ޖުވާ ކުޅޭ ވާހަކައެއް ރައްޔިތުންގެ މަޖިލީހުގައި ނުދައްކާ ކަމަށާއި އަދި މަޖިލީހުގައި ދެއްކީ ކެސީނޯ އަޅާ ވާހަކަ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ޖާބިރު ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަ އިއްޔެވެސް މަޖިލީހުގައި ވަނީ ތަކުރާރުކުރައްވައިފަ އެވެ. އެ ބަހުސްގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި ކެސީނޯ ހިންގަން އެއްވެސް ގަވައިދަކުން މަނާ ނުކުރާ ކަމަށެވެ. ހަމަ އިއްޔެ މަޖިލީހުގައި ޖާބިރު އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ކެސީނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިދާނެ ކަމަށެވެ.

ކެސީނޯ އަޅަން މަޝްވަރާކުރެވިދާނެކަމަށް ބުނި މައްސަލަ ހޫނުވެ ސަލަފް ޖަމިއްޔާއާ ދީނީ އިލްމުވެރިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަދާލާތު ޕާޓީ އާއި ސަލަފްއަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގައި ރަލާއި އޫރު މަސް މިހާރު ވެސް ވިއްކަމުންދާ ކަމަށާއި އެކަމާ ދެކޮޅަށް އެ ދެބައި މީހުން ނުނިކުންނަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ސަލަފްގެ މެންބަރުންނާއި އަދާލަތުގެ ބޭފުޅުން ވެސް ވެރިކަން ބޭނުންނަމަ އިންތިހާބުވެގެން ވެރިކަމަށް އަންނަންވީ ކަމަށާއި އަދި އިންތިހާބުވެގެން މަޖިލީހަށް ވެސް އަންނަންވީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ޖުވާ ކުޅޭ ވާހަކައެއް މި މަޖިލީހުގައި ދައްކާ އަޑެއް އަޅުގަނޑެއް ނާހަން. ކެސީނޯ އަޅާ ވާހަކައޭ މި ދައްކަނީ. ރާ ވިއްކައިގެން އޫރު މަސް ވިއްކައިގެން ލިބޭ ލާރި އަދާލަތު ޕާޓީގެ މީހުން މުސާރަ ނަގައިގެން ހަރާމް ކަންތައް ކޮށްގެން ތިބެ އަޅުގަނޑުމެން މިތާ ހަލާލު ވާހަކަ ދައްކާތީ އެއީ މަގުމައްޗަށް ނިކުންނާން ޖެހޭ ސަބަބެއް ކަމަށް ވަންޏާ އަޅުގަނޑުމެންވެސް މި ފަހަރު މަގުމައްޗަށް ނިކުންނާން. ދެ ބައި މީހުން ނުކުމެ ގޮތަކަށް މިކަން ނިންމާނީ" ޖާބިރު ވިދާޅުވި އެވެ.

ކެސީނޯއާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ހޫނުވުމުން މަހުލޫފް މިއަދު ވަނީ ރާގު ބަދަލު ކުރައްވައި އޭނާއަކީ ކެސީނޯ އަޅަން ތާއީދު ކުރައްވާ އަދި އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ އެކަމަށް ވަކާލާތު ކުރައްވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ދިވެހި ޒުވާނުން

    އެންމެން ހޭލާ ތިބޭ ށެވެ. ޝޭޚުން އަދި މި ދުނިޔެ ދަސްކުރަންޖެހޭ ތިމާގެ ބާރުން ނެއްޓިގެންވާ ކަންކަން ދުނިޔެއަށް ތަޢާރަފްވެއްޖެ. ޖުވާއާއި ކެސިނޯގެ ކުޅިވަރުތައް ފޯނުން ކުޅެ އަތައްމިލިއަނަކުން ގޭގެއަށް ޒުވާން ކުދިން އެވައްދަނީ މެކްހަށް ޖަހާފައި އިއްޔެ އަޑު އިވުނު ރޭ ގޭމް ނިންމާލީ 1 މިލިއަނުންކަމަށް އެބުނީ 16 ނުފުރޭ ނޫކަށި ޅަ ޒުވާނެއް އަދި ސްކޫލުގައި ކިޔަވަނީ، އާއިލާ މީހުން ހެވި ދިއްލިފަ އެކަމަކު ޖުވާކުޅުމަކީ ހަރާމް ކަމެއް

    19
    6
    • ޚާލިދު

      ފޯނުން ކުޅުނަސް ހަރާމް ވާނީ ހަރާމް

  2. ބަލާ

    ލޮލް، ކެސިނޯގަ ކީއްތަ ކުރަނީ އެހެންވިއްޔާ؟. ކެސިނޯގަ އެއްމެން ގުރުއާން ކޔަވަނީތަ؟ ޢަންނަ ޓުއަރިސްޓުންނާ، ދިވެހިންނާ ވެގެން ގުރުއާން ހިތުދަސްކުރަނީ ދެއްތޯ.

    30
    2
  3. Anonymous

    ހޮހޯ...ކެސިނޯ އަކީ ޖުވާކުޅޭ ތަނެއްނޫން. ކެސިނޯއަކީ ޓުއަރިސްޓުންނާ ދިވެހިން ގުރުއާން ހިތުދަސްކުރާ ތަނެއް

    14
    3
  4. Anonymous

    ކެސިނޯގެ މާނަ އަކީ ޖުވާކުޅެ މަޖާނަގާތަން
    ދުނިޔެއަށް ވުރެ އާޚިރަތުގެ ކަންކަމާ އުޅެބަލަ

    22
    4
  5. ކަނައްކަ

    ޖާބިރު ކަލޭމެން ބުނާނެ ލިވާތެއްވެސް
    ނޫނޭ ކުރީ އެއްޖިންސުން ގުޅުން ހިންގީއޭ އެކަހަލަވާހައެއް ތިޔަދައްކަނީ ކެސިނޯ އަޅަނީ އެތާގަ ދީނީ ތަޤްރީރު ދީ ނަމާދުކޮށް ހަދަންތަ.

    21
  6. ަައިބޫ

    ޖުވާޔާ ކެސީނޯ އާ ހުރި ތަފާތު މަނިކުފާނު ސާފުކޮށްދީ ބަލަ

    18
    1
  7. ލަވަ އަލީ

    ޖާބިރު ވީމަ އަހަރުމެނަށް އޯކޭ..

    9
    9
  8. ކައުންސެލަރު 🙌

    ޖުވާއާ ކެސިނޯގެ ތަފާތު އެނގޭ މީހަކު،މަށަށް ބުނެދީބަލަ. ކެސިނޯ އަޅަން ދެމީހަކު ހޭބަލިވާތީ މިއުޅެނީ

    24
  9. ދެރަކަމެކޭ

    ޖާބިރޫ ޖުވާ ކުޅެން ނޫނީ ކެސިނޯގެނަމުގަ ފުރާޅެއްލާފަ ކީއްކުރަން އަޅާ 4ގަނޑު ފާރެއްތަ؟؟މަޖިލީސް ދޮރުމަތީގަ އަވީލާފަ އޮތް މަހެން ހެން ކެސިނޯގެ ފުރާޅުމަތީގަ އަވީލެވިގެން އޮންނަންތަ؟؟ދާއިރާގެ މެމްބަރުންނޭ ދެން ނެތްތަ މީގެ މީހެއް އަންނަ ދައުރަށް ހޮވާފަ ގޮނޑީގަ ބައިންދަން.؟؟

    24
  10. މޕ

    ތިހިން ވީ އިރުން ކެސީނޯ އަކީ ކީއްކުރާތަނެއް

    20
  11. Anonymous

    ޖުވާ ކުޅޭ ވާހަކައެއް ނުދައްކަމޭ ދެން ކެސީނޯ އަޅަނީ ކީއްކުރާށޭ އެތަނުގެ އެތެރޭގައި ދީނީ ދަރުސްދޭންތަ ނޫނީ ކަލޭމެން ލާދީނީ ސިޔާސީ ބައިގަނޑު އެތަނުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރަން މަޝްވަރާކުރަންތަ މީ މިޤައުމަށް ޖެހިފައި އޮތް ބޮޑު ވަބާއެއް ކިހާދެރަކަމެއްދެންމީ ރާއްޖޭގެ ރައްޔިތުންވެސް ވެއްޖެއްނު ލާރީގެ ދަހިވެތިކަން ދޫކޮށް މިބައިގަނޑަށް ވޯޓުލުން ހުއްޓާލަން

    21
  12. Anonymous

    ތިހާ ކެސީނޯ އަޅާހިތްވަންޏާ ދޭ އެހެން ޤައުމަކަށް ކޮންމެހެން މިޤައުމު ފަސާދަކުރަން އުޅޭނެ ކަމެއްނެތް

    20
  13. ޒަލަފް

    ޖާބިރާ ފުރަތަމަ ކަލޭ 100 ޕަސެންޓް ހަމައަށް އައިސްބަލަ. ކަލޭ އަބަދުމެ ތިހުންނަނީ ގަހުގަ. މައްޗާ ގުޅިފަ. ކަލޭ 2023 ގަ ޖެހޭނީ ވެލިކާން. ހޮނޑައިދޫގަ ވެލިކޭ ވަރަށް ވުރެ ގިނަކޮށް ވެލިކާން ދޭނަން 2023 ގަ. ކަލެ އަކީ ތީ ބޮޑު ޖޯކަލެއް އަދި އެއަށްވުރެ ބޮޑު ބީތާއެއް!

    19
  14. ޢަލީ

    މިކަލޭގެ ހިފާ ހައްޔަރުކޮށް ހަރުކަށި އަދަބު ދެވޭނެ ގޮތެއްހަދަން އެބަޖެހޭ. ހިތަށް އައިހާ އެއްޗެއްކިޔައި އުޅުމުގެ ސަބަބުން މުޖުތަމަޢު ފަސާދަވެ ނުބައިކަންތަކަށް މީހުންގެ ވިސްނުން އަނބުރުވައި އެއީ އެއްވެސް ކަމެއްނޫންކަމަށް މީނާގެ ސަބަބުން ވަމުން އެބަދޭ. މިކަލޭގެއަށް އިތުރު ފުރުސަތުތަކެއް ނުދިނުމަށް އެއްމެހާ ފަރާތްތަކަށް ގޮވާލަން.

    17
  15. 2023

    މިކަހަލަ ދެއުޅިއެއް ނުވާ، މުއްސަނދި ގަމާރުންތަކެއް، މިތަނަށް ވައްދައިގެން ޒޫބަލަހައްޓަން ގަވާއިދު ހެދިޔަސް އެތަން ގޮވާނީ އަތަށް.

    14
  16. އަހުމަދު

    ޑިކްޝަނަރީއިން ބައްލަވާލައްވަ ބަލަ ކެސިނޯގެ މާނަ.

    18
  17. މަވޯޓާ

    ސުޕާ ސެލޫން އައްވެސް ފުރަތަމަ ވައްނަނީ ދޮރުހުޅުވާފަ ވަދެއޮށޯތީމަ މަސާޖުކުރަނީ ޖާބިރު ގުރޫޕުންވެސް ތިއުޅުއްވަނީ ކުޑަލޯވަޅެއްވެސް އަޅާލެވޭތޯ މަގުފައިކުރަން އަލަމްގިރިޝޯއައްފަހު އެށޯނިމުމްން ކުރިހުކުންތަކައް ބަލާފަ ހަވާދު ބަތަލާހުރީ ގޭގަ ދޮނެއްދީފަ ޑީޖޭ ހުރީ އުދުހޭ ފުޅި އިސްތިހާރުކުރަން ފާގަފުޅިހިއްޕަވާގެން

    13
    1
  18. އަބްދޫ

    ކެސިނޯއަކީ ޖުވާކުޅުން ޒަމާނީ ކޮށްފައިވާ ގޮތުގެ ނަމެއް.

    12
    1
  19. ނަކައިތު

    ޖާބިރު ބޮލަށް ބޭސްކޮށްބަލަ ފުރަތަމަ..................

    15
  20. ސައްޕު

    ކެސިނޯ އަޅައިގެން އެތާ ގުރުއާން ކިޔަވަންކަމަށްތޯ ޖާބިރު ތިއުޅުއްވަނީ. ހަމަ ރަނގަޅަށް މޮޔަވެފަހރި ގޮލައެއްމީ

    16
    1
  21. ޔާންޔާ

    ރާއްޖޭގެ ބޭންކުތައް އެއީ ކެސީނޯ . ރައްޔިތުން ފެލަނީ .މުޅިދުނިޔެ ދުއް އެންމެ ބޮޑު އިންޓްޜެސްޓް ގައި . ދެންކީކެބާ ކިޔާނީ .

  22. އަލީ

    ރަލާއި އޫރުމަސް ވަނީ ރިސޯޓް ތަކުގައި ވިއްކުމަށް ގޯހެއްގެ ތެރެއިން ހުއްދަ ދެވިފައި ، ނަމަވެސް އިތުރު ގޯހެއް ހަދާ ހަމަ ފާހިޝް ކަންތަކަށް އަރަމުންތޯ ދާންވީ . މިކަލޭގެ މިގައުމު ހަލާކު ކުރަން ހާދަވަރަކަށް ފައިވިއްދާފައޭ އެހުރީ

  23. ޫހުސެން

    ޖުއާ- ކެސިނޯ . ޒިނޭ - މޮށުން . މީތަފާތު ބަސަ، މާނަ އެކައްޗެއް.

  24. ޑ

    އެވާ ތެދެއް! ޖާބިރުގެ އަނގަޔަކުން ނުބުނެ ޖުވާ ކުޅޭވާހަކައެއް ބުނީ ކެސީނޯއަޅާ ވާހަކަ އެކަމަކު ހަމަ އެތާ ކުޅޭނީ ޖުވާއާ ފާހިޝް ހުރިހާ ކަމެއް ސީދާ "އެބަސް ނުބުނާކަން".. މީހުން މަގު ފުރެއްދޭނެ ގޮތެއް ހޯދާން، "މަ ބުނީ ކެސީނޯ އަޅާށޭ މީހުން އެތަނަށް ގޮސް އެކަން ކުރާށެކޭ ނޫނޭ.." ހެއްލޭ މީހުން ގިނަވާނުން..
    (ކޭބަލް ކާރުވެސް އަޅާ ވާހަކަ ބުނީ) "އަޅާނަމެކޭ ނޫން.."
    ހުވަފެން ދައްކާ ފޮނި އަނގަތެޅުން ކަމަކީ މައްސަލައެއް ނެތްތާ ބަރާބަރަށް އެކައުންޓަށް ޖަމާވާ އެތިކޮޅުޖަމާވާނެ ދައުރު ހަމަވަންދެން. ދެން ރައްޔިތުމީހާ ހުރޭ ކާށި ފެން ބޯލަބޯލަ.. މާދަމާވެސް ހަމަ ނިކުތީ ވޯޓްދޭނެ ފިލާވަޅު ދަހެއް ނުވާނެ އެއަށްވުރެ އެ ކޮށްލާ އޯފުކަން ލޮލުގަ އަޅާގަންނާނީ..

  25. ޖާބިއަރު

    ޒިނޭކުރާ ވާހަކައެއް ނުދައްކާ، ދެއްކީ ނާސިގެ އަޅާ ވާހަކަ

  26. މުޑުދާރު އެމްޑީޕީ

    ބުނަން. މި ގައުމުގައި ކެސީނޯ އެއް ނޭޅޭނެ! ރައްޔިތުންގެ ބާރު އޮޅިގެން އުޅެންޔާ އެބާރު އެންމެންވެގެން ދައްކާލާނަން. ޖުވާކުޅޭ ފާހިޝް ތަންތަން މިގައުމުގަ ނޭޅޭނެ. ކޮން އަނގައެއް ތަޅާކަށް!

    • y a

      އިންޝާﷲ

  27. ކަކުނިބޯ

    ދިވެހިރާއްޖޭގައި ކެސިނޯ ހިންގުމުގެ އުސޫލު
    1. ބޭރުން ރީތިކުރުމަށް ބޮކިކަހަލަ އެއްޗެހިދިއްލާ ރީތިކުރުން
    2. ދަމުނަމާދު، ކުރުން
    3. ނަމާދުގެއެއްގައި ކުރާއެންމެހާކަންތައް ނޫން ކަންތައްތައް ނުކުރެވޭނެ.
    4. ޢަންހެން ފިރިހެން ވަކިން ނަމާދުކުރެވެން ހުރުން
    5. ދީނީ ކަންތައްތައްދިރާސާ ކޮށް ސައްލާކުރުމަށް،އިންޓަރނެޓް ހިދުމަތް
    6.އެތަނަށް،ވަންނަ މީހުންއަތުން އެއްވެސް ގޮތަކަށް އުޖޫރައެއް ނުނެގުން
    7. މެހުމާންދާރީ އަދާކުރުމުގެ ގިތުން 3 އިރު ކެއުން ހުރުން އަދި މަދުވެގެން ކެުން ގަޑިތަކުގައި ޖޫސް، 3 މެއން ޑިސް 2 ރިހައެއް، 2 ސެލެޑް އަދި މޭވާއާއި ފޮނިކާއެއްޗެއް ހުންނަންވާނެ
    8. ށައިގަޑިތަކުގައި 4 ވައްތަރެއްގެ ކުޅި އަދި 2 ފޮނި ހެދިކާހުންނަންވާނެ
    9 ހުރިހާއިރަކު ޓީ ކޮފީ ލިބެން ހުންނަންވާނެ
    ދެން ހުޅުވާ