްމީ!!!

  3. މުހައްމަދު އަންޖުމް

    އެހެންނުވާނީ މުއްދަތުހަމަވެފަ ހުރި ބޮޑުޣައްދާރަކަށް ގައުމުގެ ސިއްހީދާއިރާ ހިބަކުރީމަ ވާއެއްނުވާއެއް އިނގެނީއެއްނޫން މުޅިންސިޔާސީ ކުލަޖެހިފަހުރިމުސްކުޅި ޔަކަށް މިހާނާޒުކު ދާއިރާއެއް ހަވާލުކުރީމަ ދެންވާންވި ގޮތްމިވީ ދެންވެސް ރައްޔިތުން ހޭއަރާކަށް ނުވޭތަ މިގައުމުގަ ހެލްތްދާއިރާއިން ކުރިޔަށް ގެންދެވޭވަރުގެ މީހުންތިބިއިރު އެމީހުންނާ ހަވާލުކުރަންވީ އޭރުން ދެންވެސް ރަނގަޅެއްވާނީ

  4. ތަކުރު

    ސާބަހޭ