އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ދީފިއެވެ.

އޭޑީބީން ރާއްޖެއަށް ދިން އެހީތަކާއި ގުޅޭ އެއްބަސްވުުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިއަދު ސޮއި ކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ކޮވިޑް-19 ގެ ވެކްސިން ރައްކާކުރުމާއި، ޑެލިވަރީ ކުރުމާއި، އިދާރީ ހިންގުމާއި، ޑިސްޓްރިބިއުޓް ކުރުމަށް ފަންޑު ކުރުމަށް މިއަދު 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް މުޅި ރާއްޖެއަށް ކުރާ މަސައްކަތްތަކަށް މި ޕްރޮޖެކްޓްގެ އެހީތެރިކަން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އޭޑީބީން މީގެ ކުރިންވެސް ރާއްޖެއަށް ވަނީ ހިލޭ އެހީ ދީފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައު ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައި ވެއެވެ.

ކޮވިޑާ ގުޅިގެން އޭޑީބީން ވަނީ 51 މިލިއަން ޑޮލަރު ރާއްޖެ އަށް ދީފައެވެ. މީގެތެރެއިން 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އަކީ އޭޑީބީން ދީފައިވާ ލޯނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަހުރަބު އިއްބެ

    ރައްޔިތުންނަށް ތިފައިސާ ބޭނުން ކޮށްގެން ކާނާގެ ބާވަތްތައް އުފައްދަން ފެކްޓްރީ އެއް އަޅަންވީ ނުންތޯ ؟ މި ތަނުގައި ދިހަމިލިއަން ޑޮލަރު ޚަރަދުކޮށްގެން ފޭކް ބައްޔަކަށް ވެކްސިން ޖެހުމަށްވުރެ މާ ރަނގަޅުވާނެ. ކޮވިޑުން އެއްކަމެއްވެސް ނުވާކަން މިހާރު މުޅި ދުނިޔެއަށްވެސް އެނގޭ ނޫންތޯ؟

  2. Anonymous

    ހެވިލާފަ ތިޔައިގަ ހިފާނެ ތިޔަޔައް ވާގޮތެއް އިނގޭނެ މީހަކު މިދުނިޔެއަކު ނުހުންނާނެ.

  3. ދަރަނި ދަންތުރަ

    އަމީރޫ އަވަހަށް ފެން ފޮދަކާނުލާ ދިރުވާލާ

  4. ކެހުރި

    ތިހާފައިސާ ލިބޭއިރުވެސް ރައްޔިތުންނަށް އެނގުމެއް ނުވޭ. ތަކެތީގެ އަގު އޮބިނޯވޭ. ވެރިންނަށް އަންނަ ޢީދު. ވެރިންގެ ޖީބު ބޮޑުވަނީ.

  5. ގަބުޅިބާދަލާ

    އިންތިޚާބަށް އެއްކުރާ ފަންޑް. ތަފާތު ނަންނަމުގަ ޔަހޫދީންގ ދީން ފަތުރަން ދޭ ހަފިޔާ ތިޔާއީ. އަވަހަށް ވޯޓެއްވިއްކާނެއަގު އެންމެން ކަންޑައަޅާ. ތިޔާއީ މަމެންނަށް އެންގޭކަންތައްނަ.ގަނޑިީޔާ

  6. މުހަންމަދު

    ތިގޭން ބޮޑުވާނީ ވެރިންގެ ޖީބު.....