ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފައި ވަނީ އެފަދަ ތިން އެއާޕޯޓު ތަރައްގީ ކުރެވޭ ވަރުގެ އަގެއްގައި ކަމަށް ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

އެކަމާ ގުޅިގެން ކުރީގެ މިނިސްޓަރު ތޯރިގް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހަނިމާދު އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އަގު ކަމަށްވާ 2.1 ބިލިއަން ރުފިޔާ އަކީ ގާތްގަނޑަކަށް މިކަހަލަ 3 އެއާޕޯޓް ތަރައްގީ ކުރެވޭނެ ވަރުގެ އަގެއް ކަމަށެވެ.

"މިއީ މި ސަރުކާރުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ދިވެހިންނަށް ބުރަ އުފުލަންޖެހޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް" ތޯރިގް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާ އިރު، މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިތުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.

މި މަޝްރޫއު ފުރިހަމަ ކުރަން އަމާޒު ހިފާފައި އޮތީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކިހާބޮޑުވެއްޖެކަމެއް. ރާއްޖޭގައި ބިލިއަންރުފިޔާގެ އިންވެސްޓްމަންޓްތައް ކުރަންޖެހެނީ ހަމައެކަނި މާލޭގައި ޕޕމ ވެރިކަމުގައިތަ. ކިޔާނެއެއްޗެއް ނެތިއްޔާ މަޑުންތިބެބަލަ، ޔާމީން ޝަރީއަތުގެ ލައިވް ބަލަން

    އެކަމަކު ބުނާނެ މާލެ އަތޮޅު ނޫން އެހެން އަތޮޅުތައް މާލޭފެންވަރަށް ތަރައްޤީ ކުރަންޖެހެއޭ. ކަމެއްކުރަން އުޅޭއިރަށް މިކިޔަނީ އެހެން ވާހަކައެއް.

    7
    5
    • ޙަފޯ

      ބްރޯ ފެންނަން ހުރި ހަގީގަތް މީ. ސައީދުގެ ވާހަކަ ތެދު. ޖީއެމް އާރު އަތުން ވެލާނާ އެއަރޕޯރޓް އަތުލި މައްސަލައިގެ ބަދަލުހިފުމެއް މީ. ޢިންޑިޔާއިން އުޅެނީ އެ މުޅިއަތޮޅުގެ ސިނާއަތް އެމީހުންގެ ބާރުގެދަށަށް ގެނެސް ހަނިމާދޫ އެއަރޕޯރޓް ތަރައްގީކޮށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަށް ލިބެމުން އަން ފަތުރުވެރިކަމުގެ ފައިސާ އާއި އިންޓަނޭޝަނަލް އުދުހުންތަކުގެ ފައިދާ އެތަނަށް ބަދަލުކޮށްލަން. މިހާރުވެސް އެދަނީ އެއާރޕޯރޓަށް މުއައްޒަފުން ހޯދަން އިންޑިޔާގަ އިސްތިހާރު ކުރަމުން

  2. Anonymous

    ބްރޯ ފެންނަން ހުރި ހަގީގަތް މީ. ސައީދުގެ ވާހަކަ ތެދު. ޖީއެމް އާރު އަތުން ވެލާނާ އެއަރޕޯރޓް އަތުލި މައްސަލައިގެ ބަދަލުހިފުމެއް މީ. ޢިންޑިޔާއިން އުޅެނީ އެ މުޅިއަތޮޅުގެ ސިނާއަތް އެމީހުންގެ ބާރުގެދަށަށް ގެނެސް ހަނިމާދޫ އެއަރޕޯރޓް ބައިނަލްއަގުވާމީ އެއަރޕޯޓެއް ހެން ތަރައްގީކޮށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަށް ލިބެމުން އަންނަ ފަތުރުވެރިކަމުގެ ފައިސާ އާއި އިންޓަނޭޝަނަލް އުދުހުންތަކުގެ ފައިދާ އެތަނަށް ބަދަލުކޮށްލަން. މިހާރުވެސް އެދަނީ އެއާރޕޯރޓަށް މުއައްޒަފުން ހޯދަން އިންޑިޔާގަ އިސްތިހާރު ކުރަމުން