ރާއްޖޭގެ ޒުވާނުން ހަކުރު ބޮނީ މުނިފޫހިފިލުވުމަށް ކުރާނެ ރަނގަޅު ކަންކަން ނެތީމާ ކަމަށާއި ރާއްޖޭގައި ނައިޓް ކްލަބްތަކާއި ކެސީނޯތައް ހިންގަން ޖެހޭ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

"ވަގުތު" އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ޒުވާން އާބާދީގެ ބޮޑު ބައެއް މިހާރު ހަކުރަށް ގޮސް ހުސްވެފައިވާ ކަމަށާއި އެކުދިން ރިހެބްލިޓޭޓް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭ ކަމަށެވެ.

އަދި، ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި އޮންނަ އެންޓަޓެއިންމަންޓް ކުރިޔަށް ނުގެންދެވިގެން އުޅެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

"މަހުލޫފަކީ ވެސް ވަރަށް ރަނގަޅަށް ނަށާ ހައްދަވާ ބޭފުޅެއް، ދެން ކީއްވެގެންތޯ ޒުވާނުންނަށް މުނިފޫހިފިލުވައި ނުދެވިގެން އުޅެނީ؟" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަނީ މުނިފޫހިފިލުވޭނެ ފަހި ގޮތްތައް ރާއްޖޭގައި، ވަކިން ހާއްސަކޮށް މާލޭގައި ނެތުމުންނެވެ. އޭނާ ވިދާޅުވީ އެކަމުގެ ޒިންމާ މިނިސްޓްރީން ނަގަން ޖެހޭޏެ ކަމަށެވެ.

"ޒުވާނުން ހަކުރު ބޮނީ މިތަނުގައި މުނިފޫހިފިލުވަން ކުރާނެ ކަމެއް ނެތީމާ. އެހެންވީމާ ޒުވާނުންނަށް ކެސީނޯ އަޅާ، ނައިޓް ކްލަބުވެސް މިތާ ހިންގަން ޖެހޭ. އަޅުގަނޑު ގޮވާލަން މަހުލޫފަށް އެކަންކަން ކުރުމަށް" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއެއް ރާއްޖޭގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެތަން މިހާރު ވެސް ހުންނަނީ ސިޔާސީ ބޭނުމަކަށްޓަކައި ކަމަށެވެ. އަދި، ދީން މިތާ އޮންނަން ކޮންމެހެން މިނިސްޓްރީއެއް ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގުރުއާނެއްގައި ވެސް ނެތޭ އެނގޭތޯ މިނިސްޓްރީއެއް އޮންނަން ޖެހޭ ކަމަކަށް. އަޅުގަނޑު ބަލައިފިން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިނިސްޓްރީއެއް އޮވެގެން ވާ ފައިދާއެއް ނެތް ކަމަށެވެ. އަދި، މިނިސްޓްރީއެއް ނެތަސް ރާއްޖޭގައި އިސްލާމްދީން އޮންނާނެ ކަމަށާއި ދީން ދެމި އޮންނަނީ މިނިސްޓްރީތަކުން ވަކި ހާއްސަ ކަންތައްތަކެއް ކުރާތީ ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންވެ، އޭނާ ވަނީ އިސްލާމިކް މިނިސްޓްރީ އުވާލާ، އެންޓަޓެއިންމެންޓްގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އައްލާގެ އަފީފް

    މައިމީހާ ގާތުން ކިރު ދީގެން ބަލާ ބޮޑުކުރަނީ ހަކުރާއި ރަލާއި މަސްތުވާތަކެތި ދީގެނެއް ނޫން ފޫހިވީމަ ކީއްވެގެންތަ ކިރު ބޯން ނުދުވަނީ ؟ ހަމަ ޖާހިލުކަން ބޮޑުވީމަ ކާފަރުން އުޅޭ ގޮތައް އުޅެނީ ޖާބިރު މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް އައްޑޫ ހެރެތެރެ ރިސޯޓް ހިންގި އިރު ކަނބަލުންނަށް މުނިފޫހި ފިލުވަން ރާބޯންދިން ހަނދާން ހުންނާނެހެން ހީވަނީ

    50
    1
    • ހުސެއިން

      ޖާބިރު މިގައުމުގަ ހިންގަނީ ރިސޯޓްތަކެއްނޫން ނައިޓްކުލަބުތައް، ހެރެތެރެ ހިންގިއިރުގައާއި އެހެންތަންތަނުގަވެސް ޅައަންހެންދަރިންނަށް ރާބޯންދީފަ ގުރޫޕްސެކުސް ހެދުން އެއީ ޖާބިރާއި އޭނައާއެކީ އުޅޭމީންކުރާކަމަކީ!

  2. ދޮންކަލޭފާނު

    ޖާބިރޫ ހަމަހޭގައި ތޯ! ހޭލަބަލަ! ޤައުމުގެ ވެރިކަމާ ޙަވާލުވެލައްވަން ތައްޔާރަށް ހުންނެވިއިރު، ނިދިފައި ހުރެގެން ކަމެއް ކުރެވޭނެތަ؟

    53
    2
  3. ނަނަނަ

    ޖާބިރު، ދިޔާނާ ހުސްތަ؟

    37
    1
  4. ހޮނޑައިދޫ ލޮލީ

    މީނާ ގައުމުން ނެރެ ފައްސާލަންވީ. ރާބޮއެ، އެވިއްކާމީހަކު މަސްތުން ސަލާމަތްވާނެގޮތް ކިޔައިދެންތޯ ތިއުޅެނީ؟ މިތާ ސައްތައިން ސައްތަ އިސްލާމީ ވެރިކަމެއް ގާއިމު ކުރަން ނިކުންނަންވީ. ދީނީ ރަނގަޅު ޝެއިޚުން އެކަނި ރައީސް ކަމައްވެސް ހޮވަންވީ.

    42
    • މީ

      އަސްލުވެސް ރަނގަޅު ޝެއިޙުން ހޮވަންވީ. އިންޝާﷲ

      26
    • ޒައިކް

      އަފުޢާނިސްތާނާ ދަރުފޫރު އޮތް ހާލަތުގަ ޤައުމު ބާއްވސން ބޭނުންނަމަ ތިކަން ކުރަންވީ.. ނަސީބެއް ޓޫރިޒަމް ތަޢާރަފުކުރި އިރު ސޯޝިއަލް މީޑިއާއާ އައްޝެއިޙް ވައް ޝައިޙް ކިޔާފަ އުޅޭ ދެ ހަދީޘް ދަންނަ ޝޭކުން ނޫޅުނުކަން.. އޭރު ޝެއިހަކަށް ހުރީ މަޢުމޫނު، އެބޭ ބުނީ ރާ ބޯ މީހާއާ ވިއްކާ މީހާއާ އުފުލާ އަދި ހުއްދަ ދޭ މީހާވެސް ފާފަވެރިވުމުގަ ވާނީ ހަމަހަމައޭ.. ދެން މަކުނުދޫއަށް އަރުވާލީ.. އޭގެ ފަހުން އެބެއަށް ވެރިކަން ދިނީ ޝޭހެކޯ ކިޔާފަ ދެން އިހުނަށް ވުރެއް ރަލާ އޫރުމަސް އެތެރެކުރުން އިތުރުވެ ބޮންޑުވެއަރތައް ވެސް ހަދައިފި.. މިއީ ހާލަތަކީ..

      2
      2
  5. Anonymous

    ވަގުތު މިކަހަލަ މީހުންގެ ޚަބަރު ނުފަތުރާ.
    ޖާބިރު ފުރަތަމަވެސް އާޚިރަތުގެ މަތިން ހަނދާން ވޭތޯ އެއަށް ފަހު ދުނިޔެއާއިގެން އުޅެބަލަ
    މަރު ޤަބޫލު ކުރޭބާ. ހިސާބު ބެލެވޭނެކަން އެނގޭބާ. ޖަޒާލިބޭނެކަން އަންގަވާފައިވޭ

    35
  6. ނަޑަރޭ

    ލޮލް. ސާބަހޭ ޖާބިރު

    7
    15
  7. ކޭބަލް ޚަޜޫ

    ޒުވާނުން ހަކުރުބޮނީ ކުރާނެ ކަމެއް ނެތިގެންކަމަށް ޖާބެ ނުނާނަމަ ޖާބެ ސޫލާސިރާޖު ހިއްޕަވަނީ ކީއްވެ؟

    37
  8. މަބުނީ

    ދީން އޮންނާނެ ގިޔާމަތާ ޖެހެންދެން..ދީނަށް އަމަލު ކުރާނެ ބައެއް ނެތީ..މިހާރުވެސް ތިއުޅެނީ ކެސިނޯއަކާ ނައިޓް ކުލަބަކާ އަޅައިގަނެގެން..މިއީ ހުސްވެސް ﷲ ހަރާމްކުރެއްވި އެތައްކަމެއް ހިންގާ ތަންތަން..މިއީވެސް ބަޔަކު ވޯޓު ދީގެން ހޮވާފަހުރި މަޖިލިސް މެމްބަރެއް..އެހެންވީމަ އެބައެއްގެ ހަލާކު ލިބިގަންނަނީ އެބަޔަކު އަމިއްލަޔަށް..ލަދުން ބޯހަލާކު

    34
  9. ހުސޭނުބޭ

    ދެން ކަލޭ ރައްޔިތުން މަޖިލީހު ދޮރުމަތީގައި ރަތްދަކަ އަވީގައި އަވީލާފައި އޮތް މަހެއްހެން އެ އޮތީ ކޯންޗެއް ބޮއިގެންތަ؟

    50
  10. އައްޔަ

    ޒުވާނުން ހަކުރުބޮނީ ކާށިދޫ އާއި ގާފަރާދެމެދު ކޭބަލް ކާރު އަޅާފައި ނެތީމާ

    49
  11. Anonymous

    ތިވަރު މީހުން މަޖިލީހަށް ކުފޫ ހަމައެއް ނޫން

    41
    1
    • ށިޔާމާ

      މީނާއަށް ވޯޓުދިން މީހުން ކޮބާތަ؟

      31
  12. ރަދީފުލް ކުމާރު

    ފޫހިވީމާ މީހުން ހަކުރު ބޮއިތަ؟ ހަކުރުބޮނީ ސައިބޯއިރު ބަނޑުހައިވެގެންނޫންތަ؟

    34
    1
  13. އަލިބެ

    ކަލޭގެ ކަންތައް މާ މައްޗަށް ތި ދަނީ މިހާރު.
    މުނިފޫހި ފިލުވަން ހަރާމް ކަންތަކަށް އަރައިގަންނާކަށް ނުޖެހޭނެ.

    38
    1
  14. އަލީއިބރާހިން

    100% ރަނގަޅުވާހަކައެއް

    8
    26
  15. ޖާބެ ދަ ޖޯކަރު 🍾🍷

    ލޮލީ ޖާބެ ތީވެސް މަސްތުވާން ގެންގުޅޭ ތަކެތި ގަވާއިދުން ބޭނުން ކުރާ މީހެއް!

    17
  16. ޢައި

    ތިބުނާ ހުރިހާ އެއްޗެއް ލިބެންހުރި ގައުމުތަކުގެ ޒުވާނުން ހަކުރު ބޮނި ކީއްވެ

    23
  17. މަ

    ތިތަންތާ ޒުވާނުންނަށް ފާފައެއް ނުކުރެވޭނެތަ؟ މިދުވަސްކޮޅު މިދެކެވޭ ކަމުގެ ވާހަކަ އެކަންޏެއް ނޫންކަން ބޮޑުވެގެންވާ ހަމައެކަނި ފާފައަކީ އަހަރުމެން ދަންނަން. ހަލާލް އެތަށް ކަމެއް މުނިފޫހި ފިލުވަން އެބަހުރި. އަދަދު ނުކުރެވޭހާ ނިޢުމަތްތަށް މާތްﷲ ދެއްވަވާފަވޭ ކޮންމެ މީހަކަށްވެސް. ހިތަށް އައިހާ ގޮތަކަށް މުނިފޫހިފިލާނެކަމަށް އުޅެވެންނެތް ވަގުތީ ފާލަމެއް ފަދަ ތަނެއް ކަން ދުނިޔެމީ ގިނަ ޒުވާނުން ވެސް ދަންނާނެ ކަންނޭގެ މި މުސްލިމްގައުމުގަ

  18. Anonymous

    ހޮޑާފުށީގައި އިރުއަރާ މަންޒަރު ބަލަން ތިބެނީ އެހެންވެ ނުންތޯ !

  19. Anonymous

    ރާއްޖެއަށް ހުރި ލަދެއް.
    ޤައުމިއްޔަތަށް ހުރި ލަދެއް.
    މިކަހަލަ މީހުން ޓައީ އަޅާފައި ކޯޓު ފަޓުލޫނު ލައިގެން މާދަމާގެ ވަލިއްޔުލް އަމްރުކަމަށް ކެމްޕޭން ކުރަން ދޫކޮއްލުމީ ވެސް މި ސަރުކާރުގެ ހުރި މޮޔަކަމާއި ޖާހިލުކަން ފިޔަވާ ދެވަނަ ކަމެއް ނޫން.

  20. ޑައެލޯގް

    ފޫހިވާކަށް އަހަރުމެނަކަށް ވަގުތެއް ނުލިބެއެވެ. ޤުރުއާން ތަރުޖަމާ ކިޔާލާއިރަށްވެސް ފޫހިވާވަގުތެއް ނުލިބޭނެއެވެ. ޖާބިރަކީ ރާބޯމީހެއްކަން ކަށަވަރުވެފަވާއިރު ކާށިދޫގެ ލާދީނީމީހުން މިވަނީމީނާހޮވާފައެވެ. އަދި އިބޫއަކީވެސް ރޯބޮއެގެން އަރުވާލާފަހުރިމީހެކެވެ. މިމީހުން ހޮވިމީހުނަށް ދުނިޔެމަތީގަނޫނީ ޔަގީންކޮށް ގިޔާމަތްދުވަހު އެކަންފެންނާނެއެވެ.

  21. ވިސްނާ

    ތިކަމަށްއެއްބަސްވެވޭކަށްނެތްއެއީނުބައިކަމެއްކުރުމަށްހިތްވަރުދިނުމެއްއަދިސަބަބެއްނޯންނާނެތީވައްކަންކުރަނީކީއްވެ، ޒިނޭކުރަނީކީއްވެއިންސާނުންކުށަކާނުލައިމަރަނީކީއްވެހެދިފައިވާގަވާޢިދަށް
    ނުބަލައި ގަވާޢިދާ ޚިލާފުވަނީކީއްވެތޯ

  22. 😎

    މިތާކު ނެތް ރަނގަޅު ދީންވެރި ޟޭހުންނެއް ރައީސްކަމަށް ހޮވާކައް
    ތައުހީދު ސިއްރު ކުރާބަޔަކައް. ރައްޔިތުންނަށް ފުރަތަމަ ކިޔާދޭން ޖެހޭނީ ތައުހީދު.

  23. ބޮލުގާރިއްސާ

    ޒުވާނުން ހަކުރު ބޮނީ ހަވާ ނަފްސުގެ އެދުމަށް ތަބާވެ ދުނިޔޭގެ އިންތިހާބީ ހަޔާތް ޣާފިލުކަމުގެ ނިދީގައި އަވަހަށް ވޭތުކޮށްލުމުގެ ބޭނުމުގައިޔާއި، ވެއްޓޭ އަނދުވަޅެއްގެ ސަބަބުން ނިކުންނާނެ ދޮރެއް ނުފެނި އެޔަށް ގެނބި ހުސްވެފައިވާވަރު ބޮޑުކަމުންނެވެ.

  24. ބޮލުގާ ރިއްސާ

    ހަކުރު ބޯމީހުން ދުނިޔޭގައި އުޅެނީވެސް ހަކުރުބޯން.. އެމީހުން ދެބަޔަކަށް ބަހާލެވިދާނެ.. އެއްބަޔަކީ އެކި އެކި ވަޒީފާ އަދާކޮށގެން ލިބޭ ލާރިން ހަކުރު ބޯމީހުން.. އަނެއްބަޔަކީ ވައްކަމާއި ފުރުމާއި އޮޅުވާލައިގެން ލާރި ހޯދައިގެން ހަކުރުބޯމީހުން..

  25. ބޮލުގާ ރިއްސާ

    ހަކުރުބޯމީހުން އުފައްދަނީ ގައުމުތަކުގެ ސަރުކާރުން.. އެއީ ކެމްޕެއިން ތަކުގަ ލޭހޫނު މީހުން ހެޔޮ އަގެއްގަ ލިބޭނެ ޒަރިއްޔާއަކަށްވާތީ...

  26. ބޮލުގާ ރިއްސާ

    ރާއްޖޭގައި ކެސިނޯ ހެދުމަށް ހުއްދަ ހޯދަން މަސަކަތް ކުރުމުގެ ތެރޭގައި ފޮރުވިފައި ވަނީ މިގައުމުގަ ކުރިން ފާޅުގައި ނުކުރާ ބޮޑެތި ފާފަ ތަކުގެތެރެއިން ފާފައެއް ކުރުމުގެ މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރުން .

  27. ބޮލުގާ ރިއްސާ

    ޖާބިރު ތޢުލީމުއް ދިޔާނާ އިންވެސް ދިން ދަސްކުރުމަށް ގޮވާލަން