މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމްއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރި އިއުލާނެއްގައި ވިދާޅުވީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ.

މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކުން އިއުލާނުގައި ބަޔާންކުރާ ދާއިރާތަކުގެ ދަށުން 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް ގްރާންޓުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުން ލާޒިމް ކޮށްފައި ވެއެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނީ 1 ޖުލައި 2022 އާއި ހަމައަށް މަދުވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވާނަމައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުމާއި ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލެވޭނެއެވެ. މި ފުރުސަތުތަކުގެ ތެރެއިން %40 އަންހެނުންނަށް ޚާއްސަކުރެވިފައިވެއެވެ.

މި އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެހީ ލިބޭނެ ދާއިރާތައް

ކާބޯތަކެތި އުފެއްދުން
އަތްތެރި މަސައްކަތް
ބިއުޓީ އަދި މޭކަޕް ކުރުން
ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
ކުޅިވަރު އަދި ފިޓްނަސް

މި ޕްރޮގްރާމްގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކޮށްފައި ވެއެވެ.

ޕްރޮގްރާމް ކުރިއަށްދާއިރު، ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި އަމަލު ކުރެވިފައިވާ ގޮތް ޝާއިޢު ކުރެވެމުންދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަމީދު

    ކޮވިޑާ ގުޅިގެން އަމިއްލަ ފަރާތްތަކަށް އެހީދިނުމުގެ ޕޮރޮގުރާމެއް ހިންގާއިރު ކޮވިޑުގެ ހާލަތުމައި ފުރާނަ އަތްމައްޗަށްލައިގެން ޚިދުމަތްކުރި މީހުްނަށް ދިނީ ކޯއްޗެއް! ރައްޔިތުންނޭ ހުށަހަޅުއްވާ އެހީއަށް އެދި! މީހައްތާވެސް 2023ހަށް ޖަހާމަޅި އެއްވެސް އެއްޗެއްނުދޭނެ! މާޒީވެދިޔަ ކަންތަކަށް ބައްލަވާ! ތިހެން ބުނާ ވަޒީރަކީ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ އިސްތިއުފާ ދޭނަމޭބުނި ވަޒީރު އިސްތިއުފާ ދީފިތޯ! ވިސްނާ ފިކުރު ކުރައްވާ ގާފިލްވެފައިނުތިއްބަވާ! މި މީހުން ބޭނުންވަނީ ރައްޔިތުންގެ މާލއްޔާއިން ވަށްކަން ކުރަން އިތުފަސްއަހަރު!ފުރުސަތު ނުދެއްވާ!

    14
    1
  2. Anonymous

    ރަނުގެ ފުރުސަތެއް. ކާކެއްގެ ޖީބަށް އެއްމެ ގިނައިން ލާރި ވަންނާނީ.

  3. ތޯތާ

    އަޅުގަނޑު އަކީވެސް ކޮވިޑުގެފުރަތަމަ ދުވަހުންފެށިގެން ބަރާބަރަށް ޑިއުޓީކުރިމީހަކީމެވެ ނަމަވެސް ލިބުނު އެއްޗެއްހަރާމުން ހަރާމް މިހާރުތިކުރަނީކެމްޕޭން

  4. ސަކަރާތް

    ތިހެން ތިކަން ދާއިރު ސިފައިންނަށް އެންމެ ފަހުން ދޭން ބުނި އެލަވަންސްވެސް އަދި ނުލިބޭ. ނުދޭނަމެކޭވެސް ނުބުނޭ. އެތައް ފަހަރަކު ހަމަޖެހިފައޭ ލިބޭނޭ ބުނި. ފަހުން ޚަބަރެއް ނުވި، އެކަމަކު ފުލުހުންނަށް އެފަހަރު ލިބުނު އެލަވަންސް ދީފި. ކޮބާ އިންސާފު

  5. ލުޓޭރުންގެ ސަރުކާރު

    ޕާޓީ ކުދިންނަ ފައިސާކޮޅެދޭނެ ގޮތެހޯދާލީ...ތީގެ ޝަރުތުހަމަނު ވާނެ ސަރުކާރަށް އަތްނުޖަހާ މީހެއްގެ އާއިލާއަށް...ދައުލަތްދޮ ވެލުން މެކުހަށް...

  6. ޕޮން

    މިހާރު ތިކުރާ ކަމަކީ ނިކަމެތި ރަތްއިތުންގެ ބޮލުގަ ލޯނު ދަރަނިވެރި ކުރުވުން އިންޑިއާގެ މަކަރުން ޖަހަނީ