ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ ކަމަށްވާ އަބްދުއްރަހްމާން ރަފީއުއަށް ދިން އަދަބު ކުޑަ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ބޭނުން ވެއްޖެއެވެ.

ކްރިމިނަލް ކޯޓުން އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާއިރު، އޭނާ ވަނީ އަލަމްގިރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަަމަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އޭނާ ވަނީ ބަޔާނެއް ނެރެ، ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އަބްދުއްރަހްމާން ރަފީއު އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އަދަބުގެ ދެ ގުނަ މަތި ކުރުމަށްފަހުއެވެ. ކްރިމިނަލް ކޯޓުން ފުލުސް މީހާގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބޭ އިހްތިޔާރު ބޭނުންކޮށްގެންނެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، އަބްދުއްރަހްމާން ރަފީއުގެ މައްޗަށް އަދަބު ކަނޑައެޅި ގޮތާމެދު "ހިތްހަމަ ނުޖެހޭތީ" އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ 7 މަހާއި 6 ދުވަހަށް ޖަލު ބަންދު ކޮށްދޭން" ޕީޖީން ބުންޏެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، ދައުލަތުން އެދުނީ ނާޒިމް ވެސް ޖަލަށް ލުމަށެވެ. ނަމަވެސް ނާޒިމްގެ މައްސަލަ އިސްތިއުނާފު ކުރާކަށް ދައުލަތަކުން ނުނިންމައެވެ.

ދިވެހިން ވެސް ހިމެނޭހެން ގިނަ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގި އަލަމްގިރް އަށް ވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ހަތް މަހަށް ޖަލަށް ލުމަށެވެ. އޭނާގެ އިތުރު ދައުވާތަކެއް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޟމ

    ރައްޔިތުންނަށް މިހާރު މި މީހުންގެ އެޖެންޑާ ސަފުވާނެކަމަށް އުންމީދުކުރަން

    41
  2. Anonymous

    މިތަނުގެ އަދުލު އިންސާފެއް ނެތްކަމާއި ގާޟީންގެ ކޮރަޕްޓްނުބައިނުލަފާކަން ވަރަށް ރަގަޅަށް އެނގިހާމަވެއްޖެ.
    އަންނިގެ ކޮއްކޮ ނާޒިމް ސައްތާރު މީޑިޔާގައި ލިވާތުކުރިކަމަށް ދެކޮޅުހެދި. ކޯޓުގައި އެއްބަސްވިކަމަށް ބުނަނީ. ޝަރީޢަތް ހިންގީ ނާޒިމް ބޭނުންވާ ގޮތަށް ސިއްރުން. އައީ ތިންމަހުގެ ޖަލުހުކުމެއް.
    ޕޮލިސް މީހާ ތަހުޤީޤުގަވެސް އެއްބަސްވެ ޕަބްލިކް ސްޓޭޓްމަންޓެއްދީ މަޢާފަށް އެދުނު. ޝަރީޢަތުގައިވެސްއެއްބަސްވެ މަޢާފަށްއެދުނު. ނަމަވެސް ގާޟީއަށް ފެނުނީ ޕޮލިސްމީހާ ވީމަ އެންމެ ބޮޑުއަދަބުދޭން. ޕޮލިސްމީހާ ވަނީ ގާނޫނުގައި ބުނާ އަދަބުލުއިވާނެ ހުރިހާ އިޖުރާތެއް ފުރިހަމަ ކޮށްފައި. ނަމަވެސް ނާޒިމް ފުރަތަމަވެސް މީޑިއާގައި އިންކާރުކުރީ. ހުކުމް ކުރީމަވެސް ތިމަންނަ ލިވާޠު ނުކުރަމޭ ފިރިހެންކޅ އޭ ކުޅުނީ ލިވާޠުކުރިއޭކިޔާ މީޑިއާ ތަކާއިދެކޮޅަށް ދައުވާ ކުރާނެ ކަމަށްބުނެ ގަދަބަސް ބުނެ އަދަބު ލުއިވާނެ ގިނަކަންތަކަށް ދެކޮޅުހަދާފައި ވަނީ. ނަމަވެސް ޤާޟީއަށް ފެނިލެއްވީ މަގާމުގެ ދަހިވެތި ކަމާހުރެ އާޚިރަތް ވިއްކާފަ ދުނިޔެ ގަނެ ނާޒިމަށް ތިންމަހުގެ ބެޑްރެސްޓެއްދޭން.

    ކުރީ އެއްކުށެއް. އަދަބު ލުއިވާނެ ހުރިހާ ގޮތެއްހެދި ފުލުހަށްދިނުމަށް ގާޟީއަށް ފެނުނީ ބޮޑު އަދަބު. ފާޅުގައި ހެކިހުރި އަދި ފާޅުގައި އިންކާރުކުރި މީހާއަށް ދިނުމަށް ޤާޟީއަށް ފެނުނީ އެންމެ ކުޑައަދަބުގެވެސް ބައިކުޅަބައިގެ އެންމެ ކުޑަބައި.

    އުމުރު ދުވަހު ހުކުމްކުރަން އިންނާނެކަމަށް ހުވަފެންދެކުމަކީ ގޯހެއް.
    މިގައުމުގެހާލަތު ވަރަށްސާފުމިހާރު. ހުކުމްކުރި ގާޟީއަށް ސަލާމް.

    42
    3
  3. މިތުރު

    ދެން އެމްޑީޕީ ގުނބޯތައް އަތްޖަހާ . މިއޮތީ ޢަދުލު އިންސާފު މިނިވަންކޮށްދީފަ އެމް ޑީ ޕީ ލާދީ ނީ ބައިގަނޑު. ޕޮއް.

    38
  4. ހުސޭނުބޭ

    އެސޮރު އެހައި ގިނަ ދުވަހު ޖަލުގައި ބާއްވާތީ ޕީޖީ ފަކީރު ކިހާ އެކަނިވެރިވާނެ. އެހެންވެ އަދަބު ކުޑަކޮށްގެންވެސް އެސޮރު އެބަ ޖެހޭ ކައިރީގައި ބަހައްޓަން.

    33
    1
  5. ރިސްމީ

    ކީކޭ ބުނާނީ ދެން. ބޮޑުވަރެއް ތީ

    27
    1
  6. ދުންމާރި

    ނާޒިމު ސަލާމަތްކޮށް ދޫކޮށްލާންވެގެން ޤނޫނު ޢުޤޫބާތުގެ ދަށުން ދަޢުވާކުރީ ދެންކީއްވެބާ ނާޒިމު ސައްތާރަށް ޙުކުމްކުރިގޮތަށް އެންމެނަށް ޙުކުމް ނުކުރީ؟ އެއްކަމެއެްގަ އެކިމީހުނަށް އެކި އަދަބު ދެވޭތަ؟ ސަދޫމުގެ އިންސާފުތާދޯ

    26
  7. ރިލޭ

    ހަވާދު ޕާޓީ )

    25
    1
  8. ނ

    ސަމީމު ކަލޭ ނެތިކުރައްވާ ހަލާކު ކުރައްވާށި.

    28
    1
    • ިކަހުރަބު

      އާމީން

      10
  9. ސޫއޫދު

    މިމީހުންނިސްބަތްވާ ޖަމާއަތުން.ހުކުންވެސްނެރެންވީ މިދައުލަތައްފެތުރިފަވަނީ މިބައިގަނު އމޑނ މިއުޅޭ އިބުރާހީމާ މަގާމުތައްދީގެން އުޅެނީ މުޅިންވެސް އެޖަމާއަތުމީހުނައް ކެންސަރް ހެންފެތުރި މުޅިތަންހަލާކުވެދަނީ ހައްލަކީ 2023.ރޭޑިއޭޝަންދިނުން މިކެންސަރުބައްޔައް.

    19
    1
  10. އަލްޖިބްރާ

    ތިޔަމީހާ ތިޔަ ބަންގާޅީ އާއި އެކު ލިވާތު ކުރިކަމަށް އެވަނީ އިއުތިރާފް ވެފަ ! ތިޔަމީހާ މަރަން ހުކުމް ކުރިއަސް ފާފަވެރި ނުވާނެ ! ޖަންގަލީ ޖަނަވާރުންވެސް ތިޔަ ލިވާތު ކުރި މީހުނަށްވުރެ ތާހިރުހެން ހީވަނީ ! މިވަރުގެ ބަޔަކަށް ދިން އަދަބު ބޮޑުވެގެން ސަރުކާރުން އަދަބު ކުޑަކުރަން އުޅުމުން ސާބިތުވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ލިވާތު ކުރުން ފަދަ ނުބައި ޖަރީމާތަށް ސަރުކާރުން ކުރިއަށް ޖައްސަން ބޭނުންވަނީހެން !

    24
  11. Anonymous

    ބަޔަކަށް ބަލާވެރިކަން ޖެހޭނީ މިހާވަރަށް، މާތްﷲ ކަލޭމެންގެ ނުބައި ރޭވުންތައް ނާކާމިޔާބު ކުރައްވާށި، އާމީން.

    24
  12. Anonymous

    ސާބަހޭ ފަނޑިޔާރުން. މިމީހުން އެންމެން އެއްބަސް ވެގެން ޑީލް ހަދައިގެން ކުޅޭހާ ޑްރާމާއެއް ކުޅުނަ ނުދޭތި!

    21
  13. Anonymous

    ވަކި މީހަކަށް ވަކިގޮތެއް
    ﷲއަށް ބިރުވެތިވެ އަންގަވާފައިވާ ގޮތަށް ޢަދުލަށް ޙުކުމް ކުރައްވާ. ހިސާބު ބެލެވޭނެކަން ޖަޒާ ދެއްވާނެކަމް އަންގަވާފައިވޭ

    23
    1
  14. Anonymous

    ނިކަމެތި ފުލުހަށް ބޮޑު އަދަބު.
    ތިންބާރުގެ ވެރިޔާގެ ވަކީލު ކޮއްކޮއަށް ކުޑައަދަބު

    17
  15. ސަރީފް

    ގުޅުން ހިންގީމަ 3 މަސް - 6 މަސް. ބަރަހަނާ ޔާޔާ 1 އަހަރު. ލޮލް

    17
  16. އަރީ

    ޝަމީކު ކަލޭޔީވެސް އެއްޖިންސުން ގުޅުން ހިންގަން ތާއީދު ކުރާމީހެއް ދޯ

    19
  17. ރަން ރީނދޫ

    ސަމީމް ،ހުކުމް ވެސް ލިޔެފައި ބުނޭ ގާޒީ ކާރީ ގަނޑު ގައި އޮތްގޮތަށް ބަލައިގެން ކިޔާށޭ. އޭރަށް އެއޮތީ އަދުލު އިންސާފު ލިބި ތާހިރު ފަނޑިޔާރުގެއެއް ގާއިމްވެފަ.

    16
  18. ނަނާ

    ގައުމުން މިއަދު ފެންނަމުން މި އަންނަނީ ލިވާތު ކުރުން ފަދަ ފާހިޝް ޢަމަލުތައް ކުރުމަށް ސަރުކާރުން ހިތްވަރުދޭ މަންޒަރު. އެ ބުނެދެވެނީ އެފަދަ ބޮޑު ހަރާމް ކަމެއް ކުރިޔަސް އެމީހެއްގެ ދިފާއުގައި ދައުލަތުން ތެދުވާނެ ވާހަކަ. މިހާ ބޮޑު ކަމެއްގައި އެހާ ކުޑަ ހުކުމެއް ކުރީމަ އަދި އެ ވެސް ބޮޑުވެގެން ދައުލަތުން މި އުޅެނީ. އަނެއްކާ އެމީހާއެއް ވެސް ނޫން އިސްތިއުނާފު މި ކުރީ. އެމީހާ ނޫންތޯ ދާންވީ. އޭނާ އެ ހުރީ ހުކުމް ގަބޫލުކޮށްގެން. އޭގެ ބަދަލުގައި ދައުލަތުން މި ދަނީ.

  19. ދީދީ

    މިރާއްޖޭގައި ހިނގާ މިބާވަތުގެ ކަންކަމާއި ވާހަކަދެއްކުން ދެން ހުއްޓާލައިފިން. ޕީޖީ ޝަމީމް ވިދާޅުވަނީ ގިޔާމަތް ދުވަހުން އެންމެންނަށްވެސް އިންސާފު ލިބޭނެކަމަށް. އެހެންވީމައި މިދުނިޔޭގައި ދެން އެކަމާއި އުޅޭނެކަމެއް ނެތެއްނޫންތޯ. ވެރިން ދެކޭ ގޮތުގައި މިދުނިޔޭގައި އިންސާފަކީ އެމީހުންނަށް އޮތް އެއްޗެއް، ނިކަމެތީން ދާން އޮތީ ހުރަގެއަށް.

  20. Anonymous

    ކިހާ ބޮޑުވެއްޖެ މުސީބާތެއްދެންމީ މިކަހަލަ މީހުންނާ ހެދި މިޤައުމުން އިސްލާމްދީން ފުހެވިގެންދާކަށް މާގިނަ ދުވަހެއް ނުނަގާނެ.ތިމާ ހެއްދެވި ފަރާތެއް ވާކަމެއްވެސް ނޭނގެނީތަ

  21. އަހްމަދު

    އެއްޖިއްސުން ގުޅުން ހިންގާ މީހުންނަކީ ވީއަިޕީންކަމަށް ހަމަޖައްސަންވީއެއްނޫން! މިވަރުންވެސް ބައެއްމީހުންނަށް ނޭނގޭނެ މިމީހުންގެ އެޖެންޑާ!!!!ބޯހަލާކު!

  22. ޢުދޫ

    ހިހިހީހީހީ ހުހުހުހޫ ހޭހޭހޭ ދެން އެޖެންޑާ 19 ގަހިމެނޭ ކަންތަކަކީމީބާ

  23. ޒިޔާއުލް ޙައްޤު

    އިސްލާމީ ޝަރިއާ ޤާއިމްކުރަން ގޮވާލާއިރު މިއަދު ފަތިހުވެސް ފަތިސްނަމާދުގައި މިސްކިތުގެ 1 ސަފުވެސް ނުފުރޭ... މައިން ބަފައިންަށް އަޅާ ނުލާ މީހުން ބައިވަރު... އަނބިދަރިންގެ ހައްޤުތައް އަދާ ނުކުރާ މީހުން އެހާ ގިނަ... އަދި ލިވާތުކުރާ މީހުން އުސްތަނަކުން ވައްޓާ މަރަން ގޮވާއިރު ޒިނޭކުރި ކިތައް މީހުން މިރާއްޖޭގައި ރަޖަމު ކޮށްފިތަ؟ ވައްކަންކުރި ކިތައްމީހުން އަތްކަނޑައިފިތަ/ މުރުތައްދުވި ކިތައް މީހުން މަރައިފިތަ؟ ފޭރުނު ކިތައް މީހުންގެ އަތްފައި ކަނޑައިފިތަ؟ ޒަކާތް ނުދައްކާ މީހުނާ ހަނގުރާނަކޮށްފިތަ? ހަމައެކަނި ލިވާތާ އަޅައިގަނެގެން އުޅުނީމާ ފެންނަނީ މުނާފިޤްކަން.