މިއަދުގެ ވަގުތެއްގައި ހދ. ނޮޅިވަރަންފަރުން ކެނޯއެއްގައި މަސް ހިފަން ނުކުތް މީހަކު ގެއްލިގެން ހޯދަން ފެެށިއެވެ. އެހެން ނަމަވެސް އޭނާ ހޯދަން ފެށިތާ ދެ ގަޑިއެއްގާ އިރު ތެރޭގައި އޭނާ ވަނީ ފަތާފައި ރަށަށް އެނބުރި އައިސްފައެވެ.

ފުލުހުން ވިދާޅުވީ، ނޮޅިވަރަންފަރު ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް އެތަނުން އެކަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 2:15 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން ދަނީ 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރިއެވެ.

އެރަށުން "ވަގުތު"އާ ވާހަކަދެއްކި މީހަކު ބުނީ، ތިން މީހަކު ކެނޯއެއްގައި ބޯވަ ނަގަން ނުކުމެ އުޅެނިކޮށް، އެކަަކު ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ "ފީނާފައި އަޑިއަށް ގޮސް ނޭރީމަ" ކަމަށް އެތަނުން އެކަކު ކިޔާދިން ކަމަށެެވެ.

ކެނޯއެއްގައި މަސް ހިފަން ނުކުތް މީހަކު ގެއްލިއްޖެ

އެ މީހުން ނުކުމެފައި ވަނީ ބޯވަ ނަގާށެވެ. އޭގެ ތެރެއިން އެކަކު މޫދަށް ފައިބާ ބޯވަ ނެގުމަށް ފީނަން ފެށިއެވެ. އޭނާ ފަހަތުން ކެނޯގައި ދެ މީހުން ދިޔައެވެ. ނަމަވެސް އޭނާ ފީނާފައި އަޑިއަށް ގޮސް ނޭރުމުން އެ މީހުން ވަނީ އަނބުރާ އެެއްގަމަށް ގޮސްފައެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓް ކުރިއެވެ.

ނަމަވެސް އެ ފިރިހެން މީހާވެސް ވަނީ ބޯވަ ނަގައިގެން މިއަދު ހަވީރު 16:25 ހާއިރު ރަށު ބަނދަރުން އެއްގަމަށް އަރާފައެވެ.

އޭނާ ރަށަށް އަރާފައި ވަނީ އެންމެ ބޯވައެއް ހިފައިގެންނެެވެ.

"އޭނާ ބުނީ، އެ މީހުން ނައްޓާލިތަން ފެނުނޯ.. އެހެންވެ މަޑުމަޑުން އައީ އޯ"

ފުލުހުން ފަހުން ވިދާޅުވީ، ގެއްލުނު މީހާ ފަތާފައި ރަށު ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓާ ފެނިފައިވާ ކަަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބީތާވެދާނެ

    މިވަރު ބަޔަކާއި އެއްކޮށް މަސްހިފަންދާކަށްނުވާނެ.. ނަސީބެއް ރަށާއިގާތްކަމުން ފަތާފައި އެރުނުކަން..

  2. ބީތާވެދާނެ

    މިވަރު ބަޔަކާއި އެއްކޮށް މަސްހިފަންދާކަށްނުވާނެ.. ނަސީބެއް ރަށާއިގާތްކަމުން ފަތާފައި އެރުނުކަން...

  3. Anonymous

    އެކަކު ބުނީ ދެމީހުން މަސް ހިފާށޭ އެނެކަކު ބުނީ ތިންމީހުން ބޯވަ ނަގާށޭ...؟؟؟

  4. ޢެރިކް

    02:15 ގަ ފުލުހުންނަށް ރިޕޯޓް ކުރި މީހާ ފެނުނީ 16:25 ހާއިރު ރަށު ބަނދަރު މަތީ ހުއްޓާ ، ދެން ފުލުހުން ދެ ގަޑި އިރު ތެރޭ ކޮންކަމެއްތޯ ކުރީ މީހާ ހޯދަން ،؟؟

    2
    1