ކާޑިއޮލޮޖިކަލް ސޮސައިޓީ (ސީ.އެސް.އައި) އިން ބޭއްވި އެންމެ ބޮޑު އިންޓަވެންޝަނަލް ކާޑިއޮލޮޖީ ބައްދަލުވުން ކަމަށްވާ ނޭޝަނަލް އިންޓަވެންޝަނަލް ކައުންސިލް (އެންއައިސީ) މިޑްޓާމް މީޓިންގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި މަސައްކަތް ކުރާ ދެ ޑޮކްޓަރުން ބައިވެރިވެއްޖެއެވެ.

ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓެއް އައިޖީއެމްއެޗްގައި ހުޅުވާފައި ވަނީ 26 ޖޫން 2016 ގައެވެ. މެޑިޓްރީނާ ހޮސްޕިޓަލާއިއެކު އޮތް އެބަސްވުމެއްގެ ދަށުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް ފަރުވާ ކުރާ ގޮތަށް ހުޅުވުނު އެ ސެންޓަރުގައި ހިތުގެ ބަލީގެ ހާއްސަ 4 ޑޮކްޓަރުން ގަވައިދުން ބައްލަވަމުންގެންދެއެވެ.

އަދި ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ހާއްސް ޑޮކްޓަރެއްވެސް މި ސެންޓަރުގައި ބައްލަވަމުންގެންދެއެވެ. އެ ސެންޓަރުގައި ފުރަތަމަ އެންޖިއޮގްރާމް، އެންޖިއޮޕްލާސްޓީ އަދި ފުރަތަމަ އެލްއެމްސީއޭ އިންޓަވެންޝަނެއް ހެދުނީ 1 ޖުލައި 2016ގަ އެވެ. ފުރަތަމަ ސީޓީއޯ ހެދީ 16 ޖުލައި 2016 ގައެވެ. އަދި ފުރަތަމަ ޕްރައިމަރީ އެންޖިއޮޕްލާސްޓީ ހެދުނީ 17 ޖުލައި 2016ގައެވެ، މީގެ އިތުރުން ރޮޓަބްލޭޓަރު ހެދީ 2 ޖެނުއަރީ 2017 ގައެވެ.

އައިޖީއެމްއެޗްއިން ބުނީ މިއަހަރުގެ ޖޫންމަހުގެ 17 އިން 19 އިންޑިއާގެ ކާޑިއޮލޮޖިކަލް ސޮސައިޓީ (ސީ.އެސް.އައި) އިން ބޭއްވި އެންމެ ބޮޑު އިންޓަވެންޝަނަލް ކާޑިއޮލޮޖީ ބައްދަލުވުން ކަމަށްވާ ނޭޝަނަލް އިންޓަވެންޝަނަލް ކައުންސިލް (އެން.އައި.ސީ) މިޑްޓާމް މީޓިންގ ގައި ހިތުގެ ބަލިތަކަށް ހާއްސަ ގައުމީ މަރުކަޒުން ބައިވެރިވި ކަމަށެވެ.

ރާއްޖޭގެ ހިތުގެ ބަލިތަކަށް ޚާއްސަ ޤައުމީ މަރުކަޒަށް ނޭޝަނަލް އިންޓަވެންޝަނަލް ކައުންސިލް (އެންއައިސީ) ގެ ފަރާތުން ލިބުނު ދައުވަތަކަށް ރާއްޖޭގެ ފަރާތުން ބައިވެރިވީ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޑރ. އަލީ ޝަފީގު އާއި މެޑިޓްރީނާގެ ޑރ. އިމާދު ޝައިބާނެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދެ ޑޮކްޓަރުން ހުށަހަޅުއްވި މައުޟޫއަކީ ކޮމްޕްލެކްސް މެއިން އިންޓަވެންޝަނެެވެ. އަދި އެ ހުށަހެޅުއްވުން އެރީނާގައި ތިއްބަވާ ބޭފުޅުންނަށް ފެނިލައްވާނެ ގޮތަށް ވަނީ ލައިވް ޓެލެކާސްޓުކޮށްފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފައ ވެއެވެ.

މި އަހަރުގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ހިތުގެ ބަލިތަކަށް ހާއްސަ ގައުމީ މަރުކަޒުން ރާވައިގެން އައިޖީއެމްއެޗްގެ ނަރުހުންނާއި ޑަކުޓަރުންނަށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    އަލީ ސަފީގް އެއްވެސް މޮޅެއް ނޫން. އެއަށް ވުރެ މާ މޮޅެތި ޑޮކްޓަރުން ރާއްޖޭގަ އެބަ ތިބި. ހިތުގެ ބަލިތަކައް.

    2
    9
  2. Anonymous

    މީ އަސްލު ހިތްތަކުގެ ރައީސުންނަކީ
    ކަމާނުގުޅޭ މީހަކަށް ލަޤަބު ދީގެން މިއޮއް ހުރިހާ ދުވަހު.

    7
    1