ކ. ގުރައިދޫ މަސްޖިދުލްއިޚާ އަށް މުދިމަކު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު "ވަގުތަށް" ވިދާޅުވީ ގުރައިދޫ މިސްކިތުގެ މުދިމުގެ ވަޒީފާ އަށް އިއުލާންކޮށް އިންޓަވިއު ކުރި މީހުންގެ ތެރެއިން ދެ މީހެއްގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. .

އެހެންކަމުން މިސްކިތަށް މުދިމަކު ނެރުމުގެ ކަންކަން ހަމަޖައްސަމުންދާ ކަމަސް އިސްލާމިކް މިނިސްޓްރީއިން ކައުންސިލަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

ގުރައިދޫ މިސްކިތަށް އިމާމަކު ހަމަނުޖެހުނީ ސިވިލް ސާވިސްގެ ޖަވާބެއް ނުލިބިގެން: މިނިސްޓްރީ

ގުރައިދޫގައި ޖުލްމަ ހުންނަނީ ދެ މިސްކެތެވެ. އެއީ އެ ރަށުގެ ބޮޑު މިސްކިތާއި މަސްޖިދުލްއިޚާ މިސްކިތެވެ. މަސްޖިދުލްއިޚާ އަކީ 400 މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭވެ ވަރުގެ މިސްކިތެވެ.

ރަށްރަށުގައި ހުންނަ މިސްކިތް ތަކުގެ މުދިމުން ހަމަޖެއްސުމާއި އެ މީހުނަށް މުސާރަ ދިނުން އޮންނަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ. ކައުންސިލްތަކަށް އޮންނަނީ މިސްކިތްތަކުގެ މަސައްކަތު މީހުން ހަމަޖެއްސުމާއި އެތަން މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިޔަވެސް އަޅުވާ ކުރީ ސަރުކާރު ބޮލުގައި.
    އޭނުންތަ އަތަށް ގޮވާގެ ބަލަދުވެރި ފަރާތް.
    ލަދުވެތި ކަންކަން މިހުންނަނީ. މުސްލިމު ޤައުމެއްމީ. ޚަރަދު ކުޑަ ކުރުމަށް ގޮވާފައި ބޭނުން ބަޔަކަށް މަޤާމު ދީފައި މިސްކިތުގެ މުދިމު ހަމަޖައްސަން ނޫސްތަކުން ހަޅެއްފަޅެއް ޖެހީމަ

  2. މޫސް777

    ޕޮލީޒް ތަކަންދޫ މިސްކިތް ވެސް

  3. ވަޠަނީ ލޯބި

    އިސްލާމިކް މިނިސްޓްރީ އިން ރަށްރަށުގެ މިސްކިތްތަކަށް މުދިމުން ނުވަތަ އިމާމުން ހަމަޖައްސާއިރު މިހާރަށްވުރެ ބޮޑަށް ބައްލަވަންޖެހޭ ކަމުގައި ދަންނަވަން. އިމާމު ކަމުގައި ތިބެގެން އޮންލައިންކޮށް ސެޓްފިކެޓް ލެވެލް ގެ ކޯހެއް ހެދުނީމާ، ބައެއް އިމާމުންނަށް ހީވޭ "ތިމަންނާ ވަރުގެ އެނގޭ މީހަކު" މިރަށުގައި ދެން ނުހުންނާނެއޭ! ތިމަންނާ ޤަބޫލުކުރާ ފެންވަރުގެ މީހުންނޭ މިސްކިތުގައި ތިބެންވާނީ. މިއީ ފެންނަމުންދާ ޙަޤީޤީ މަންޒަރު. ބޮޑެތި މީހުންނާ އެކި އުމުރުފުރައިގެ ޅަދަރިންގެ ކުރިމަތީ ބަސްމަގު ހުންނަނީ ވަކަރުގޭ ދަރީންނަށްވުރެވެސް ހުތުރުކޮށް. މީހުންނާ ދިމާލަށް ގޮވަނީ ހިތަށް އައިހާ އެއްޗެއް! ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނުހުރޭ. މިފަދަ މީހުންގެ ސަބަބުން މިސްކިތްތައް ދަނީ ފަޅުވަމުން.

  4. ދިވެހި ޒުވާނުން

    މިސްކިތު މުވައްޒަފުންގެ ތެރެއިން އެއްބައި އިސްލާމިކް މިނިސްޓްރީ އަށް އަނެއް ބައި މުވައްޒަފުން ކައުންސިލްތަކަށް ދެން މިސްކިތާއި ގޯތި ވެސް ދެ މުއައްސަސާއަށް ބަހާލަންފެނޭ މުންނޫރުން ތަންކޮޅެއް ރައީސް އޮފީހަށްވެސް ލާގޮތަށް މީ މަޖާކަމެއް