މާލެ ސިޓީ ކައުންސިލްގެ "އެއް ލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަހައްދުގައި ގާއިމު ކުރި އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލައިފިއެވެ.

މި ނާސަރީ ރަސްމީކޮށް ހުޅުއްވައި ދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މި އައުޓްލެޓުން އާންމުންނަށް ވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ތަން ހުޅުއްވައި ދެއްވުމަށް ފަހު މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

"މާލެ ފެހި" އައުޓްލެޓް. -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫއުއެއް ކަމަށާއި، އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު ލިބިގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

"މާލެ ފެހި" އައުޓްލެޓް ހުޅުވި އިރު، 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެން އެބަހުއްޓެވެ. އަދި މިއާއެކު މާލެ ސިޓީގެ "އެއްލައްކަ ގަސް" ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީގެ މައިޒާންތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، މި ޕްރޮގްރާމަށް އަތޮޅު ކައުންސިލްތަކުގެ އެހީތެރިކަންވެސް ލިބިގެންދާކަމަށެވެ.

މުއިއްޒު މީޑީއާ އަށް އިންޓަވިއު ދެއްވަނީ. --- ފޮޓޯ: ސިޓީ ކައުންސިލް

މޭޔަރު ވިދާޅުވީ މިހާރުވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާކަމަށާއި، މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމަކީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހިކުރުމުގެ ގޮތުން ކުރިއަށްދާ މަޝްރޫޢުއެއް ކަމުން މިކަމަކީ މާލެ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް ބަލައިގަންނާނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދާ ފެހިކުރާ ބައެއް ކަމަށާއި، ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން ކަމަށާއި، އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑު މެންނަކީ ގަސް އިންދާ ފެހިކުރާ ބައެއް. އަޅުގަނޑުމެންނަކީ ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން. އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނަން" މޭޔަރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަރީ

    ސަރުކާރަސް ޖެއްސުން ކުރުމަށް ޕާކިން ޖާގަ ނުދޭބައެއް ތިއީ.

    8
    23
    • ހަސަނު

      ކޮންމެ މީހަކަށް 2 ސައިކަލާއި 2 ކާރު ގޭތެރޭ ބާއްވަން ވީނުން

      5
      1
  2. ގޮބަޅި

    މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް އިންދާފަހުރި ފެންފޯއްރުއްތައް ކެޑީ ކޮންބައެއް؟

    9
    19
    • ހަސަނު

      އެއީ ސިހުރުން ފުރިފައިވާ ރުއްތަކެއް. އަހަރެންވެސް ދިޔަ އިން އެ ރުއްކަޑަން

      3
      2
    • ފާއިޒު

      ފެންފޯއް ރުއްތައް ކަނޑަން ނުކުތް މީހުންގެ މައްސަލަ މިސަރުކާރުން ނުބެލުނީ އެމްޑީޕީގެ އަތެއް ރުއްތައް ކެނޑުމުގެ އަޑީގައި އޮތުމުން އެ ޕްރޮޕަގެންޑާ ފަޅާ އަރާފާނެތީ ކަން ތިބާއަށް ނޭނގެދޯއެވެ.

    • ނާޒު

      ކެނޑީ ކަނޑަންވެގެން ކަނޑާފަ އޮންނާނީ ދެން ކީއްކުރެވޭނީ

      4
      1
  3. ފަޔާޒް ޔޫސުފް

    ބޮޑު މަންޒަރު މިހާރު ސާފު ވެއްޖެ. ސިޓީ ކައުންސިލުން މި ކޮމިއުނިޓީ ގާޑެން ފުނޑާލަން ނިންމާފަ ވަނީ މިހެންވެ ،

    2
    1
  4. Anonymous

    މާލެ އަކީ ގޮޑުވެފައިވާ ތަނެއް، ތިލަފުށިވެސް މިމާލެޔަށްވުރެން ރަގަޅުވާނެ ސާފުތާހިރުކަން !

    2
    1
  5. ގައުމުގެ ދޫ

    ބިނާކުރާ ޕާޓީއާއި ފަނާކުރާ ޕާޓީގެ ތަފާތު.ސާބަހޭ މުއިއްޒު.ދުރު ވިސްނޭ ބޭފުޅުން އަމަލުން ކަންތައް ދައްކާނީ!އެމް.ޑީ.ޕީ 5 އަހަރު ހޭދަމިކޮށްލީ ކުރީ ސަރުކާރު ކުރީ ވެރިކަން ކުރީ ގަ މުއިއްޒު ކުރީގައި ޔާަމީން. ކިޔާލުމުގައި އަދި ވައްކަންކުރުމުގައި.

    3
    1
  6. Anonymous

    ތިތާ ޑްރެގަން ފްރުޓް ގަސް އެބަހުރިބާ
    ރާއްޖޭގައި ހައްދާ އެމޭވާ ވަރަށް ފޮނިކަމަށްވަނީ. ޓެރަސްގައި ހަންބުރީގައި ހައްދަން ވަރަށް ފަސޭހަކަމަށް ވަނީ.
    ކޮންކަހަލަ ގަސްކާނާއެއްބާ ޑްރެގަން ފްރުޓް ގަހަށް އަޅަނީ

  7. މުހައްމަދު

    މަގު ހަދަންވީމާ ގަސް ނުކަނޑާ ބަޔަކުނެއް ބޮޑުތަކުރުފާނު މަގުހަދަން އުސްފަސްގަނޑު ކައިރީގައި ހުރި ބޮޑެތި ގަސްތަކާ އެނޫންވެސް ގިނަ ގަސްތަކެއް ކެނޑި ނޫންތޯ؟