މިދިޔަ ސެޕްޓެމްބަރު މަހު އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަކަމަށް ފުލުހުން ބުނެފި އެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 859 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ވައްކަން ކުރުމުގެ 315 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓު 122 މައްސަލަ
  • މުދަލެއް ގެއްލިގެން 35 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 89 މައްސަލަ
  • ޖިންސީ ގޯނާގެ 14 މައްސަލަ
  • އަނިޔާ ކުރުމުގެ 29 މައްސަލަ
  • ގެވެށި އަނިޔާ 14 މައްސަލަ
  • ފޭރުމުގެ 17 މައްސަލަ
  • ފޯޖް ކުރުމުގެ 9 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ 104 މައްސަލަ
  • ޗެކް ބައުންސް ވުމުގެ 2 މައްސަލަ
  • އެއްޗިހި ގެއްލުމުގެ 109 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    ހުށައެޅި މައްސަލަތަކުގެ ކެޓެގަރީތައް ވަކިނުކުރެވިގެން ތަ މިއުޅެނީ ތިހިރަކަންކަމަކީ އެކަށީގެން ވާފިޔަވަޅުތައް އަޅައިގެންވެސް ހުއްޓުވަންވީ ބޮޑެތިކަންތައްތައް ކީއްވެ ތިޔަކަންކަމަށް ފިޔަވަޅުނޭޅިގެން ތިޔައުޅެނީ ހަމަވޯޓް މަދުވެދާނެތީތަ ނަމަނަމަ ތިޔަކަން ހުއްޓުވާފަނޫނީ ވޯޓު ހޯދަން ނާންނާތި ހަނދާންކުރާތި

  2. ޝީނާ

    އެހެންވީމާ ސެޕްޓެމްބަރަކީ ވައްކަމާއި އެކްސިޑެންޓުގެ މަސް އޮކްޓޯބަރަކީ ކަނޑުމަތީ ހާދިސާގެ މަސް.. ދެން ގޮސް ޖުލައި މަހަކީ އަލަމްގިރީގެ މަސް.

  3. ލޮލް

    އެހެންވީމާ ދެން އަންނަ ސެޕްޓެމްބަރުމަސް ސަރުކާރު ބަންދު މަހެއްގެ ގޮތުގައި ހަމަޖައްސައިދޭންވާނެ އިނގޭ.