ހުޅުމާލޭގެ ވޯޓާ ޕާކް ކުރިމަތިން ހުޅަނގު ފަރާތުގައި އޮންނަ ގަސްތަކުގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން ވިޕެއް ނެރުމުން އެ ޕާޓީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއްލުނު އަޒްހާން 14 ދުވަސް ފަހުން މަރުވެ ކުނިވެފައި އޮއްވާ ފެނިފައިވާ ކަމަށާއި އަދި އެހާ ދުވަސް ފަހުން އޭނާ ފެނުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

އެ މައްސަލަ އަށް އެންމެ ފުރަތަމަ ވެސް ބަހުސް ކުރައްވަމުން އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ މައްސަލަ ބަލައިނުގަންނަން އެމްޑީޕީން ވިޕްލައިނެއް ނެރެފައިވާ ކަމަށެވެ. އަދި، އެމްޑީޕީން އެފަދަ ކަމެއް ކުރުމަކީ އޭނާ ލަދުގަންނަ ކަމެއް ކަމަށް ވިދާޅުވެ، ހަސަން ވަނީ ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލަ މި މަޖިލީހަށް ހުށަހެޅުމަށް ފޮނުވީމާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަޝިޕުން އެ މައްސަލަ ބަލައިނުގަންނަން ވިޕްލައިނެއް ނެރެ އަޅުގަނޑުމެންނަށް އެ ގޮތަށް ވޯޓު ދޭން އަންގާފައި އޮތީމަ އަޅުގަނޑު ލަދުގަނޭ، ކަންބޮޑުވޭ" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ ހަސަން ވިދާޅުވީ އަޒްހާން ހޯދުމުގެ މަސައްކަތް ފުލުހުން އެކަށީގެންވާ ގޮތެއްގައި ކޮށްފައިނުވާ ކަމަށެވެ. އަދި، އެންމެ އެކަށޭނެ ގޮތުގައި އެ މަސައްކަތް ކުރިނަމަ އޭނާ ފެންނާނީ 14 ދުވަސް ފަހުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ އެންމެ ކަންބޮޑުވާ ކަމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ 65 މެންބަރުން މިތާ ތިބެ މި މައްސަލަ ނުބަލާން ޕާލިމެންޓްރީ ގުރޫޕުގެ ލީޑާޝިޕުން ނިންމީމާ އެއަށްވުރެ ހުތުރުކަން ބޮޑުކަމެއް މިޕާޓީއަކަށް ނުކުރެވޭނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

"މިއަދު މިގެއްލުނީ 27 އަހަރުގެ ޒުވާނެއް، މާދަމާ އަޅުގަނޑުމެންނަކަށް ނޭނގޭ މި މައްސަލަ މިއަދު ނުބެލީމާ ދެން ވާނީ ކިހިނެއް ކަމެއް. މިކަމާއި އަޅުގަނޑުމެން ފަރުވާކުޑަ ކުރީމާ އެ ފަރުވާކުޑަ ކުރެވެނީ ގައުމަކާ. ގައުމުގެ ރައްޔިތަކާ."

ހަސަން ވިދާޅުވީ މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، އަދި ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓިއަށް ގެންގޮސް ކުރެވެހެން ކުރި ކަންކަން ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެލެކްސް

    އެމްޑީޕީ އަކީ ވޯޓް ގާތްވީމާ ފޮޅުވާ މަލެއް. މާދަމާ އެންމެ ނިކަމެތިމީހާ ފައިބުޑަށް ވެއްޓި އެމްޑީޕީއިން. ވޯޓަށް އެދި ރޮއިއާދޭސްކުރާނެ. މިއަދު ކޯޓްލާ ތިބެވިދާނެ ދެޖީބުން އަތްނުނެގި.

    47
  2. ހާލަތު

    ތިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ. ޙަސަންލަތީފު ބަހަަށް ތާއީދުކުރަން އަދި އެމް.ޑީ.ޕީން ތިމައްސަލަ ނުބަލަން ނިންމި ވާހަކަ އިވުނީމާ މިއަދު އެމް.ޑީ.ޕީ މެމްބަރެކޭބުނަން ލަދުގަނޭ.

    40
  3. ސޯލޭ

    ޓިނު ސޯލިހު ދެން ދުވާދެއްވާފަ ހުރި ސޯލިހުގެ އިންސާފު ތިޔަފެނި ވަޑައިގަންނަވަނީ ކޮބާތަ ސޯލިހައް ދުވާދީފަ ތިބި ތިން ކަނޑުކޮސް ެ. ސޭކުން އަތްޖަހާލަބަލަ ކިހިލިފަތްދަށުން އަޑުގޮވަންދެން

    35
    1
  4. މަދަނީ

    އެމްޑީޕީ ދަތުރުކުރަނީ ފަރަކާ ދިމާއަށް ދެން ނުހޮވޭނެ

    41
    2
  5. ދަރަނި ދަންތުރަ

    ތިއޮތީ މަރުތަކުގެ މަށްޗަށް އިންސާފު ދިޔާވެގެން ފައިބާފަ ރީނދޫގުރޫޕު ބާރަށް އަތްޖަހާ

    22
  6. ޑައެލޯގް

    މިސަރުކާރުއައީ ގޮތްނޭގޭ މަރުތަކާއި ގެއްލޭމަރުތަކާއި އަފްރާޝީމުގެ މަރާއި، ހުރިހައިމަރެއް ހައްލަކަށްއަޅުވަން ވެރިކަމަށް އަރާތާ 100 ދުވަހުގެ ތެރޭގައި ކުރުމަށް ވައުދުވެއެވެ. އެކަމަކު ތިޔަހުރިހައި މަރެއްވީ އިތުރެވެ. އަދި ބެލުނުކަމެއްވެސްނެތެވެ. މިހާރު ވިޕްލައިން އެގޮތަށް ނިންމީމަ އެގެނީ ބަލާކަށްވެސް ބޭނުމެއްނުވާކަމެވެ. ޒީރޯ ޓޮލަރެންސް

    18
    1
  7. ނުކުރެވޭދުވަސް އަންނާނެ

    މިފެންނަނީ މިއެމްޑީޕީގެ އަސްލު ސޫރަ މިމީހުން ބޭނުން ކަމެއް ބޭނުން ގޮތަކައް މިކުރަނީ ކަލޭމެންގެބާރުއޮތީމާ ބާރު
    އޮތްދުވަހު ބޭނުންކަމެއް ކުރެވިދާނެ

    17
  8. ވިކިލީކްސް

    އެމްޑީޕީގެ އިސް މީހެއްގެ ދަރިއަކަށްވިނަމަ މިއަދު ތިޔަ މައްސަލަ ބެލީސް.

    15