ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކާ ދެކޮޅަށް އެ ސަރަހައްދަށް އެއްވެ، އެތަނުގައި ހަމަނުޖެހުން ހިންގި ފަރާތްތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ޝެއިހް އާދަމް ނިޝާނާއި ފަޒްލޫން ބިން މުހައްމަދުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އަތުވެދާނެ ވަރުގެ ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔޯގާ ދުވަހު ގަލޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި 18 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.

މިގޮތުން، އެ މައްސަލައިގައި ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގާ ދެން ދައުވާކުރި 16 މީހުންނަށް ވެސް ވަނީ ބޮޑެތި އަދަބުތަކެއް ލިބޭ ދައުވާތަކެއް އުފުލާފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު ފަޒްލޫން ދޫކޮށްލީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން ނިޝާން ބަންދުން ދޫކޮށްލާފައިވަނީ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުއެވެ.

ދެ އިލްމުވެރިން ބަންދުން ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިގޮތުން، މައްސަލައިގާ ހިމެނޭ ޝެއިހް ފަޒްލޫންގެ މައްސަލަ އިސްތިއުނާފު ކުރުމުން އެކޯޓުން ވަނީ ކްރިމިަނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ގޯސްކޮށް ކަމަށް ހުކުމްކޮށްފައެވެ.

ޝަރުތުތަކަކާއެކު ފަޒްލޫން ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުުރުމުން އެކޯޓުން ފުރަތަމަ ނިންމާފައިވަނީ މައްސަލަ ބަލައިނުގަންނާށެވެ.

އެކަމަކު ފަހުން ދައުލަތުން ވަނީ އިސްތިއުނާފު ބަލައިނުގަންނަން ނިންމި ނިންމުން ރިވިއުކުރަން އެކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފޮނުވާފައެވެ. ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ އެ މައްސަލަ ބަލައިގަންނާށެވެ.

އެ މައްސަލައިގައި މިދިޔަ މަހު ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ފަޒުލޫން ދޫކޮށްލަން ޖުލައި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭގެ ކުރިން ޖުލައި ފަސްވަނަ ދުވަހު ނެރުނު އަމުރާ އަޅާ ބަލާއިރު ހެކީގެ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

އަދި ބަންދާއި މެދު ލުއިދޭނަމަ ގާޒީގެ ނިންމެވުމުގައި އެ ގޮތެއް ނިންމެވި ސަބަބު ތަފުސީލުކޮށް އެނގެން ޖެހޭނެ ކަމަށާއި އެކަމަކު ކްރިމިނަލް ކޯޓުގެ އަމުރުގައި އެކަން އެނގެން ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހުށަހަޅައިފިނަމަ، ފަޒުލޫންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ބަލައި، ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މޕ

    އެއްޖިންސުން ގުޅުން ހިންގި މީހުނައް 3 މަސް ދުވަހުގެ ގޭ ބަންދު ވަރައް މޮޅު ގޮތެއްތީ

    78
  2. Anonymous

    މިއީ މާތްﷲ އިރާދަކުރައްވައިފި ނަމަ، އަތުން ފައިން ހެދޭ ގޯހެއްގެ ސަބަބުން މިވެރިކަމުގެ ނިމުން ކަމުގައިވެސް ވެދާނެ،

    101
    7
  3. ގާބެ

    ތިކަމުގައި ށާމިލުވާ އެންމެން ގަދަވެގެންވާ ހިއްޕެވުމަކުން ނެތިކުރައްވާ މުނާފިގުންނަށް ރަނގަޅު ފިލާވަޅެއްކަމުގައި ލައްވާށި. އާމީން

    60
    6
  4. ޝެއިޚް ޝަހީމް

    އަލްހަމުދުﷲ ﷲއަކުބަރު ވަރަށްވެސް އުފާވެރި ޚަބަރެއް

    9
    87
  5. ތުއްތުނާ

    ރައްވެހިފަތިސް އުފާ އުފަލުން މިމާގަތަމުން ވިލުންވެރިކަން ބްލާބްލާބްލާބްލާ ހެޔޮވެރިކަން

    36
    3
  6. ނޫރު

    އިންޝާ ﷲ ހުކުމްގެ ކުރިން އިންޑިއާގެ ގޮޑި ކޮއްކޮ، ހިބުޅު ފިލާނެ. ޝެއިޚުންނަށް އަނިޔާ ދީގެން ވާނީ ހިތްދަތި.

    67
    2
  7. Anonymous

    ސަދޫމު ޝަރީޢަތް ހުންނާނީ ތިހެން. ﷲ އަށް ޝިރުކު ކުރުމާ ދެކޮޅަށް ތެދުވި ބަޔަކަށް މިވަރުގެ ބޮޑު އަދަބެއް ޢައިރު މުސްލިމުންވެސް ދޭނެހެން ހިއެއް ނުވޭ. އަދިވެސް ޤައުމިއްޔަތޭ ހަރުކަށިފިކުރޭ ކިޔައިގެން އަނގަ ފުޅާކޮއްފައި ވެރިޔާ ވާހަކަފުޅު ދައްކަވަނީ

    64
    1
  8. ޅިޔަނުބެ

    ދެން ތިހާ ބިރުގަންނަންޏާ މަރަން ހުކުން ކުރަންވީނު

    41
    2
  9. ޑައެލޯގް

    މިގައުމުން އިސްލާމްދީނަށް ލޯބިކުރާބައެއް ހުރިއްޔާ މިސަރުކާރުގެ އެހީގައި އިންޑިޔާއިން ނައްތާލާނެއެވެ. މިހާރު އެވަނީ އެކަންފަށާފައެވެ. ފާޙިޝްއަމަލާއި ލިވާތާއި މިސްކިތައް ބޮޑުކަމުދިއުމާއި، ރަށެއްގައި ބުދަށް އަޅުކަންކުރަމުންދިޔަ އިންޑިޔާމީހާ މިފަދަހުރިހައި މީހުންނަށް މިސަރުކާރުންވަނީ ހިމާޔަތްދީފައެވެ. އެކަމަކު ޔޯގާމީހުނަށް އަނިޔާކުރަނީ އެފަދަމީހުންނަށް އިންޒާރަކަށެވެ.

    53
    1
    • ފެލަމިންސް

      މީދީނަކާ ގުޅުން އޮތްކަމެއް ނޫން ބަޔަކު ކަސްރަތުކުރަން ތިއްބާ ވަދެ ލަޓިބުރިތަކުން ތަޅާ މަރާ އެމީހުން ފަހާ ދުވުނީ

      8
      57
      • ލޮލް

        ޔޯގާއަށް ދިން ހަމަލާގައި ކިތައްމީހުން މަރުވި؟

        15
      • ގަމާރު

        ހަދާން ނަށްތާލާ ސިރުކުރަން އިންޑިޔާއަަދޭ

  10. ގަފަދިން

    ރަގަޅު ހަމަ ގާނޫނުގަ އޮތް އެންމެ ބޮޑު އަދަބެއް ދޭންވީ މިކަމަކީ ސިޔާސީ ކުލަޖެހިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ލަޓިބުރި ހިފައިން މީހުން ފަހާދުވެ ތަޅާމެރުމަކީ ބިރުވެރި ނާމާން ކަމެއް

    6
    51
  11. ހައްގު

    މިކަމުގަ ދޯ ފޮރިން ސެކެޓްރީ މި އައީ...މިކަމުގެ އާހިރު ނަތީޖާ ގޯސްވެ ގައުމުގެ މަސްލަހަތު ގެއްލިދާނެ...ދިވެހި ސިފައިންނަށް ގޮވާލަން ސޯލިހް ހައްޔަރުކުރުމަށް...

    44
    2
  12. Anonymous

    ތިމަންނަގެ ވެރިކަމެއްގައި ޢިލްމުވެރިން ހައްޔަރެއް ނުކުރާނެ.
    މީކާކު ބުނި ވާހަކައެއް.
    ޒީރޯ ޓޮލަރެންސް މީ ކިހިނެއް ވާ އެއްޗެއްބާ؟
    ލިވާތު ކުރީމަ ރޯޔަލް ކަމުން 3މަސް.
    މުންކަރާތް މަނާކުރަން ނުކުތީމަ..... ތިލަފަތުގެ ކަށިވެއްޓުނީބާ؟
    ފޭހުނު އިލޮށި ލޮލަށް ހެރޭ މަންޒަރު ފެންނާނެ އިރާދަކުރެއްވިޔާ.

    54
    2
  13. މަ

    ޝެއިހްމެންވެސް ލިވާތު ކުޅި ކުޅުނުނަމަ ހުކުމް ކުޑަވީސް.. ސަދޫމް އިންސާފު

    46
    2
  14. ބަޓިސް

    ވެރިކަން ސޯއްޔަށްލިބުނީ އިންޑިއާގެ ފައިސާއިން ދެންއެވެރިން ބުނާގޮތް ހަދައިގެންނޫނީ ކިހިނެއްތޯ ވެރިކަންދަމަހަށްޓާނީ މީނަޔަށް އެބަހީވޭ 2023 ގަވެސް މީނަޔަށް މަކަރާހީލަތުން ވެރިކަމަށް އާދެވޭނެކަމަށް ހަމަހިލާމިކަމެއްނުވާނެ.

  15. Anonymous

    ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ޔޫރަޕްގައި ކެމްޕޭން ކުރި އެމްޑީޕީ މީހުންގެ މައްޗަށް 25 އަހަރުގެ ޖަލުހުކުމް އަންނަ ދައުވާ ކުރަންޖެހޭ ފުރަތަމާނުންވެސް !

  16. ފަރުވާލެއްނެތް

    އޭގެ ކުރިން ޔައުނީ ހުކުމް ކުރުމުގެ ކުރިން އަންގަން. މިގައުމުގެ ވެރިކަމަށް އެމްޑީޕީއަކަށް ދެނެއް ނާދެވޭނެ. 15 ކީއްކުރަން 20 އަހަރު ފަހުންވެސް ނާދެވޭނެ. އިސްލާމްދީނަށް ނަސްރުދޭނޭ ލަޝްކަރެއް ތައްޔާރުކޮށްގެން ލާދީނީންނާ ދެކޮޅަށް ޖިހާދަށް ނިކުންނަންވީ. ޖިހާދޭ ބުނީމަ ލޭކެކޭ ބަޔަކު ހަމަ ލޭކެކެންވީ. ހޮޑުލަވާ ބަޔަކު ހަމަ ހޮޑުލާންވީ.

  17. ކެރަފާ އައުޓް

    ނޮވެމްބަރު 3ގަ މިގައުމަށް އެރި ޓެރަރިސްޓް ކެރަފާ އާއިލާ އުމުރަށް ޖަލަށް ލާންވީ. 2023 ގައި މިވެރިކަން ބަދަލު ކުރާނަން އިންޝާﷲ

  18. ކަހެރުވައް

    ގޭގަ ތިއްބާ ތަ ލަޓިބުރިހިފައިގެން ދިޔައީ

  19. ރާއްޖެ

    ތިޔަ އުޅެނީ ދީނީ ހަނގުރާމަ ފައްޓުވަން. ވަރަށް ނަލަ ރައްކާ ދައުވާއެއް

  20. ހައްގު

    ލާދީނީ އިންޑިއާގެ ޕަޕެޓުން ވެރިކަމުން ބާލުވަންޖެހޭ

  21. ޝްރެ

    އަސްތަޤްފިރުﷲ،،، އިންސާފްވެރިކަން ހައްދުފަހަނަ އަޅައިފި..

  22. ޙަަަހަ

    މިވަރުން ދިވެހިންނަށް ނަޝީދުގެ އިންސާފް ހުރި ހިސާބު އެނގޭނެ ކަމަށް އުއްމީދުކުރަން ،