މި އަހަރުގެ ތެރޭގައި ވ. ރަކީދޫ އާއި ކ. ވާގިލި ފަރަށް އެރި ބާޖު ކ. ތިލަފުށީ ފަރަށް ވެސް އަރައިފިއެވެ. މިއީ މި އަހަރުގެ ތެރޭގައި އެ ބާޖު ރާއްޖޭގެ ފަރަކަށް އެރި ތިނަވަނަ ފަހަރެވެ.

އަލްޕިޓް އާއި އާގަމް ނަމަކަށް ކިޔާ ޓަގާއި ބާޖު ތިލަފުށީ ފަރަށް އެރީ ރޭ އިރާކޮޅު ކަމަށް "ވަގުތަށް" މައުލޫމާތު ލިބެއެވެ. އެ ބާޖު މިހާރު އޮތީ ފުންކޮށްފައެވެ.

ރާއްޖޭގެ ތިން ފަރަކަށް އެ ބާޖާއި ޓަގު މި އަހަރުގެ ތެރޭގައި އަރާފައިވާއިރު އެ ތިން ފަހަރުގައި ވެސް އެ އުޅަނދު ދުއްވަން އިނީ އެއް މާލިމީއެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "ވަގުތަށް" މިއަދު ވިދާޅުވީ އެ މައްސަލަ އެ އިދާރާއިން ބަލަމުންދާ ކަމަށެވެ.

އޭއެމް އާގަމް ނަމަކަށް ކިޔާ އެ ބާޖު ރަކީދޫ ފަރަށް އަރާފައިވަނީ މި އަހަރުގެ ކުރީކޮޅު އިންޑިއާއިން ހިލަ ހިފައިގެން އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގާކާއެކު ރަކީދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. އޭގެ ފަހުން އެ ބާޖު އަނެއްކާވެސް ވަނީ ވާގިލި ފަރަށް އަރައިފައެވެ.

ފަރަކަށް އެރި ބާޖެއްގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރަކީދޫ ފަރަށް އެ ބާޖާއި ޓަގު އެރުމުން 6054 އަކަމީޓަރުގެ ސަރަަހައްދަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އެ އުޅަނދު 100 މިލިއަން ރުފިޔާއިން އީޕީއޭއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ވާގިލި ފަރަށް އެ ބާޖާއި ޓަގު އެރި މައްސަލައިގެ ސާވޭ ނިމިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެކަމަކު އެ އުޅަނދުގެ ވެރިފަރާތުން އަލުން ސާވޭ ހެދުމަށް އީޕީއޭގައި އެދިފައިވާ ކަމަށްވެއެވެ. އެހެންކަމުން އަދި އެ މައްސަލައިގައި ފިޔަވަޅެއް އަދި ނާޅައެވެ.

އެ ބާޖު މިހާރު އޮތީ ރާއްޖޭގައި ހިފަހައްޓައިފައެވެ. އޭތި ތިލަފުށީ ފަރަށް އެރީ ފަޅު ތެރޭގައި ދުއްވަނިކޮށެވެ.

މިހާތަނަށް އައިއިރު، އެ އުޅަނދު ދުއްވާ މާލިމީއަށް އީޕީއޭ އިން އަދި ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަނިޔާ

    މިސަރުކާރުގަ ފެންނަނީ މުޅިންވެސް ގިރިގިރި އަސށާއި ފަރަށް އަރާތަން މިކަމާ ވިސްނާ އެއްވެސް މުވައްސަސާއެއްނެތް.

    25
  2. އިބްރާޙީމް

    ތި ބާޖުގެ ނަން " ފަރަށް އެރި" އަށް ބަދަލު ކުރަންވީ. މައްސަލަ ހައްލުވެދާނެ އެއިރުން

    22
  3. ޖެރާޑް

    ތީ ރެކޯޑެއް ހަދަން އުޅޭމީހަކާ ވައްތަރީ..

    28
  4. ޕޮގުބާ

    ތިިއީ އަނދިރި މީހަކު ދުއްވާ އެއްޗެއްތަ؟

    18
  5. ސައިނާ

    ބާޖްގެ ނަން ބަދަލުކުރަން ފެނޭ!

    16
  6. ޙަނދުކޭތަ

    ތިޔަ ކައްޕި އަތުގަ އޮތް ސެޓްފިކެޓަކީ ސައްހަ އެއްޗެއްތޯ ބަލާލަން ވެއްޖެއެއްނު ކޮންމެވެސް މުވައްސަސާއަކުން މީހެއްގެ ފުރާނަ ނުދަނީސް ޓްރާންސްޕޯޓް މިނުސްޓްރީއަކީވެސް މޭކަޕްކުރާ އަންހެނަކު ލާފަ އިންނަ ތަނެއް

    14
  7. ދަތުރު ދުޢާ ކިޔާބާ؟

    މިފަދަ ނުރައްކާތަކުން ﷲގެ ޙަޟްރަތުން ރައްކާތެރިކަން ދެއްވުމަށް އެދި އެއްގަމުން ވިޔަސް، ކަނޑުމަގުން ވިޔަސް އަދި ވައިގެމަގުން ވިޔަސް، ދަތުރު ދުޢާ ކިއުމަކީ ޚާއްޞަކޮށް މާލިމީ އަދި ދަތުރުވެރިން ވެސް ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ.

    13
  8. އަކީ

    އެއް ފަރަށް އެރި ބާޖު އަނެއް ފަރަށް ވެސް އަރާނެ އެވެ.