ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ޓީޗަރުންގެ އާ މުސާރައިގެ އޮނިގަނޑުގެ ދަށުން ކުރިއެރުން ލިބުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ހެދިއިރު ބަލަފައި ވަނީ އެ ޓީޗަރުން ހޯއްދަވައިފާ ފާހަކާ ގުޅޭ އޮނިގަނޑަށް ކަމަށެވެ. އަދި މިހާރު އޮންނަ އޮނިގަނޑުގެ ދަށުން ޑިގްރީ ލެވެލްގެ ފެންވަރުގެ ޓީޗަރެއްގެ މަގާމު ވެސް ހަތަރު އަހަރަށް ފަހު ކުރިއެރުން ލިބޭ ގޮތަށް އޮންނަ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

އަދި އެ ހަތަރު އަހަރުގެ ތެރޭގައި މާސްޓާސް ޑިގްރީ ހާސިލް ކުރި ނަމަވެސް މިހާރު އޮންނަ ގޮތުން މާސްޓާސް ލެވެލްގެ މުސާރައެއް ނުލިބޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެކަން މިނިސްޓްރީއާއި ޓީޗަރުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދަން މަސައްކަތް ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ޕޭ ކޮމިޝަންއާ ވެސް ހިއްސާކޮށްފައި ވަނީ ސިވިލް ސާވިސްއާ ވެސް މަޝްވަރާކުރަމުން އެބަ ގެންދަން. އަދި މި އޮނިގަނޑު ތަންފީޒުކުރެވުމުން މުދައްރިސުންގެ ކަންބޮޑުވުންތައް ވެސް އަޅުގަނޑުމެން ޕޭ ކޮމިޝަން އަދި ސިވިލް ސާވިސްއާ ވެސް ހިއްސާ ކުރަމުން އެބަ ގެންދަން" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ކަންބޮޑުވާންޖެހޭ ކަމެއްކަމަށް މިނިސަޓރު ބުނާއިރު އޮނިގަޑު ތައްޔާރުކުރީ މިނިސްޓަރާއި އެޣިޔުކޭޝަންގެ ލަފާމަތިން..ދެން ކޮން ވާހަކައެއްތޯ...މިހާރު އެދިޔުކޭޝަނުން ޕޭ ކޮމިޝަންނަށް ތިޔަކަން ތިޔަ ކަނޑަލީ

    12
  2. ޟެން

    ޓީޗަރުންނަށް ލިބޭ އެއްޗެއް މިހާރު މަދެއްނުވާނެ. ޓެކްސީ ޑްރައިވަރުން ހެން އުޅޭނެކަމެއްނެތް.

    7
    8
  3. ދިވެހި ޒުވާނުން

    ކައުންސިލްތަކުގެ މަސައްކަތު މީހުންނާއި ކައުންސިލްގެ އިސް މަގާމުތަކުގައި މަސައްކަތް ކުރާމީހުންނާއެއްވަރު މަސައްކަތު މީހަކަށް 7000 +އޯޓީ އަދި ޑިރެކްޓަރ އަކަށް 8835 + އޯޓީ އާއި އިނާޔަތު ގެއަށް ގެންދާ މިންވަރު މަސައްކަތު މީހާއަށްވުރެ މަދު މީ ކިހެނެއްވާ ކަމެއް އަދި ބާޒާރުގެ ތަކެތި އަގު ބޮޑު ކަމުން ދަރާ ނިމިފައި އެންމެން

  4. ގައުމީ

    ދެން އަހަރެމެން މިކުރަނީ މަސައްކަތެއްނުން ދޯ ؟ އަބަދުވެސް ތިޔަ ގުރޫޕް ތައް ފަހަތުން ތިޔައުޅެނީ

    3
    1
  5. މޫސަ

    ޑިޕްލޮމާ ލެވެލްގެ ޓީޗަރަކާއި ޑިގްރީ ލެވެލްގެ ޓީޗަރުންގެ މުސާރަޔާއި އެލަވަންސް ވަރަށްތަފާތު ބޮޑު. އެކަމަކު ޑިގްރީ އާއި މާސްޓަރގެ ތަފާތު ވަރަށްކުޑަ. އަދި ހުރިހާ ޓީޗަރުން ވެސް މަސައްކަތް ކުރަންޖެހޭ ވަގުތު އެއްވަރު. ކުރަން ޖެހޭ މަސައްކަތްވެސް ތަފާތެއްނޫން. އެކަމަކު ޙާޟިރީ އެލަވަންސް ވެސް ދެނީ ސެޓްފިކެޓަށްބަލައިގެން. ސެޓަފިކެޓާ ާ. ޙަޟިރުވުމާ އޮތީ ކޮން ގުޅިމެއްބާ؟ މިއީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ތާކު ތިބި ތަނެއްދޮރެއް ނުދަންނަ ބަޔަކު ހަދާފަ އޮތް އެއްޗެއް.

  6. ލލ

    ތިކަމެއްކުރީމާ އަހަރުމެންގެ ހަރަދު ބޮޑުވެއްޖެ..ދަރީގެ ސްކޫލް ފީ އެހާ ބޮޑު.....މިނިސްޓަރޫ....

  7. އާލާ

    އިދާރީ މަސައްކަތް ކުރާ މީހުންވެސް ކުރަނީ މަސައްކަތް ސެޓްފިކެޓް އެލަވަންސް އެއްނުލިބޭ. ތަފާތު ކުރުން އިންތިހާ.