ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބަނގުރާ ފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމް އާއްމުކުރި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ފުލުހުންނަށް ފާޑުކިޔައިފިއެވެ.

މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާދައިގެ ދިވެހި ރައްޔިތަކު މަރުޖުއާނާ ފަތެއް ޖެހި ޓީޝާޓެއް ލައިގެން ހުއްޓާ ފެނުނަސް ގޮޅިއަށްލާ ދެމަސް ދުވަހުގެ ހުކުމެއް އިއްވާ ކަމަށެވެ. އާދައިގެ ރައްޔިތު މީހާ ޖަލަށް ލަނީ މަސްތުވުމަށް ހިއްވަރު ދިނީއޭ އިސްތިހާރު ކުރީ އޭކިޔާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ބަނގުރާ އިސްތިހާރު ކުރުންމުން ފުލުހުން ވެސް ތިބީ ހަމަ ހިމޭނުން ކަމަށް މޮސްޓާ ވިދާޅުވިއެވެ.

ޝަމީމް ބަނގުރާ ގެންގުޅޭ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ޝެއާ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޝަމީމް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއަކުން ފެނިގެން ދަނީ މަރަނީ ބްރޭންޑުގެ "ސެޕެރާވީ ރެޑް ޑްރައި" ބަނގުރާފުޅިއެއް އަތުން ހިފައިގެން ހުންނަވާ މަންޒަރެވެ. އެފޮޓޯގައި ޝަމީމް ލިޔުއްވާފައިވަނީ "ވެލްކަން ޓު ޖޯޖިއާ" އެވެ.

މަރާނީ އަކީ ޖޯޖިއާގެ ބަނގުރާ އުފައްދުމުގައި މަޝްހޫރު ކުންފުންޏެކެވެ. ޝަމީމް ހިއްސާކޮށްފައިވާ ފޮޓޯގައި "ލިމިޓެޑް އެޑިޝަން" ޖަހާފައިވެއެވެ. "ސެޕަރާވީ" އަކީ ޖޯޖިއާގައި ބަނގުރާ އުފެއްދުމަށް ބޭނުން ކުރާ މަޝްހޫރު މޭބިސްކަދުރެކެވެ.

މިކަމާއި ގުޅިގެން ޝަމީމް "ވަގުތު" އަށް ވިދާޅުވީ، އެފުޅިއަކީ ޖޯޖިއާއަށް ވަޑައިގެންނެވި މީހުންނަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި ހަދިޔާއެއް ކަމަށެވެ. އޭނާގެ އިންސްޓަގްރާމަކީ އޭނާގެ އަމިއްލަ ޕްރައިވެޓް އެއްޗެއް ކަމަށާއި އެއީ ޕަބްލިކް އެކައުންޓެއް ނޫންކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ، އޭނާ ބަނގުރާ ފުޅިއެއްގެ ފޮޓޯލުން ބޭނުން ވަނީ ޕްރައިވެޓް ކަމެއްގެ ގޮތުގައި ބާއްވަން ކަމަށެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ރާއްޖޭގައި ޖިނާއީ ކުށްތައް ކަމަށް ބަލާ ކަންކަން ރާއްޖެ އިން ބޭރުގައި ކުރި ނަމަވެސް އެއީ ކުށެކެވެ. ބަނގުރާ ބުއިމާއި ބަނގުރާ ގެންގުޅުމަކީ ރާއްޖޭގެ ގާނޫނުތަކުގައި އަދަބު ކަނޑައެޅިފައިވާ ކުށްތަކެވެ. އެހެންކަމުން ރާއްޖެ އިން ބޭރުގައި ބަނގުރާ ބުއި ނަމަވެސް ނުވަތަ ބަނގުރާ ގެންގުޅުނު ނަމަވެސް އެއީ ކުށެކެވެ.

ނަމަވެސް ޝަމީމް އާއްމުކުރި ފޮޓޯ އާއި ގުޅިގެން ފުލުހުން އަދި ޖިނާއީ ތަހްގީގެއް ފެށިކަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. 54ކަލީމް

    އަމިއްލަފޯނުގަ އޮރިޔާން ފޮޓޯ ހުރުމަކީ ޕުރައިވެޓް ކަމެއް އެއީ ޕަބްލިކް ފޯނެއްނޫން އެހެންވީމަ އެގޮތަށް ބަލާފަ އޮރިޔާންކާޑު ގެންގުޅެގެން އަދަބުދެވޭމިހުން ދޫކޮއްލުމަށް ގޮވާލަން

    10
    • ބްލެކީ

      ބްލެކްމެއިލް ކުރުމަކީވެސް ޕަރއިވެޓްކަމެއް...އަމިއްލަ ރުފިޔާ އަޅާފަ ހުރި އަމިއްލަ ފޯނުން ކުރިއްޔާ އެ ޕްރައިވެޓްވީ...ބޯހަލާކު

  2. އަހުމަދު

    މިއީ ހެޔޮ ވެރިކަން. ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނަސް ހެޔޮ ވެރިކަން

    13
    1
    • ބަލާ ވެރިކަން

      މީ ބޮޑު ބަލާވެރިކަމެއް މުސީބާތެއް

  3. މުޖުތަމަޢު

    އެބޭޅާ ދޭނީ ތިބޭޅާއަށް ކަމުދާ އެއްޗެއްނޫންތޯ؟

  4. ރައްޔިތުން

    ކޮންމެ ކަމެއް ކުރިޔަސް ސަރުކާރޭ ކިޔާފަ މިތިބަ މީހުންނަށް އޯކޭ. މީން ކޮންމެ މީހަކު ކުރާ ނޫނީ ކުރަން ބޭނުން ކަމެއް ވީމަ އެހާ ކަންބޮޑެއް ނުވާނެ ދޯ

    13
  5. ގައުމީ ލޯބި

    މިވަރަު މީހުން ގާނޫނު ހިންގަން ތިބީމަ ރަލުގެ ކުޅި ހުއްޓޭނެތަ ދުވަހަކުވެސް؟

    އެ އެއްޗެހި ހިފައިގެން ބޮޑާކަމާއި އެކު ފޮޓޯނަގައި މީހުންނަށް ދައްކަނީ؟

    މަގާމަށް ކުފޫހަމަ ބާ؟

    15
  6. ހުސޭނުބޭ

    އަޖައިބެއް! ޕީޖީ ގެން ގެންގުޅުނު ފުޅީގެ އަނެއްބައި ޕޮލިހުންގެ ކަންކަން ބަލަހައްޓަން ތިބޭ އަނެއް ދެ މީހުންނަށް ބޯންދިނީމާ އެ މީހުންވެސް އެކަމަކާ ނޫޅޭނެ ދޯ.

    14
    • ޕޮލިސް

      ޟިހުރިހާކަމެއްގަ ތިބެނީ ޕޮލިހުންވެސް ބައިވެރިވެގެން

  7. ބުއްދި ފިލާފަ ހުރި މީހާ

    ފުލުހުންގެ އިސްމީހާވެސް އާއިލާއާ އެކު "ބިރެއް ނެތި" މަޖާ ކުރާ ފޮޓޯތައް ވަނީ އާއްމު ވެފަ އެހެންވީމަ ފުލުހުން ނަކަށް އަޅައެއް ނުލެވޭނެތާ.
    ޕީޖީ ބުނާނެ ތޯއްޗެ ކަލޭމެން ނުކުރާ ކަމެއް މަށެއްވެސް ނުކުރަމޭ.

    15
  8. Anonymous

    ސުޕްރީމް ކޯޓުން ޖިނާއީ މައްސަލަތައް ހިންގުން ހުއްޓާލަންޖެހޭ ޝަމީމު ހުރިހާ ދުވަހަކު.

    14
  9. ހައްހައް.

    އެއީ އެމީހެއްގެ ޕްރައިވެޓް ކަމެއް. ފުލުހުންނަކާ ނުބެހެވޭނެ. ލިވާތުކުޅިކުޅެގެން ފަޅާއެރީމަ އެބޭފުޅާގެ ބޭބެ ވިދާޅުވިޔެއްނު އެއީ އެމީހެއްގެ ޕްރައިވެޓްކަމެކޭ

  10. އައިމަން.

    މީހުން ރާ ވެސް އިސް ތިހާރު ކުރަންވީ، އެބޯންވެސްވީ، އެއްޖިންސުންނާ، ދެޖިންސުންނަ، ގްރޫޕާ، ބްލެކްމޭލާ ވެސް ކުރަންވީ..ވިއްކާ ކައި ބޮއި ގައިގަ އުގުޅާ ހޮޑައްވެސްލާންވީ..ގާނޫނު މިމީހުންނާ ދުރަށް ދުވަނީ..އާދައިގެ މީހަުން ހައްޔަރުގަ..ބަންދުވެފަ..އަޖައިބެއްފަދަ ތިލަފަތެއްގެ ވެރި ބައެއް މިއުޅެނީ. މިބައިގަޑަށް ވޯޓުދޭން ހެޔޮނުވާނެ. ޜައްޔިތުން ވިސްނާ..މުޅިގައުމު ފުޑާލައިފި..އިންސާފު ނަގާލައިފި

  11. ބާބޫޖީ

    ކިޔާތީ އެހިން އިސްޕެ ގިރީ އުސްޕެ ގިރީ ލޯ ގިރިޕަޅީ..ބާބޫޖީ