ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެެވެ.

މި ޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށިއިރު، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ އިތުރުން، އެމްޓިސީސީގެ ސީއީއޯ އާދަމް އަޒިމް އާއި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހޯރަފުށި މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، 25،909 މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި 40 މިލިލީޓަރުގެ ތާރު އެޅުމާއި، މަގުމަތީ ނިޝާން ހަރުކުރުން ހިމެނެއެވެ. އޭގެ އިތުރުން، 11،113.80 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ސައިން ބޯޑު ހަރުކުރުމާއި، ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހޯރަފުށި މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއަށް 71.90 މިލިއަން ރުފިޔާ ހޭދަ ވާނެއެވެ.

ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫއެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮހެލޭ

    ތާރަކީ އެމްޑީޕީން ކުރިން ދަންނަ އެއްޗެއް ނޫން. ތާރުވެސް ތައާރަފްކޮށްދީ މަގުތައް ޒަމާނީކޮށްދެއްވީ ރައީސް ޔާމީން.