ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން ހަދާފައިވާ ފްލެޓެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްެްގައި ހުންނަ ސެޓެލްކޯ ޓަވަރެއްގެ ހަތަރު ވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް މިރޭ 18:45 ހާއިރު ލިބުނު ކަމަށެވެ.

ހާދިސާ ހިންގި ސަރަހައްދަށް އެފްއާރުއެސްގެ ސިފައިން ދިޔައިރު ގޭގެ ވެރިފަރާތުން ވަނީ އެއްކޮށް އަލިފާން ނިއްވާލާފައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވި ފްލެޓްގައި އަލިފާން ރޯވި ފަހުން އެ ފްލެޓްގެ ތިރިއަށް ހުރި ފްލެޓްގައިވެސް އަލިފާން ކޮންމެވެސް ވަރަކަށް ރޯވެފައިވެ އެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހަދާފައިވާ މި ފްލެޓްތަކުގައި މުވައްޒަފުން ދިރިއުޅެން ފެށީ މިދިޔަ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބޫ

    އެމްއެންޑިއެފަކުން ވިދާޅެއްނުވާނެ. ބުނާނީ. މުއައްސަސާތަކުން ބުނާނީ ނުވަތަ އަންގާނީ. ވަކި ވަކި ފަރުދަކަށް ނިސްބަތްކޮށް ވިދާޅިވުން ބޭނުން ކުރަން ވާނީ. އެތަނުގަވެސް ވަކި މީހެއްގެ ނަމެއް އަންނަ އިރު ވިދާޅުވެވިދާނެ.

  2. ދަރަނި ދަންތުރަ

    ދަރިންނޭ އަލިފާނަކީ ކޮންއެއްޗެއްކަން ދަސްކުރަންވެއްޖެދޯ ، ހާދަ އަލިފާނާ ދޯޅު ފުލެޓެކޭތީ ، ރައްކާވެ ތިބިއްޔާ ދަތުރު ، ވިސްނާ ދަރިންނޭ