އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް 8000 އެނދު ގާއިމް ކުރުމަށް މި ސަރުކާރުންވި ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކަށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކޮށް ނިމުމުން ބޮޑު ތިލަދުން މަތި ތަރައްގީ ވެގެންދާނެ ކަމަށާއި އަދި އެ ސަރަހައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް ތިލަދުން މަތީގައި 8000 އެނދު ގާއިމް ކުރުމުގެ މަސައްކަތް ސީދާ ކުރާނީ ސަރުކާރުން ނޫން ކަމަށާއި އެ މަސައްކަތް ކުރާނީ އިންވެސްޓަރުން ކަމަށް ވިދާޅުވި އެވެ. އަދި އެ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަމެއް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން - ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިން ފުޅާވެގެން ދިއުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރު. އެ ދަތިތަކާއި އެކުގައި އުތުރާއި ދެކުނުގައި ފަތުރުވެރިން ފުޅާކުރުމަށް މަސައްކަތް ކުރަނީ. ހަނިމާދޫ އެއާޕޯޓާއެކުގައި ތިލަދުންމަތީ ފަތުރުވެރިކަން ކުރިއަރުވާނެ އިންވެންސްޓަރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. 8000 އެނދުގެ ވާހަކަ ދައްކާއިރު، މި ދައްކަނީ ހަމައެކަނި ރިސޯޓުތަކުގައި އެހާ އެނދު ގާއިމް ކުރާ ވާހަކަ ނޫން. ރަށްތަކުގެ ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، އޭގެ ސަބަބުން އިތުރުވާ އެނދުވެސް އޭގެ ތެރޭގައި ހިމެނޭނެ." މިއުވާން ވިދާޅުވި އެވެ.

އޭގެ އިތުރުން މިއުވާން ވިދާޅުވީ އައްޑޫގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ކުރިއަށްދާ ކަމަށެވެ. އެއާޕޯޓްތައް ޑިވެލޮޕް ކުރުމުން އިންޓަނޭޝަނަލް އެއާލައިން ތަކަށް އެތަނަށް ހިދުމަތް ދެވޭނެ މަގުފަހިވެންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް ގެ ސަބަބުން ދުނިޔެއަށް އައިސްފައިވާ ހީނަރުކަން އެއްކޮށް ހަމައަކަށް އެޅުމުން ދެކުނާއި އުތުރުގައި 8000 އެނދު ގާއިމް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން - ފޮޓޯ: ރައީސް އޮފީސް

"އައްޑޫގައި 8000 އެނދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 5 ޓޫރިޒަމް ޒޯން ޑިވެލޮޕް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ، އިންޑިއާ ސަރުކާރުގެ ކޮމިއުނިޓީ ހައި އިމްޕެކްޓް ޕްރޮޖެކްޓްސް ގެ ތެރެއިން އެ މަޝްރޫއު ކުރިއަށް އެބަދޭ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ތަރައްގީވެ ދަތުރުފަތުރު ކުރުމަށް ފަސޭހަވުމުން ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަގީގަތް

    80000 ބުނިނަމަ ރަނގަޅުވީސް

    22
  2. ހުސެން

    ގޭގޭ ގަ އެބަހުރި 8000 އަށްވުރެ ގިނައިންވެސް ، އުލޭނެ ބަޔަކު ނެެތް ކަން އެނގިލައްވާތޯ!

    22
  3. އަވާމެންދުރު

    މަބްރޫކު ތިމަގާމުން ދުރުކޮށް މިއުވާން ތިމަގާމަށްލީ ދޮގުހެދުމަށް މިއުވާން މާ ކުޅަދާނަ ވީމަ. ރާއްޖެޓީވީގެ ޒަމާނުއްސުރެ ލަދެއްނެތި ދޮގުހަދަމުން އެދަނީ

    32
    1
  4. އަހްމަދު

    ކޮންތާކުތަ ކުރިޔަށް ދަނީ! މުޅި އަތޮޅުގެ އަލައް އާބަދުވާ ސަރަހަދު ތަކުގައި އަޅާ ގޭތަކުގައިވެސް ތިވަރަށް އެނދެއްނުހުންނާނެ

  5. ބޮޑުބެ

    އައްޑޫ އާބާދި އަށްބަލާއިރު 8000 އެދު މަދުވާނެ 23000 އާބާދިއަށް މިހާރު 23000 އަށްވުރެ އެދުއެބަހުރި ގޭގެ ޢަށްވަދެ ބަލާލަބަލަ. އެއްދޮގު ހަދާފިއްޔާ އެ ދޮގުކުރަން 7 ދޮގު ހަދަން ޖެހޭނެ

  6. ރަން ރީނދޫ

    ދޮގުހަދަމުން ހަދަމުން ގޮސް،އަނގައިން ތެދެއް ބުނަން ނުވެސް އެނގޭ ވަރަށް ޖާހިލު ވުމުން މި ފެންވަރަށް މި ދަނީ. ސާބަހޭ. ދަރިޔާ.

  7. ާދަލޭކް

    ކޮއްކޯފުޅާ ކޮންމެ ރަށެއްގަ އެބަހުރި 16000 ދޮގު ހެދުމުގެ ރޮގުން ޕީ އެޗް ޑީ ނަންގަވައިގެން ހުންނެވިހެން ހީވަނީ.

  8. ބަނޑު

    ހުސް ވަގުން.................

  9. ފަލަސްތިން

    އިންޑިޔާ ސެކަންޑު ހޯމްގެ ތެރޭން ރާއްޖެގަ އިންޑިޔާ މިހުން ވަޒަންވެރި ކުރުވަނީ. 3މިލިޔަން ޑޮލަރު ދިނީމަ ރާއްޖޭގަ ދިވެހިންނޭ އެއްގޮތަ އުޅެވުމުގެ ފުރުސަތުލިބޭނެ.

  10. Anonymous

    ކޮއްމެ އިންތިހާބެއް ބޯމަތިވީމަ މިސަރުކާރު އައްޑޫސިޓީ ރަނުން ޖަރީކުރޭ! އެއިންތިހާބެއް ނިމުމުން މިއެގެނީ ޖަރީކުރަން ބޖެޓެއްނެތި ވޯޓުހޯދުމައްޓަކާ

  11. މޯދި

    ކޮއްމެ އިންތިހާބެއްވެސް ބޯމަތިވީމަ މިސަރުކާރު އައްޑޫސިޓީ ރަނުން ޖަރީކުރޭ! އެއިންތިހާބެއް ނިމުމުން މިއެގެނީ ޖަރީކުރަން ބަޖެޓެއްނެތި ވޯޓުހޯދުމައްޓަކާ ރައްޔިތުން ގުބޯ ހައްދަނީކަންއެވެ. އައްޑޫރައްޔިތުން ނަކީ ވަރައްފަސޭ ހައިން ގުބޯ ހެއްދޭ ބައެކެެވެ. ނަމަވެސް މިފަހަރު ދަންތުރައިގަ ނުޖެހޭނެ ކަމައް ހީކުރަންއެވެ.

    1
    1
  12. ޑައެލޯގް

    މި އައުވާނުމީ ބުރާންޗެއް މިއޮތީ މިގައުމަށް ހައިވާނެއްލިބިފައެވެ.

  13. ހަސަން

    ތިޔަގޮތައް ދޮގުހަދާތާ ކިތައްއަހަރު! ދޮގުވެރިންގެ ސަރުކާރު! ރައީސްގެ ތަރުޖަމާނު ހީވަނީ އަލާޢުއްދީނުގެ ވޮށްގަޑުހެން! ހިތައްއެރި އެއްޗެއްގޮވަނީ! ތަފާތެއްނެތް ސާލިހުއަކާ! ަލޯ އިށީނާނެ ގަލެއްހޯދާ!